ގޭމް އޮފް ތްރޯންސްއަކީ ދުނިޔޭގެ އެންމެ މަގުބޫލު އެއް ސީރީސްއެވެ. އެ ސީރީސްގެ ކެރެކްޓާތަކަކީވެސް އަހަރެމެންނަށް ދެކެ ފަރިތަ ކެރެކްޓާތަކެކެވެ. ހާއްސަކޮށް، އެ ބަލާ މީހުން ނޫން ނަމަވެސް، އެ ކެރެކްޓާތަކަކީ ގިނަން ފެންނަ، ދަންނަ ކެރެކްޓާތަކެކެވެ.

ޕާކިސްތާނުގެ ހޮޓަލެއްގެ ވެއިޓަރުކަން ކުރަމުން އަންނަ ރޯޒީ ހާންއަކީ "ގޭމް އޮފް ތްރޯންސް"ގެ އަޑުވެސް އެހި މީހެއް ނޫނެވެ. އެހެން ނަމަވެސް، އޭނާއަށް ވަނީ އާދަޔާ ހިލާފު މަގުބޫލުކަމެއް ލިބިފައެވެ. ކޮންމެ ދުވަހަކު އެތައް ބަޔަކު އޭނާއާއެކު ފޮޓޯ ނަގާ ސެލްފީ ނަަގަމުން ދެއެވެ.

ހުރިހާ ގޮތަކުންވެސް ޒޯޒީ ހާން ވައްތަރު ވަނީ ގޭމް އޮފް ތްރޯންސްގައި އުޅޭ ޓައިރިއޯން ލެނެސްޓާގެ ކެރެކްޓާއާއެވެ. އެ ކެރެކްޓާގެ އެކްޓަރު ޕީޓާ ޑިންކްލޭޖާ، ރޯޒީ ހާން މާ ބޮޑު ތަފާތެއް ނެތެވެ.

"އަހަންނަށް ފުރަތަމަ ނުވެސް އެނގޭ މީހުން އައިސް ފޮޓޯ ނަގަނީ ކީއްވެ ކަމެއް. އެކަމަކު ފަހުން މީހަކު ބުނީ އެއީ ސީރީސްއެއްގައި އުޅޭ މީހަކާ ވައްތަރީ ކަމަށް. މާ ބޮޑު ސަލާމަތެއް އެކަމަކަށް ނުދެން،" ރޯޒީ ހާން ބުނެފައިވެއެވެ.

ހަމައެކަނި ވައްތަރީކީވެސް ނޫނެވެ. އެ ދެމީހުންގެ އިސްކޮޅުވެސް އެއްވަރެވެ. އެ ދެމީހުންނަކީވެސް ހަތަރު ފޫޓް، ފަސް އިންޗިއެވެ. ގޭމް އޮފް ތްރޯންސްގެ އެންމެ ފަހު ސީޒަން އަންނަ މަހު 17 ގައި ޕްރިމިއާ ކުރާ އިރު، އެ ސީރީސްގެ ފައިނަލް ސީޒަންގެ ޓްރެއިލާތައްވެސް މިހާރު ވަނީ ދައްކާލާފައެވެ.