ނިތޭޝް ތިވާރީ ޑައިރެކްޓް ކުރާ ފިލްމު "ޗިޗޯރް" ގެ ހާއްސަ ފެނިލުމަކުން އާމިރު ހާން ފެންނަނެ ކަމަށް ރިޕޯޓްތަކުން ބުނެފިއެވެ.

ހަބަރުތައް ބުނާ ގޮތުގައި ހާއްސަ ފެނިލުމަކުން ފެނިލަން އާމިރު އަށް ހުށަހެޅުމުން އޭނާ ވަނީ ވަގުތުން އެކަން ގަބޫލުކޮށްފައެވެ. އަދި އެ ފިލްމުގައި އޭނާ ފެންނާނެ މަންޒަރު ޝޫޓް ކުރަން ތައްޔާރުވަމުން އަންނަ ކަމަށް ވެސް ވަނީ ހަބަރު ލިބިފައެވެ.

"ޗިޗޯރް"ގެ ލީޑު ރޯލުން ފެންނާނީ ސުޝާންތް ސިންގް ރާޖްޕޫތާއި ޝްރައްދާ ކަޕޫރެވެ. އެ ފިލްމުގައި ދައްކުވައިދޭނީ ކޮލެޖެއްގައި އިންޖިނިއަރިން ކިޔަވާ ކުދިންތަކެކެވެ. އަދި މި ފިލްމުގައި ފެންނަ ތަރިންގެ ދެ ޖެނެރޭޝަނެއް ދައްކުވައިދޭނެއެވެ.

އެ ފިލްމުގައި ދެން ފެންނާނެ ތަރިންނަކީ، ވަރުން ޝަރުމާ އާއި ތާހިރު ރާޖް ބާސިންގެ އިތުރުން ޕްރަތީކް ބައްބަރު އަދި ތުޝާރު ޕާންޑޭ ފަދަ ތަރިންގެ އެކްޓިންނެވެ.

"ޗިޗޯރް"ގެ ރޯލަށް އާމިރު އެއްބަސް ވެފައި ވާއިރު އޭނާ ދެން އެންމެ އަވަހަށް ކުޅޭނީ ހޮލީވުޑްގެ ފިލްމެކެވެ.

"ޗިޗޯރް" ސިނަމާތަކަށް އަންނާނީ މި އަންނަ އޯގަސްޓް 30 ގައެވެ.

ކިޔުންތެރިންގެ ހިޔާލު