އެނދުގައި ބެޑްޝީޓް އެޅުމާއި ނިދާއިރު ގައިމަތީގައި ބްލޭންކެޓް އެޅުމަކީ އެންމެ ގަދިމީ ޒަމާނުންސުރެން ކުރަމުން އަންނަ ކަމެއް ކަން ތާރީހު ހެކި ދެއެވެ. ގަދީމީ މިސްރުގެ މީހުންނާއި ޔޫރަޕްގެ އިތުރުން ދުނިޔޭގެ އެކި ކަންކޮޅު ތަކުގައި މިއީ އާންމު ކަމެކެވެ.

އާންމުކޮށް ނިދާއިރު ގައިމަތީގައި ފޮތިގަނޑެއް ނުވަތަ ބްލޭންކެޓެށް އަޅައިގެން ނިދަނީ ރޭގަނޑުގެ ވަގުތު މާ ފިނި ގަދަ ވީމައެވެ. ނަމަވެސް ސުވާލަކީ ރޭގަނޑުގެ ހޫނުގަދަ ވަގުތުގައިވެސް ބްލޭންކެޓް އަޅައިގެން ނިދަނީ ކީއްވެ ހެއްޔެވެ.

ދުނިޔޭގެ އެކި ގައުމުތަކުގައި މީހުން ނިދާއިރު ގެންގުޅޭ ވައްޓަފާޅި ތަކަށް އެއްކޮއްގެން ހެދި ދިރާސާއަކުން ދައްކާ ގޮތުގައި ނިދާ އިރު ގައި މަތީ ގައި ބަރު ފޮތިގަނޑެއް ނުވަތަ ބަރު ބްލޭންކެޓެށް އެޅުމަކީ ފައިދާ ހުރި ކަމެކެވެ. އެގޮތުން ބަރުދަނުގައި 30 ޕައުންޑް ހުންނަ ބްލޭންކެޓެށް ގައިމަތީގައި ނިދާއިރު އެޅުމުން އެންޒައިޓީ އަށް ނުވަތަ ކަންބޮޑުވެ ހާސްވުމަށް ފަރުވާކޮއްދޭ ކަމަށް ދިރާސާއިން ސާބިތުވެއެވެ.

އާންމު ގޮތެެއްގައި ރޭގަނޑުގެ ހޫނު ވަގުތުގައި ބްލޭންކެޓް އެޅުމުން ހޫނު ކަން އިހުސާސް ނުވަނީ ކީއްވެ ހެއްޔެވެ. ސަބަބަކީ ރޭގަނޑުގެ ވަގުތު އަދި ނިދާ ވަގުތަކީ ހަށިގަނޑުގެ ފިނި ހޫނުމިން އަމިއްލަޔަށް އެވަރެއްގައި ނުވަތަ އެޖަސްޓް ކުރަން ފަށާ ގަޑިއެވެ.

8 ގަޑިއިރު ނިދާނަމަ ފުރަތަމަ 4 ގަޑިއިރު ތެރޭގައި ހަށިގަނޑުގެ ފިނިހޫނުމިން 98 ފެރެހައިޓުން 97 ނުވަތަ 96 ފެރެހައިޓަށް ވެއްޓެއެވެ.

ނިދާއިރު ބްލޭންކެޓް އެޅުމުގެ ތަފާތު އެކި ތިއަރީ ވާއިރު ހަށިގަނޑުގެ ރައްކާއުތެރި ކަމައްޓަކައިވެސް ބްލޭންކެޓް އަޅާ މީހުން އެބަ އުޅެއެވެ.