ނުވަ މަހުގެ އަދި ތިން މަހުގެ ތުއްތު ކުއްޖާއާއެކު ދަތުރުކުރަމުންދިޔަ ބީއެމްޑަބްލިއު ކާރެއްގެ އިންޖީނުގައި އަލިފާން ހިގާ، ބަޑި ގޮވައިފިއެވެ.

ސާރާ ލޯންގްލޭއާއި އޭނާގެ ފިރިމީހާ ސްޓުއާޓް ހައިވޭގައި ދަތުރުކުރަމުންދިޔައީ ކާރުގެ ފަހަތު ސީޓުގައި ދެ ކުދިން ބާއްވައިގެންނެވެ. ސާރާ ބުނެފައިވާ ގޮތުގައި އެ މީހުންގެ ބީއެމްޑަބްލިއު ކާރުން ކުއްލިއަކަށް ދުން އަރަން ފެއްޓިއެވެ. އަދި އިންޖީނަށް ވީ ކީއްތޯ ބަލާލަން މަޑުކުރަން އުޅެނިކޮށް، އިންޖީނު ބަޑި ޖެހިއެވެ.

އެވަގުތު ވީ ގޮތެއްވެސް ނޭނގޭ ކަމަށް ސާރާ ބުންޏެވެ. ކުއްލިއަކަށް ކާރުގައި އަލިފާން ހިފި ކަމަށާއި، އޭރު ކުދިން ފަހަތު ސީޓުގައި ތިބުމުން ވަގުތުން އެދިމާލަށް އަތް އެއްލުނު ކަމަށްވެސް އޭނާ ބުންޏެވެ. އަދި ކުދިން ގޮވައިގެން ނުކުންނަވީ ކޮން ދިމާލަކުން ކަންވެެސް ނޭނގިފައި ތިބި ކަމަށްވެސް ސާރާ ކިޔައިދީފައިވެއެވެ.

ބީއެމްޑަބްލިއު 3 ސީރީސްގެ ކާރުތަކަށް އެފަދަ މައްސަލަތައް ދިމާވުމާ ގުޅިގެން މީގެ ކުރިން، އެ ކުންފުނިން ވަނީ ކަސްޓަމަރުންނަށް ރިފަންޑްވެސް ދީފައެވެ. އިނގިރޭސިވިލާތުގެ ސާރާއަށް ދިމާވި އެ މައްސަލައާ ގުޅިގެން ބީއެމްޑަބްލިއުގެ އިތުރު މައްސަލަތަކެއް ކުރިމަތިވާ އިރު، އެ އާއިލާއިން ބީއެމްޑަބްލިއު ސިފަކޮށްފައި ވަނީ " މަރުގެ ދަންތުރަ"އެއް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު