މިއަދު އުފަން ދުވަހުގެ އުފަލެއް ނެތް ކަމަށާއި ނަމަވެސް އުފަން ދުވަހުގެ ހެޔޮ އެދުންތައް ފޮނުވަމުން ގެންދަވާ ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކުރާކަމަށް ކުރީގެ ރައީސް އަލްއުސްތާޛް މައުމޫން އަބްދުލްޤައްޔޫމްގެ ދޮށީ ދަރިކަނބަލުން ޔުމްނާ މައުމޫން ވިދާޅުވެއްޖެއެވެ.

ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫން އާއި އެއްމާބަނޑު ޔުމްނާ މިއަދު ކުރެއްވި ޓްވީޓެއްގައި ފިރިކަލުން ނަދީމް އާއި ބައްޕާފުޅު ރައީސް މައުމޫން އަދި ކޮއްކޯފުޅު ފާރިސްގެ ފޮޓޯއެއް ހިމެނުއްވުމަށް ފަހު ވިދާޅުވީ އެބޭފުޅުން ޖަލުގައި ތިއްބެވުމަށް މިއަދަކީ އުފާވެރި އުފަންދުވަހަކަށް ވާނީ ކިހިނެއްތޯއެވެ.

އިދިކޮޅު ހަރަކާތްތަކުގައި އިސްކޮށް ބައިވެރިވެ ވަޑައިގަންވާ ޔުމްނާ މިއަދު އާއިލާ މެންބަރުންގެ މަތިން ހަނދާންކޮށް ހިތާމަވެރި ޓްވީޓަކުން އުފަންދުވަސް ފާހަގަ ކުރެއްވެވި ނަމަވެސް އުފަންދުވަހާއި ގުޅޭ ގޮތުން ދުންޔާ އެއްޗެއް ވިދާޅެއް ނުވެއެވެ.

ދުންޔާ އާއި ޔުމްނާ އުފަންވެ ވަޑައިގެންނެވީ ރައީސް މައުމޫނާއި ނަސްރީނާ ކައިވެނި ބައްލަވައިގެންނެވިތާ ކުޑަ ދުވަސްކޮޅެއް ފަހުން 20 މާޗް 1970 ވަނަ އަހަރު މިސްރުގެ ވެރިރަށް ގާހިރާގައެވެ. ރައީސް މައުމޫން ކުރިން ދެއްވާފައިވާ ތަފާތު އިންޓަވިއުތަކުގައި ވިދާޅުވެފައިވާ ގޮތުގައި ދެކަނބަލުންގެ އެންމެ ޒުވާން ދުވަސްވަރު އެއްމާބަނޑު ދެބޭފުޅުން ލިބިވަޑައިގެން އެހެން ގައުމެއްގައި އާއިލާ އާއި ދުރުގައި ދެބޭފުޅުން ބެއްލުވުންވީ ވަރަށް ތަފާތު އުނދަގޫ ތަޖުރިބާއަކަށެވެ.

 

ކިޔުންތެރިންގެ ހިޔާލު

25 ކޮމެންޓް

  1. މާވަހަރު އަލީ

    އާދެ މިކޮޅަށް. ކޭކް ފެޅުން އެބައޮތް.

  2. މަހުމޫދު ޝަފީޢު

    ނިކަމެތި ކަމާއި ފަގީރު ކަމުގެ ސަބަބުން އެކުދިންނަށް އެކުދިންގެ އުފަސްދުވަސް އަންނަކަން ވެސް ނުދަންނަ ކުދިން މިގައުމުގައި ގިނަ އަދަދަކަށް ތިބި އިރު، ކަމަނާ ދުނިޔެއަށް އައީސްުރެން ދިޔައީ ވަރުގަދަ އުފަންދުވަސްތކެއް މުއްސަދިކަމާއި އެކު ގުނަމުން. އަދި ހަމަ އެދުވަސްތަކުގައި، ހައްގުން ކަމަކާނުލާ، ކަމަނާގެ ބައްޕާފުޅުގެ ވެރިކަމުގައި އެމީހުންގެ އެތައް އުފަންދުވަހެއް، އަބިދަރީންނާއި އާއިލާއާއި ވަކިން ހޭދަކުރި އެތައް ދިވެހީންނެއް މިގައުމުގައި މިއަދުވެސް އެބަތިބަ.. ޚުދު ވެރިކަމުގެ ދަހިވެތިކަމުގައި ކަމަނާގެ ބައްޕާފުޅާއި އެކު މިއަދު އެ ހުންނެވި ކެނެރީގޭ މުހައްމަދު ނަޝީދުވެސް ވަނީ އޭނާގެ އެތައް އުފަންދުވަހެއް ޖަލުގެ އެކަނިވެރި ގޮޅިތަކުގައި ހޭދަކުރައްވާފައި ވާކަމީ އެންމެންދަނަނަ ހަގީގަތެއް. އަދި ނަޝިދަކީ އާއްމުކޮށް ދޮގުހަދާމީހެއް ނަމަވެސް އޭނަ ބުނެފަ އެބަހުރި ކާންވެސް ދެނީ ފުޅިތޮށި އަޅާފަ ކަމަށް. އެހެންވީމަ ކަމަނާގެ ހިތާމައިގަ އަުގަޑު ބައިވެރިވާ ހިދުވެސް ކަމަނާއަށް އަދި މާބޮޑު ދެރައެއްނުލިބެޔޭ ބުނަން

