ޑެލްޓާ އެއާލައިންސްއިން އާންމު ކުރި ފޮޓޯއަކަށް މުޅި އިންޓަނެޓްގެ ސަމާލުކަން ހުއްޓިއްޖެއެވެ.

ކެޕްޓަން ވެންޑީ ރޮކްޒެންއާއި ފުރަތަމަ އޮފިސަރު ކެލީ ރެކްޒޮންގެ ފޮޓޯއެއް އިންޓަނެޓްގައި އާންމުކޮށްފައިވާ އިރު، އެއީ މަންމައާއި ދަރިފުޅެވެ. ފްލައިޓުން ދަތުރުކުރި އޮރޮނޮޓިކަލް ޔުނިވާސިޓީގެ ޗާންސެލާ ޖޯން ވަޓްރެޓްސް އެ ފަލައިޓުން ދަތުރުކުރި އިރު، އޭނާއަށް އެކަން އެނގި ކޮކްޕިޓް ތެރެއަށްވެސް ވަނީ ވަދެފައެވެ.

އަދި ނަގާފައިވާ ފޮޓޯ ޓްވީޓް ކޮށްފައިވާ އިރު، އަންހެނުންގެ ބާރުވެރި ކަމަށް ހިތްވަރު ދީފައިވާ އިރު، ޑެލްޓާ އެއާލައިންސްއިން ބުނެފައި ވަނީ އެއީ އާއިލީ ފްލައިޓް ގޯލްސް ކަމަށެވެ.

އެ ޓްވީޓަށް އެންމެ ރެއެއްގެ ތެރޭގައި 42،000 ލައިކްއާއި 16،000އަށްވުރެ ގިނަ ރީޓްވީޓް ލިބިފައިވެއެވެ.

އެ ޕޯސްޓް ރިޓްވީޓްކޮށް، އެތައް ބަޔަކަު ބުނެފައި ވަނީ އެ ދެމީހުންނަކީވެސް މިސާލެއް ކަމަށާއި، އެފަދަ ހިތްވަރު ގަދަ އަންހެނުންނަކީ އަބަދުވެސް މިސާލަކަށް ބަލަން ޖެހޭނެ މީހުން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު