ދުބާއީގެ މަސާޖް ޕާލާއަކަށް ވަން އީރާންގެ ފިރިހެނެއްގެ "ދުވަސް ދުއްވާލައިފިއެވެ."

މަސާޖް ޕާލާގައި މަސާޖް ކޮށްދިނުމުގެ ޚިދުމަތް ދޭން ތިބި ނައިޖީރިއާގެ ފިރިހެނަކާއި އަންހެނަކު ވެގެން ވަނީ މަސާޖް ކުރަން ވަން މީހާގެ އަތުން އެގާރަ ހާސް އެމެރިކާ ޑޮލަރުގެ ތަކެތި ފޭރިގެންފައެވެ.

އުމުރުން 67 އަހަރުގެ ފިރިހެން މީހާ މީޑިއާ އަށް މައުލޫމާތު ދެމުން ބުނީ އޭނާ ދިޔައީ އިމާރާތެއްގެ ހަވަނަ ބުރީގައި ހުރި މަސާޖްޕާލާ އަކަށް ކަމަށެވެ. އެތަނުން ފުރަތަމަ އޭނާ އާއި ބައްދަލު ކުރީ އަންހެނެއް ކަމަށާއި އެއީ ނައިޖީރިއާ މީހެއް ނަމަވެސް އޭނާ ބުނި ގޮތުގައި އެއީ ޔޫރަޕް މީހެކެވެ.

އޭނާ މަސާޖްޕާލާ އަށް ވަނުމާއި އެކު ފިރިހެނަކު ވަޅިން ބިރުދައްކައިގެން އަތުގައި އޮތް ދެފޯނާއި ގަޑި އާއި ވޮލެޓް ވެސް ފޭރިގަތް ކަމަށް އޭނާ ބުންޏެވެ. އަދި އެއަށް ފަހު ފާހާނާއެއްގެ ތެރެއަށް އޭނާ ލުމަށް ފަހު އަނިޔާ ކުރި ކަމަށް ވެސް ބުންޏެވެ.

"އޭގެ ފަހުން އަހަރެންގެ ހުރިހާ އަންނައުނެއް ބޭލުމަށް ފަހު އެމީހުން ވަނީ އަހަރެންގެ ބަރަހަނާ ފޮޓޯތައް ނަގާފައި. އަދި މިމައްސަލަ ރިޕޯޓް ކޮށްފިނަމަ ފޮޓޯތައް ލީކް ކޮށްލާނެ ކަމުގެ އިންޒާރު ދިނުމަށް ފަހު އަހަރެން ދޫކޮށްލީ." އޭނާ ބުންޏެވެ.

ނަމަވެސް އޭނާ ވަނީ ފުލުހުންނަށް މައްސަލަ ހުށަހަޅާފައެވެ. ފުލުހުން މިހާރު ގެންދަނީ މިކަން ކުރި މީހުން ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އެމް.ވީ.ޓެކް

    ފޮޓޯ ވަރަށް ގުޅޭ

  2. ޖާނޫ

    މަ ހީކުރީ އާދަމްބޭ ކަމަށް އަނެއްކާ