ސަލްމާން ހާންގެ ކުރިޔަށް އޮތް ފިލްމު "ރޭސް 3" ގައި އޭނާ ފެންނާނެ ގޮތުގެ ފޮޓޯއެއް މިއަދު މީސް މީޑިއާއަށްގައި އޭނާ އާންމު ކޮއްފިއެވެ..

މި ފޮޓޯގެ ކެޕްޝަންގައި ވަނީ "ރޭސް 3 ފެމިލީ" އާންމުންނަށް ދައްކާލާނެ ކަަމަށާއި، އޭނާގެ ނަމަކީ ސިކަންދަރު ކަމަށެވެ. ފޮޓޯއިން ސަލްމާން ފެންނަނީ ބަޑިއެއް ހިފައިންގެން ވަރަށް ސީރިއަސް މީހެއްގެ ގޮތުގައެވެ.

އަނިލްގެ އިތުރުން ޖެކުއެލިންވެސް ވަނީ ސަލްމާންގެ ފޮޓޯ ޓްވިޓާރގައި އާންމުކޮށްފައެވެ. އޭނާގެ ޓްވީޓުގައި ބުނެފައިވަނީ "މީޓް ސިކަންދަރް، ދަ މިސްޓްރީ ޔޫ ކާންޓް ސޯލް" އެވެ.

ސަލްމާން ހާންއަކީ "ރޭސް 3" ގެ ރޭސްޖަހާ މީހެއް ކަމަށްވާ ސިކަންދަރުގެ ގޮތުގައި އެވެ. ޑިސޫޒާ ޑައިރެކްޓްކުރަން ހަމަޖެހިފައިވާ މި ފިލްމުގައި ސަލްމާން ކުޅެނީ ވަރަށް ވަރުގަދަ ނުބައިބައި މީހެއްގެ ކެރެކްޓާއެކެވެ.

މިއީ މިހާތަނަށް ސަލްމާން އެއްވެސް ފިލްމެއްގައި ކުޅެފައިވާ ކަހަލަ ރޯލެއް ނޫނެވެ. 3" އަކީ "ރޭސް 2" އާ ގުޅުވައިގެން އުފައްދާ "ރޭސް 2"ގެ ސީކުއަލް އެއް ނޫނެވެ.

ރޭސް 3 ސިނަމާތަކަށް އަންނާނީ ކުރިއަށް އޮތް ފިތުރު އީދާ ދިމާކޮށް، ޖޫން 15 ގަ އެވެ.

ކިޔުންތެރިންގެ ހިޔާލު