  3. ޙަފްޞާ / މާލެ

    މުޅި ތިޔަ ޚާންދާނުގެ ދުވަސް ދުއްވާލުމަށްޓަކައި ކެނެރީގޭ ގަންޖާ ރުކުރުވާލާފަހުރި މަޅިފަތީގައި ބައަޕަ ޖެހި ، ކޮއްކޮ ޖެހި ، ދެންހުރި ދައްތަކޮއްކޮ ޖެހި ދިޔާމާ އުފަލެއް ނޯންނާނެތާ! އަދިވެސް ވިސްނާކަށނުވޭބާ؟

  4. އަބުދު

    ތީ އަސްލު ހައްގު ގޮތް. ކަނބުލޭގެ ބައްޕަ ކިތައް ކުދިންގެ އުފަންދުވަސް އެ ކުދިންގެ ބައްޕަ ނޫނީ ފިރިމީހާ ޖަލުގައި ބައިތިއްބާފަ އެކުދިންނައް އެ ނިކަމެތިކަން ދިނީ ހަމަ މިއަދު ތި ހިތުގައި އަޅާ ވޭން އެ ކުދިންގެ ހިތުގަވެސް އަޅާނެ ކަމާމެދު ވިސްނާލިންތަ.... މީހުންނަށް މިހާދުވަހު ދިން ހިތްދަތިކަން އެ މީހުންގެ ބަދު ދުޢާ ލައްވާލަނީ ތި. ކެތް ކޮއްލާ ....

  5. އައްތާނު

    ތީ އަމިއްލައަށް ބޮއެގެން އުޅޭ ބޮނޑިއެއް! ބޮޑުބޭބެގެ އަނިޔާވެރި ކަމާ ދެކޮޅަށް ނުނިކުންނަމަ ތިހާލެއް ނުޖެހުނީސް! އުފަންދުވަހުގެ ތަޙުނިޔާ ދަންނަވަން...

  6. ސަޓޯ

    ކެތްތެރިވޭ ޔުމްނާ... އަޅުގަނޑުމެންވެސް މިހުރީ ޔުމްނާއާއި އެކު

  7. ޕޮގުބާ

    30 އަހަރުގެ އަނިޔާވެރިކަމުގެ ނިމުން ހިތިވާނެ

  8. އަހުމަދު

    ކުރިން މުޅިންވެސް އުފާވެރި އުފަންދުވަސް ދެއްތޯ.. އެއްމެ އުފަންދުވަހެއް މިގޮތައް ވިޔަސް މައްސަލައެއް ނޫނޭ.. ދުނިޔޭގައި އަދި ރާއްޖޭގައި ކިތައް މީހުން ކުދިން އެބައުޅޭ އުފާވެރި އުފަންދުވަސް ނާންނަ.. ފަޅާނެ ކޭކެއް ހަދިޔާއެއް އަޅާލާނެ މީހަކުނެތް.. އެހެންވީމާ ތީ މާބޮޑުކަމަކަށް ނުހަދާ..

  9. ާމައުމޫނު ސިޓީ

    އަހަރުމެން ނަށް ކީއް

  10. ސަލީގް

    ކަމަނާގެ ބައްޕަގެ ވެރިކަމުގައި މަގޭ ބައްޕަ ޖަލަށްލީ އެއްވެސް ކުށެއް އޮވެގެންނޫން.. މަގޭ މަންމަ އެކަނި 3ކުދިންބަލަމުން މާލޭގައި ގަނަތެޅެމުން އަހަރެމެން 3ކުދިން ބޮޑެތިކުރީ.. އަހަރެމެންގެ އުފަން ދުވަސް ކޮބާ؟މަންޖެ މެންގެ އުފަންދުވަހު ތިހެން ކަންވެފަ އޮތަސް ބޯކޮށް ހިތް ފުރެންދެން ރުފިޔާ އޮވޭނު.. އަހަރެމެން ތިބީ ބަނޑަށް ޖެހިފަ.

