518 އަހަރު ކުރިން ދިރިއުޅުނު ކަމަށް ގަބޫލުކުރެވޭ ޖަނަވާރުތަކެއްގެ "ފޮސިލް" ތަކެއް ފެނިއްޖެއެވެ.

ޖަނަވާރެއްގެ މި ބައިތައް ފެނިފައިވަނީ ޗައިނާގެ ރަށެއް ކަމަށްވާ ހުބޭއީގެ ކޯރެއްގެ އައްސޭރި ފަށުންނެވެ. މި ޖަނަވާރުގެ ގުނަވަންތައް ވަރަށް ފުރިހަމައަށް، އެއްވެސް ހަލާކުވުމެއް ނެތި ފެނިފައިވާއިރު، މި ޖަނަވާރަކީ މީގެ ކުރިން ހޯދިފައިވާ ޖަނަވާރުތަކެއްގެ ބައިތަކެއް ނޫނެވެ.

މިއީ ފާއިތުވި 100 އަހަރުގެ ތެރޭގައި ހޯދުނު އެންމެ މުހިއްމު ހޯދުމެވެ. ޗައިނާގެ ހުބޭއީ ޕްރޮވިންސުގެ ދަންޝޫއީ ކޯރުގެ އައްސޭރި ފަށުން މިފަދަ އެތައް ހާސް ހަށިތަކެއް ވަނީ ފެނިފައެވެ.

ސައިންސްވެރިން ވަނީ މިތަނުން 30000 އަށް ވުރެ ގިނަ ޖަނަވާރުގެ ނަމޫނާ ނަގާފައެވެ. މި ޖަނަވާރުތަކުގެ ތެރޭގައި ކުދި ފަންޏާއި، ޖެލީ ފިޝް، އަދި ކަނޑުގައި އުޅޭ އެހެނިހެން ދިރުންތައް ހިމެނެ އެވެ.

މިފެނުނު ޖަނަވާރުގެ ބައިތަކުގެ އެހީގައި ގެ އެތައް ގަރުނެއް ކުރިން ދުނިޔޭގައި އުޅުނު ކަމަށް ބެލެވޭ އެކަމަކު ކުރިން ހޯދިފައިނުވާ، ޖަނަވާރު ތަކެއްގެ މައުލޫމާތު އެނގިގެންދާނެ ކަމަށް ސައިންޓިސްޓުން ގަބޫލުކުރެ އެވެ.

އިތުރު ޖަނަވާރުތަކުގެ ހަށިތައް ހޯދުމާއި، ފެނިފައިވާ ޖަނަވާރުތަކުގެ ހަށިތައް ތަހުލީލު ކުރުމުގެ މަސައްކަތުގައި މި ހަށިތައް ފެނުނު ސަރަހައްދުގައި އަދިވެސް ސައިންޓިސްޓުން ދަނީ ހަރަކާތްތެރިވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޖާހިލު

    އެހެންވެ މަބުނަނީ ކަލޭމެން ސައިންޓިސްޓުން އެންމެ ފަހަރަކު ނަމަވެސް އަހަރެމެންގެ ފޮތް ކިޔާބަލާށޭ. އޭރަކުން ތިޔަކަހަލަ ބޭކާރު ޚަރަދުކޮށް ވަގުތު ދުއްވާލާކަށް ނުޖެހުނީސް. ތިޔަ ހުރިހާ އެއްޗެއް އެހެރީ އެފޮތުގައި ފެންނާން.

    14
    3
    • ކީކޭ

      ކަލޭމެން ސައިންޓިސްޓުންނޭ ކިޔާއިރު ހުރިހާ ސައިންޓިސްޓުންނަކީ ޣައިރު މުސްލިމުންނެއް ނޫން. މުސްލިމު ސައިންޓިސްޓުންވެސް އުޅޭ. ކީރިތި ޤުރުއާންގައި ސައިންސްގެ ހުރިހާ އެއްޗެއް ނުހިމެނޭ، ޤުރުއާނަކީ މާތް ﷲގެ ދީން އުގަންނައިދެއްވާ ފޮތެއް. ޤުރުއާންގައި އެއޮތީ ވިސްްނާ ފިކުރުކުރާ މީހުންނަށް ހެކިތައް ފެނިގެންދާނެކަން. ކަލޭ ކަހަލަ ގަމާރުންނަށް ނޭގޭނެ އެކައްޗެއްވެސް.

      10
      2