ބޮލީވުޑްގެ މަޝްހޫރު ބަތަލާ، ޑިޕިކާ ޕަޑޫކޯން އެންމެ ދާން ބޭނުންވާ، ޗުއްޓީގެ މަންޒިލަކީ ރާއްޖެ ކަމަށް އޭނާ ބުނެފިއެވެ.

ޑިޕިކާއަށް އެ ސުވާލު ކުރިމަތިކޮށްފައި ވަނީ ވޯގު މެގަޒިންއިން ކުރިއަށް ގެންދާ ހާއްސަ ސެގްމަންޓެއްގައެވެ. ވޯގު މެގަޒިންގެ މި މަހުގެ މަޖައްލާ ދުނިޔޭގެ އެކި ހިސާބުތަކަށް ސެލެބްރިޓީންނަށް ހާއްސަކޮށްފައިވާ އިރު، ޑިޕިކާ ވަނީ އެ އަދަދުގެ ކަވާއަށްވެސް އަރާފައެވެ.

މެގަޒިންއިން ޑިޕިކާއާ އެތައް ސުވާލުތަކެއް ކުރިމަތި ކުރުވި އިރު، އެއް ސުވާލަކީ އެންމެ ކަމުދާ ޗުއްޓީގެ މަންޒިލަކީ ކޮބާތޯއެވެ. ޑިޕިކާ ދެވަނަ ވިސްނުމަކަށްވެސް ނުގޮސް، ދީފައިވާ ޖަވާބަކީ ރާއްޖެ ކަމަށެވެ. ޑިޕިކާ މިހެން ބުނެފައިވާ އިރު، ދާދި ފަހުން އޭނާ ކައިވެނި ކުރި ބަތަލު، ރަންވީރު ސިންހާއެކު ހަނީމޫންއަށްވެސް އައީ ރާއްޖެއެވެ.

އެ ހަނީ މޫންގެ ކަންތައްތައް މީޑިއާއަށް އަދި ތިލަ ނުވެފައިވާ އިރު، އެ ދެމީހުން ލޯބިވެރިންގެ ގޮތުގައިވެސް ކުރިން ރާއްޖެ އައިސްފައިވާކަން ފާހަގަކޮށްލެވުނެވެ. ބޮލީވުޑްގެ މަޝްހޫރު ފިލްމުތަކުންވެސް ވިދާލި ޑިޕިކާއަކީ ހޮލީވުޑްގެ ބައެއް ފިލްމްތަކުންވެސް މިހާރު ފެނިގެންދާ ވިދުން ގަދަ ތަރިއެކެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ތަގައްމާ

    އެއް ސުވާލަކީ އެންމެ ކަމުދާ ޗުއްޓީގެ މަންޒިލަކީ ކޮބާތޯއެވެ. ޑިޕިކާ ދެވަނަ ވިސްނުމަކަށްވެސް ނުގޮސް، ދީފައިވާ ޖަވާބަކީ ރާއްޖެ ކަމަށެވެ. އޭނަ ބުނީ މޯލްޑިވެސް މިހެން. ވަގުތު މީހުން ތެދެއް ނަހަދާނެ. ކޮމެންޓު ވެސް ނުޖަހާނެ ކަންނޭގެ

    11
    7
    • Anonymous

      ރާއްޖެ ޖެހުމުން ކޮބާ މައްސަލައަކީ، މޯލްޑިވްސްއޭ ބުނުމުން ދެން ޖަހަންވީ ތަގައްމާ އޭތަ؟

      17