  11. ހަސަނާ

    ކޮންއުފަންދުވަހެއް. އެހެނެއް ނުވީހެއްނު ރީތިކޮށްތިބިނަމަކާ. ތިއީއަމިއްލައަށް ވެރިކަމުގެ ދަހިވެތިކަމުގަ ތިޔައާއިލާއިން ބުއި ބޮނޑިއެއްނު. ދެންކޮންއުފަލެކޭ ކިޔާކަށް. ޙަހަހަހަހާ

  12. ައަފީ

    ކޮން އުފަލެއް ކަލޭމެނަށް ދޭންވީ! ތީމޫގެ ތެރޭގައި އޮތްއިރު ރައްޔިތުންގެ އެއްޗެހިތައް ކައިބޮއި ހެދި ގޮތަށް މިައްދު އެކަން ނުވީމަ އުފަލެއް ނެތީ ދޯ!

  13. ބަތޮލް

    ޔުމްނާ އަދި ދުންޔާ އުފަންވެފައިވަނީ ނައިޖީރިއާއަށް. ލިޔުމުގައި އޮތްކުށެއް.

    • ހުސޭނުބޭ

      ހަޤީޤީ ތެދެއް ތި ބުނީ.

  14. !!!!!

    ރަނގަޅީ ވެސް އުފަޅެއް ނެތިއްޔާ!!!!!

  15. ރުޒާނާ ޗޮއްޕަޓު

    ވެރިކަމުގެ ލައްޒަތާ ނުލައި އުފަން ދުވަހެއް ވިޔަސް ހައްޖު ދުވަހެއް ވިޔަސް އެހެން ދުވަހެއް ވިޔަސް ކޮން އުފަލެއް!!!!؟؟؟؟

  16. ނައަރާ

    އުފަން ދުވަހަކީ ފާހަގަކުރާ ދުވަހެއްތަ، ދެންވެސް ބުރުގާ އަޅައިގެން ތިއުޅުން ނިކަން އިސްލާޙް ކޮއްލަބަލަ،

    ކޭކު ނުފެޅިގެން......

  17. Anonymous

    އުފަންދުވަހަކީ އަހަރުމެން ފާހަގަ ކުރަންޖެހޭ ދުވަހެއް ނޫނޭ

    • ހުދާ
  18. އުފަން

    ބިރަކާނުލައި މަޖާކުރަން ދާންވީނު ،، އުފާކުރަން މަންޖެގެ އުފަންދުވަސް ކޮންމެގޮތަކަށް ދިއަސް އޯކޭ .

  19. ގޮޅާބޯ

    ރަން 30 އަހަރުތަކުގަ ވަރައްގިނަ ދިވެހިން ތިޔަ ދުވަސް ދެކުނު . ވ ވެދުން

  20. ދިވެހިމީހާ

    ދެން އަހަރުންނަށް ކޮންކަމެެއް.

  21. ހެއްވާ ަސަނު

    އަހަރެންގެ ޢުމުރުވަނީ ދުނިޔެއަށް އުފަންވި އިރުވެސް މިންވަރު ކަނޑައެޅިފައެވެ. ވީމާ އަހަރެންގެ އުފަންދުވަހަކީ އަހަރެންނަށް އުފަލެއް ގެނެސްދޭ ދުވަހެއް ނޫނެވެ. ސަބަބކީ ކޮންމެ އުފަން ދުވަހަކީ އަހަރެންގެ ޢުމުރުން ބައެއް ކައި ހުސްކޮށްލާ ދުވަހެކެވެ. އަހަރެންގެ މަރާ ކައިރިކޮށްދޭ ދުވަހެކެވެ. އެހެންކަމުން އަހަރެންގެ އުފަންދުވަސް ނާންނާނެ ަމައޭ ހިތަށޤ އަރައެވެ.

  22. ވީލްބަރީ

    ސިރާތަލް މުސްތަގީމް. ދެބޭފުޅުން ތިޔަތިބީ ހަމަ ހައްގު މަގުގަތޯ. ސިރާތުމަގުން ދާން އަވަހަށް ބުރުގާ އަޅުއްވާ ﷲ ތައާލާ އާ އެކަލާންގެ ރަސޫލުން ދެއްކެވި މަގަށް ވަޑައިގެން މަންމައާ 03 އަންހެނުންގެ އައުރަ ނިވާކުރައްވާ. އަދި ހެޔޮވެގެންވާ ހެޔޮ އަމަލުތައް އާހިރަތަށް ކުރަމުން ގެންދޭ. އަންހެނާގެ އައުރައަކީ ވަރަށް ސާފު ކޮން އޮތް ކަމެއް

  23. .ޕަކާސް.

    .ކަލޭގެ ބައްޕަގެ ސަބަބުން ޖަލަށްލެވުނު މީހުންނާއި އެމީހުންގެ އާއިލާތައް މަތިން ހަނދާންކޮށް ކޭކެއް ފަޅާލާ ދެން މިއަދު