ޑައުންސް ސިންޑްރޮމް އަކީ ސިކުޑީގެ ނުކުޅެދުންތެރިކަމުގެ ވައްތަރެވެ. ހޯދުންތަކުން ދައްކާ ގޮތުގައި، މިއީ ކުދިން އުފެދުމުގައި ކުރޮމޯޒޮމްއެއް އިތުރުވުމުން ދިމާވާ މައްސަލައެކެވެ. ނުވަތަ އެއްވައްތަރެއްގެ ދެ ކުރޮމޯޒޮމް އެކުއްޖެއްގެ އުފެދުމުގައި ހުރުމުގެ ސަބަބުން ހުންނަ ނުކުޅެދުން ތެރިކަމެކެވެ.

ދާދިފަހުން ޑައުން ސިންޑްރޮމް ކުދިންނަށް ހާއްސަ ދުވަސް ފާހަގަކުރި އިރު، އެ ނުކުޅެދުންތެރިކަމުން އަރިގަނެ، މުޖުތަމައުގެ ތެރޭގައި އެ ކުދިން ހަރަކާތްތެރި ކުރުވުމަކީ އެންމެންގެވެސް އެންމެ ބޮޑު އެދުމެވެ. ހާއްސަކޮށް، އެހެން މީހުންނެކޭ އެއްފަދައިން މުޖުތަމައުގެ މަސައްކަތްތަކުގައި އެ މީހުންވެސް ޝާމިލް ކުރުމަކީ އެންމެންގެވެސް ބޮޑު މަސްއޫލިއްޔަތެކެވެ.

މިފަހަރު ކިޔާދޭން މިއުޅޭ ވާހަކައަކީ އުމުރުން 43 ކްރިސް ކޭމްބެލްގެ ވާހަކައެކެވެ. ކްރިސްއަކީ ޑައުން ސިންޑްރޮމް ހުންނަ މީހެއް ނަމަވެސް، އޭނާ މެކްޑޮނާލްޑްސްގައި މަސައްކަތް ކުރާތާ މިވީ 27 އަހަރެވެ. ކްރިސް މަސައްކަތް ކުރާ މެކްޑޮނާލްޑްސް ސްޓޯރުން އޭނާއަށް ހާއްސަ ސަޕްރައިޒެއް، ޑައުން ސިންޑްރޮމް ދުވަހުގައި ދީފައިވާ އިރު، ހާއްސަ "ގޯލްޑަން ޓްރޮފީ"އެއްވެސް ކްރިސްއަށް ދީފައިވެއެވެ.

ކްރިސްއަށް އެ އެވޯޑު ދިނުމުގެ އިތުރުން ކްރިސްގެ ޕާޓީއަށް ލިބުނު ފައިސާ ހަދިޔާ ކުރީ ޑައުން ސިންޑްރޮމްގެ ހާއްސަ އެސޯސިއޭޝަނަކަށެވެ.

ކިޔުންތެރިންގެ ހިޔާލު