އިންޑިއާގެ ޖަލްވާރް ޑިސްޓްރިކްޓްގައި ވަޅެއް ކޮންނަން އުޅުނު ދެ އަންހެނަކު ވަޅުލެވިގެން މަރުވެއްޖެއެވެ.

އިންޑިއާގެ ނޫސްތަކުގައި ރިޕޯޓްކޮށްފައިވާގޮތުގައި، އެ ދެ އަންހެނުން މަރުވެފައި ވަނީ މިދިޔަ ހޮނިހިރު ދުވަހު ވަޅެއް ކޮންނަން އުޅުމުގެ ތެރޭގައި ވަޅުލެވިގެންނެވެ.

މަރުވެފައި ވަނީ އުމުރުން 42 އަހަރުގެ އަންހެނަކާއި، 22 އަހަރުގެ އަންހެނެކެވެ. އަދި ދެ މީހުންނަކީ ބަވަދާ ވިލޭޖަށް ނިސްބަތްވާ ދެ އަންހެނެނުން ކަމަށްވެސް ފުލުހުން ބުނެފައި ވެއެވެ.

ފުލުހުން ބުނީ، އެ މީހާ ވަޅުލެވުނީ، ޗަންދެޚްދީ ވިލޭޖުގައި ވަޅެއް ކޮންނަމުން ދަނިކޮށް ކަމަށެވެ.

މި ދެ އަންހެނުން މަސައްކަތް ކުރަމުންދިޔަ ސަރަހައްދުގައި ތިބި އަވައްޓެރިންނާއި ހަވާލާދީ ފުލުހުން ބުނެފައި ވަނީ، ފުރަތަމަ އިވެން ފެށީ ބަޔަކު ރޯއަޑު ކަމަށެވެ. އަދި އަވައްޓެރިން ވަރަށް އަވަހަށް އެ ދިމާލަށް ގޮސް ވަޅުލެވިގެން އުޅުނު ދެ މީހުން ސަލާމަތް ކުރަން އުޅުނު ކަމަށެވެ.

އެހެން ނަމަވެސް އެ މީހުން ވަޅުލެވިފައި ވަނީ ވަރަށް ބައިވަރު ފަސް އެޅިގެން ކަމަށްވާތީ އެ މީހުން ދިރިހުއްޓާ ސަލާމަތް ކުރެވިފައެއް ނުވެއެވެ.

ފުލުހުން ބުނީ، އެ ދެ އަންހެނުންގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމް ހެދުމަށްފަހު އާއިލާއާ ހަށިގަނޑު ވަނީ ހަވާލުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. މީ

    އިންނާ ލިﷲ ވައިންނާ އިލައިހި ރާޖިއޫން