ޖިންނިނަކީ އުޅޭ އެއްޗެއް ކަމަށް އަހަރުމެން އެންމެންވެސް ގަބޫލުކުރެއެވެ. ޖިންނި އަކީ ވާއެއްޗެއް ކަން ކީރިތި ޤުރުއާނުންވެސް ސާބިތުވެއެވެ. އާއްމުކޮށް ޖިންނި ފެންނަނީ އިންސާނުންގެ ސިފާގައި އާއި ޖަނަވާރުންގެ ސިފާގައި ނަމަވެސް ރޭލެއްގެ ސިފާގައި ބަޔަކަށް ޖިންނިއެއް ފެނިގެން އެ ވާހަކަ ދައްކަމުން އެބަދެއެވެ.

މިފަހަރު މި ޖިންނި ފެނިފައި ވަނީ ޗައިނާއިންނެވެ.

މިހާރު މީސް މީޑިޔާގައި ދައުރުވަމުން އަންނައިރު، އެ ވީޑިޔޯއިން ފެންނަނީ ޖިންނި ރޭލެއް ޗައިނާގެ ރޭލް ސްޓޭޝަނަކަށް އަންނަ މަންޒަރެެވެ.

އެ ވީޑިޔޯއަކީ އެޑިޓެއްކަމަށް އެއްބަޔަކު ބުނަމުންދާއިރު، އެ ވީޑިޔޯއިން ފެންނަނީ ރޭލު ވަރަށް ފުސްކޮށެވެ. އެ ރޭލް އައިސް އެ ސްޓޭޝަންގައި މަޑުވެސް ކުރެއެވެ. ކުޑައިރުކޮޅަކަށް އެ ރޭލް މަޑުކުރި ނަމަވެސް އެއަށް އެއްވެސް މީހަކު އަރާތަނެއް ނުފެނެއެވެ. ދެން ފެންނަނީ އެ ރޭލު އަނެއްކާވެސް ދަތުރު ކުރާ ތަނެވެ.

https://youtu.be/7BGIEo9LYmg

"މިއީ މާރޗް 10 ވަނަ ދުވަހު ހިނގިކަމެއް. އެ ސްޓޭޝަންގައި މަސައްކަތް ކުރާ ސެކިޔުރިޓީ މީހުން ޓީވީން އެތަގާއި ވާކަންތައް ބަލަން ތިއްބާ އެ ރޭލު އައިސް މަޑުވެސް ކުރީ". އިންޑިއާގެ ނޫހަކަށް އެ ސްޓޭޝަންގައި މަސައްކަތް ކުރާ މީހަކު ބުންޏެވެ.

އެ މީހާ އިތުރަށް ބުނިގޮތުގައި، އޭނާ ރޭލް ސްޓޭޝަންގެ ސެކިޔުރިޓީގައި މަސައްކަތް ކުރާތާ 12 އަހަރު ދުވަސްވީއިރު، މިއީ މިފަދަ ހާދިސާއެއް ހިނގި ފުރަތަމަ ފަހަރެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. މުއުމިން

    أعوذ بالله من الشيطان الرجيم
    މާތްﷲ ޖިންނިން ލައްވާފަވޭ. އެކަމު ތި ވީޑިޔޯ...