ލޯބީގެ ހަޔާތާއި ގުޅޭގޮތުން އެކި މީހުންގެ ހިޔާލު ތަފާތެވެ. އުފާވެރި ހަކާތެއްގެ ހުވަފެން ހަޤީޤަތަކަށް ހެދުމަށް ކުރަންޖެހޭ ކަންކަން، އެކި މީހުންގެ ނަޒަރުގައި ތަފާތެވެ. އެގޮތުން އެމެރިކާގެ މަޝްހޫރު ލަވަކިއުންތެރިޔާ ޖެނީފާ ލޮޕޭޒް ދެކޭގޮތުގައި ލޯބީގެ ގޮތުން ގުޅިގެން އުޅެން އެންމެ ރަނގަޅީ އުމުރުން 33 އަހަރުވެފައިވާ ފިރިހެނުންނާއި އެވެ. އޭނާގެ ނަޒަރުގައި އެއަށްވުރެ ހަގު ފިރިހެނުންނަކީ "ބޭކާރު" ބައެކެވެ.

ޓީވީ ޝޯވްއެއްގައި ދެއްކި ވާހަކައިގެ ތެރެއިން އުމުރުން 29 އަހަރުގެ ފިރިހެނަކަށް އިޝާރަތްކޮށް ޖެނިފާ ބުނެފައިވަނީ، އޭނާގެ ނަސޭހަތަކީ ފިރިހެނުންނަށް "33 އަހަރު ވުމުގެ ކުރިން އެމީހުން އެއީ ބޭކާރު ބައެއް" ކަމުގައެވެ. އަދި 33 އަހަރަށްވުރެ ހަގު މީހަކާއެކު ލޯބީގެ ގޮތުން ގުޅިގެން އުޅުމަކީ ފަސޭހަ ކަމަކަށް ނުވާނެ ކަމަށާއި، އެއީ ބޭކާރު ދުވަސްތަކަށް ވެގެން ދިއުމުގެ ފުރުސަތު ވަރަށް ބޮޑު ކަމަށް އޭނާ ބުނެއެވެ.

އުމުރުން 49 އަހަރުގެ ޖެނީފާ ލޮޕޭޒް މިގޮތަށް ވާހަކަ ދައްކާފައިވަނީ، އޭނާ ކުރިޔަށްގެންދާ ޓީވީ ޝޯވްއެއް ކަމަށްވާ "ޓިންޑާސް ސްވައިޕް ސެޝަންސް" ގައެވެ. އެ ޝޯވްގައި ޖެނީފާ އާއި އެކީގައި ބައިވެރިވެފައި ވަނީ ބްރޫކް އެންސްލޭ ނަމަކަށްކިޔާ އަންހެނެކެވެ. އުމުރުން 33 އަހަރު ނުވާ ފިރިހެނުންނަކީ ބޭކާރު ބައެއް ކަމުގައި ޖެނީފާ ބުނެފައިވަނީ، ބްރޫކްއަށް ދިން ނަސޭހަތެއްގެ ގޮތުން ކަމަށް އޭނާ ބުނެފައި ވެއެވެ.

ޖެނީފާގެ "ޓިންޑާސް ސްވައިޕް ސެޝަންސް"ގެ ތެރެއިން އޭނާ ވަނީ ޑޭޓިންގ އެޕްލިކޭޝަން "ޓިންޑާ" މެދުވެރިކޮށް ބްރޫކްއާއި އެންމެ ގުޅޭ މީހަކު އޭނާއަށް ހޯދައިދީފައެވެ. އަދި އެމީހަކީ، ޝޯވްގެ ތެރެއިން ބްރޫކް ދެއްކި ވާހަކަތަކަށް ބަލާއިރު އޭނާއާއި އެންމެ ގުޅޭ އަދި އޭނާ އެންމެ ބޭނުންވާފަދަ ސިފަތައް ހުރި މީހާ ކަމަށް ޖެނީފާ ބުނެފައި ވެއެވެ.

ޖެނީފާ ބުނެފައިވާގޮތުގައި ފިރިހެނަކު ފިރިހެނަކަށް ވާނީ، އެމީހާކީ އަންހެނުންނަށް އިހްތިރާމް ކުރަން ދަންނަ ރަނގަޅު މީހަކަށް ވުމުންނެވެ. އަދި އެވަރު ވިސްނުމެއް ޒުވާން އުމުރުގައި ފިރިހެނުންނަށް ލިބެނެކަމާއި މެދު އެއްވެސް ޔަޤީންކަމެއް ނެތްކަމަށް އޭނާ ވަނީ ސިފަކޮށްފައެވެ.

ޖެނީފާގެ ލޯބީގެ ހަޔާތަށް ބަލާއިރު، އޭނާއަކީވެސް މާޒީގައި ގިނަ ކަންތައްތަކާއި ކުރިމަތިލާފައިވާ މީހެކެވެ. އެގޮތުން ކުރިން އެކުގައި ލޯބީގެ ގޮތުން ގުޅިގެން އެތައް ބަޔަކާއި އެކު ދިރިއުޅުމަށް އޭނާ ކުރި މަސައްކަތް، އެކި ސަބަބުތަކާއި ހުރި ނާކާމިޔާބު ވެފައިވާ ކަމަށް އޭނާ ބުނެއެވެ. އޭނާ މިހާރު ލޯބީގެ ގޮތުން ގުޅިގެން އުޅެނީ އުމުރުން 42 އަހަރުގެ، ކުރީގެ ބޭސްބޯލް ކުޅުންތެރިޔާ އެލެކްސް ރޮޑްރިގާސް އާއެވެ. އެންމެ ފުރަތަމަ އެދެމީހުންގެ މެދުގައި ގުޅުމެއްވާކަން ހާމަކޮށްފައި ވަނީ 2017 ވަނަ އަހަރުގެ ކުރީކޮޅުއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. 21 އަހަރުގެ ފިރިހެނެއް

    އިހުތިރާމް ލިބޭނީ ރަނގަޅު ގޮތަކައް އުޅޭ އަންހެނަކައް. ތިވައްތަރައް ނިވާކަންކުޑަ ހެދުންލާ އުޅޭ އަންހެނުންނާ ދިމާވާނީވެސް ކަޑަ ފިރިހެނުން.

    17
    4
  2. ޖިންނި

    ތި ޖލ އަކީ ސެޓަނިސްޓެއް ސެޓަނިސްޓުންގެ އެންމެ މަޤްބޫލް ނަންބަރަކީ 33

  3. ރިޔާޒު

    އައިޝާވެސް ގާސިމްއާ އިނީ އެގޮތައް ބަލާފަ.މިހާރު ދެމީހުން އެތިބީ ވަރުގަދަ އަޒުމެއްގަ.އައިޝާ ކޮންމެގޮތަކަށް އުޅުނަސް ގާސިމް އައިޝާ ދޫކޮށެއްނުލާނެ.ވަކިވެގެން ދާނީ ފުރާނަޔާ އެކީގަކަމެއްބުނެ އެއަޒުމްގަ.

    11