މި މަހުގެ 21 ވަނަ ދުވަހު ރިލީޒްކުރި ބޮލީވުޑް ފިލްމު "ކޭސަރީ" ވެސް ލީކު ކޮށްލައިފިއެވެ.
ރިޕޯޓްތަކުން ބުނާ ގޮތުގައި ފިލްމު ލީކު ކޮށްލީ "ތަމިލް ރޮކާސް" އިންނެވެ. އެމީހުން އެ ފިލްމުގެ ހުރިހާ މަންޒަރުތަކެއް އެ ސައިޓުން ވަނީ ލީކު ކޮށްލާފައެވެ.
އަރޫރާގް ސިންގް ޑައިރެކްޓްކޮށްފައިވާ "ކޭސަރީ"ގެ ލީޑު ރޯލުން ފެނިގެންދަނީ އަކްޝޭ ކުމާރާއި ޕަރްނިތީ ޗޯޕްޅާ އެވެ.
އެ ފިލްމަކީ ހަނގުރާމަމަތީ ފިލްމެކެވެ. ފިލްމުން ދައްކުވައިދޭނީ ސިކުންގެ 21 އަސްކަރީ އޮފިސަރުން ދިހަ ހާސް އަފްގާން ހަނގުރާމަވެރިންނާ ކުރިމަތިލާގެން ކުރާ ފަތަހައެވެ.
ފިލްމު އެޅުވުމުގެ ކުރިން ބާރު ސްޕީޑްގައި ފިލްމުގެ ޕްރޮމޯޝަންތައް ވެސް ވަނީ ޖައްސާފައެވެ. ޓްރެއިލާ ތަކާއި ލަވަ ތައް ވެސް ބެލުންތެރިންނަށް ދައްކާލިއެވެ.
ޓަމިލް ރޮކާސް އިން ވަނީ މި ފަހުން ނެރުނު ގިނަ ފިލްމު ލީކު ކޮށްލާފައެވެ. އޭގެ ތެރޭގައި "މަނިކަރްނިކާ: ދަ ކްއީން އޮފް ޖާންސީ" އާއި "ގަލީ ބޯއީ" ގެ އިތުރުން "ލުކާ ޗުޕީ" ފަދަ ފިލްމުތައް ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު