ޕްރިޔާ ވާރިއާއަކީ އެއްވެސް ވަރަކަށް އެހާބޮޑު މަޝްހޫރުކަމެއް ލިބިދާނެކަމަށް އުއްމީދުކޮށްގެން ހުރި މީހެއް ނޫނެވެ. ކޮލެޖްގައި ކިޔަވަމުންދާ އުމުރުން 18 އަހަރުގެ ޕްރިޔާ މިހާރު މަޝްހޫރުވެ ބޮލީވުޑްގައި ތިބި މަޝްހޫރު ތަރިންނާއި އެއް ވަރަކަށް މީހުން ބަލައިގަނެފި ކަހަލައެވެ.
އަލަށް ނެރުމަށް ހަމަޖެހިފައިވާ މަލިޔަލަމް ފިލްމެއްކަމަށްވާ އޮރޫ އަދަރް ލަވްގެ ލަވައެއްގައި ހިމެނޭ ކުޑަކުޑަ ތަންކޮޅަކުން ޕްރިޔާ ފެނި އޭނާގެ ލޮލަށް ހަދާލާ ގޮތަކުން އެތައް ބައެއްގެ ސަމާލުކަން އޭނާއަށް ވަނީ ހުއްޓިފައެވެ.
އަދި އޭނާއާ އެންމެ ގާތުން ގިނަ ބަޔަކު ދަނީ އޭނާ އުޅޭ ނޫޅޭ ގޮތް ބަލަމުންނެވެ. މިފަހުން ޕްރިޔާގެ އެންމެ ބޮޑު ހަބަރަކަށްވެގެންް ގޮސްފައި ވަނީ އޭނާ ވަރަށް އަވަހަށް ބޮލީވުޑްގެ ފިލްމަކުން ފެނިގެންދާނެ ހަބަރެވެ. އަދި އޭގެ އިތުރުން ޕްރިޔަގެ އަތުގައި ނަމެއްގައި ފޯނެއް އޮންނަ ހަބަރުވެސް ވެގެންގޮސްފައި ވަނީ އާއްމުންގެ ބޮޑު ސަމާލުކަމެއް ލިބިގެންދިޔަ ހަބަރަކަށެވެ.
https://www.instagram.com/p/BgTd7Q4gPum/?utm_source=ig_embed
އެހެން ނަމަވެސް އަނެއްކާވެސް އިތުރު ކަމަކާއެކު ޕްރިޔާ މި ވަނީ މަޝްހޫރުވެފައެވެ. މިފަހަރު ނެގި ފޮޓޯ ޝޫޓަކުންނެވެ. އެ ފޮޓޯޝޫޓްގައި ހިމެނޭ ފޮޓޯތައް މީސް މީޑިޔާގައި މިހާރު ދަނީ ދައުރުވަމުންނެވެ. ގިނަ ބަޔަކު އެ ފޮޓޯތަކަށް ކޮމެންޓް ކުރަމުންދެއެވެ. އަދި ޕްރިޔާގެ ރީތިކަމަށް ތައުރީފް އޮއްސަމުންދާ މީހުންވެސް މަދެއް ނޫނެވެ.
ޕްރިޔާ އެ ފޮޓޯތަކަށް ކޮމެންޓް ކުރާ މީހުން ބުނަނީ އޭނާ އަޅައިގެން ހުރި ހެދުމުގައި ހީ ވަނީ "ޕްރިންސެސް"އެއް ހެން ކަމަށެވެ.
ޕްރިޔާ މިހާރުވެފައި ވަނީ އިންސްޓަގްރާމްގައި އެންމެ ފޮލޯވާސް ގިނަ އެކަކަށެވެ.
ޑްރެސް ވަރަށް ރީތި. އެކަމް އޭނަ އެއްވެސް ރީއްޗެއް ނޫން. އަދި މޭކަޕް ނުކޮއްހުންނައިރު ވަކިން ހަޑި. ރާއްޖޭގަވެސް އުޅޭ ތިއައްވުރެން ހާސްގުނަ ރީތި ކުދިން.
ދޯ...?
ޢެކަމު އެފަދަ އަބުވެރިންނެއް ނޫން ދޯ!
ނުޒައިރު ތިހެންނުބުނޭ. ހުރިހާ އެންމެނެއް އެއްގޮތެއް ނުވާނެ ދޯ. ކޮންމެތަނެއްގަވެސް އުޅޭނެ ދޯ ރަނގަޅުމީހުނާ ގޯސްމީހުން. އިިންޑިއަން އެކްޓްރެސްއިން އެއީ ތިބުނާހާ އަބުރުވެރިންނަމަ އެމީހުންވެސް ނުދާނެ ފިލްމް ކުޅޭކަށް ހިލޭ ފިރިހެނުންނާއެކު.
ސިޅި އިގޭ
މީހާގެ ރީތިކަމަކީ އުޅުމާއި އަޚުލާޤުގެ ރީތިކަން، ބަރަހަނާ ހާލުގަ ހުރީމަ ރީތިވީތަ؟؟؟
ވަރެެއްގެ ޕްރިޔާ އެކެއްނު ދޯ
މަވެސް މާ ރީތި އޭނައަށްވުރެއް
މީހަމަ އެވަރެޖް މަލަޔާޅަމް ކުއްޖެއް ދިވެހިންނަށް ކެރެލާ އާވާނެބާ
ދިހަވަރަކަށް މީހުން ފަކީރާ ހިފައިގެން އޭނާ މޫނުން ކުލަ ކަހާލަބަލަ ތިހުރި ރީތިކަމެއް ފެނިދާނެ ތޯއްޗެ މި ވަރަށް ވާހަކަ.....