އިންޓަނެޓަކީ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި މީހަކު ތަރިއަކަށް ހަދާލުމުގެ ޤާބިލުކަން ލިބިފައިވާ ވަސީލަތެކެވެ. މިކަން، އެތައް ފަހަރަކު، އެތައް ގޮތަކުން ވަނީ ފެނިގެން ގޮސްފައެވެ. އެގޮތުން، ގާޑިޔާއެއްގައި ސައި ވިއްކަން ހުރި ޗައިވާލާ އެއްވެސް މި ބީދައިން މަޝްހޫރުވެގެންދިޔައެވެ. ހަމައެހެންމެ، ލޮލުން ކޮށްލި އެންމެ އިޝާރާތަކުން، ޕްރިޔާ ޕްރަކާޝްވެސް، ދުނިޔޭގެ އެތައް ބައެއްގެ ލޮލުގައި އަޅައިގެނެ، ތަރިއަކަށް ބަދަލުވެގެން ދިޔައެވެ.

މިފަހަރު ގިނަ ބައެއްގެ ހިތުން ޖާގަ ހޯދާފައި މިވަނީ، ބަންގްލަދޭޝްއަށް ނިސްބަތްވާ ފިރިހެނެކެވެ. އިރުފާން މާލިކް ނަމަކަށްކިޔާ އެ މީހާ، ގިނަ އަންހެނުންތަކަކަށް ރީތިވެގެން އެވާހަކަ ދައްކަމުންދާއިރު، އޭނާގެ ފޮޓޯތައް މިހާރު މީސްމީޑިއާގެ އެކި މަންސަތަކުގައި މިހާރު ދަނީ ދައުރުވަމުންނެވެ. ބައެއް މީހުން އިރުފާނުގެ ލޮލުގެ ޖާދޫގައި ޖެހި އެކަމަށް ތައުރީފު ކުރަމުންދާއިރު، އަނެއް ބަޔަކު ބުނަމުންދަނީ އޭނާއަކީ މޮޑެލްގެ ދާއިރާއިން ގިނަ ކާމިޔާބީތަކާއި ހަމައަށް ދަތުރުކުރެވޭނެ ފަދަ ރީތިކަމެއް ލިބިފައިވާ މީހެއް ކަމަށެވެ.

އެންމެ ފުރަތަމަ އިރުފާނުގެ ފޮޓޯތައް އާންމުކޮށްފައިވަނީ މަޝްހޫރު ފޮޓޯގްރާފަރެއް ކަމަށްވާ އަބީދަން މުންގ އެވެ. އޭނާ އެ ފޮޓޯ އާންމުކުރި ނަމަވެސް އިރުފާނާއި އާއި ބެހޭ މާގިނަ މަޢުލޫމާތުތައް ހާމަކޮށްފައެއް ނުވެއެވެ. މީސްމީޑިއާގައި އޭނާ ނަގާފައިވާ ފޮޓޯ ޝާޢިއުކޮށް މުންގު ބުނެފައި ވަނީ އިރުފާނަކީ މެލޭޝިއާގައި ކޮންސްޓްރަކްޝަން މަސައްކަތް ކުރާ ބަންގްލަދޭޝްގެ މީހެއް ކަމަށެވެ. އޭނާގެ ފޮޓޯ އެއް ނެގުމަށް ފުރަތަމަ ޝަޢުގުވެރިވީ ލޮލުގެ ކަޅި ފެނިފައި ކަމަށާއި، ފޮޓޯ ނެގީ އޭނާ ސީދާ ލެންސަށް ބެލި ވަގުތުގައި ކަމަށް މުންގު ބުނެފައި ވެއެވެ. މުންގުގެ ޕޯސްޓުގައި އޭނާ ވަނީ އިރުފާނަށް ތަޢުރީފުކޮށް ވާހަކަ ދައްކާފައެވެ.

ޓްވީޓާއިން މުންގު އާންމުކޮށްފައިވާ އިރުފާނުގެ އެ ފޮޓޯ މިހާތަނަށް 25000 ފަހަރު ރީޓްވީޓު ކޮށްފައިވާއިރު 70000 އަށްވުރެ ގިނަ ލައިކް، އެ ފޮޓޯއަށް ވަނީ ލިބިފައެވެ.

އިރުފާނުގެ ފޮޓޯ މީސްމީޑިއާގައި ދައުރުވެ އެތައް ބައެއްގެ ހިތްތައް ފަތަހަ ކުރަމުން ދިޔަނަމަވެސް، މިހާތަނަށް އޭނާ ހޯދިފައެއް ނުވެއެވެ. އަދި އޭނާގެ ފަރާތުން އެއްވެސް އިޝާރާތެއް މިކަމާއި ގުޅިގެން މިހާތަނަށް ނުވެއެވެ. ނަމަވެސް ބަޔަކު އޭނާ މަސައްކަތްކުރާ ތަނުން ފެނިގެން އޭނާ އާއި އެކު ފޮޓޯ ނަގަމުންދާ ކަމުގެ އަޑު މިހާރު ވަނީ ފެތުރިފައެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. ލަޑާވަސް

    ލަޑާވަސް....

    15
    21
  2. ދޯ

    ?

    4
    12
  3. ޢިބުރެ

    އާޗާ ބަންގާޅި

    3
    20
  4. ނަޒީމާ

    ބުޅަލުގެ ލޯ ވަރައް ލޯބި، ތި ބަންގާޅީ ހަމަ ސުމެއް

    9
    22
  5. ކަލޯ

    ޢެފޮޓޯ ފެނިގެން އެއަށް ލައިކުވި ހުރިހާ ދިވެހިންނަށް އޭނާގެ ލޯ ބަހާލަދީ އިންޞާފުވރިކޮށް.

    24
    6
  6. ޖެނި

    ހަމަ ރިޗޫގެ ލޯ ؟

    6
    7
  7. އަންނޯން

    ބަލަ އޭނަގެ މޫނު ބަލަން ވެގެއްނޭ އަހަރެން މި ހަބަރު ހުޅުވީ. ވަރަށް ޑިސަޕޮއިންޓިންގް. މޫނު އެއްކޮށް ފެންނަ ފޮޓޯއެއް އިންނަމަ ވަރަށް ރަނގަޅުވީސް.

    52
  8. ސަޓޯ

    އައްޗީ

    12
    17
  9. ބަންގްލާ

    ޙުރިހާ އަންހެނުން ހިތް ކިޔާއިރު މަ ކޮބާ؟؟ މަށެއް ނުކިޔަން ހިތެއް...

    34
    6
  10. އެލެކްސިސް

    މި ކޮމެންޓް ސެކްޝަން ކިޔާލީމަ ދިވެހިންގެ ރޭސިސްޓްކަން އެބަ ފެނޭ. 21ވަނަ ގަރުނުގަވެސް މިކަހަލަ ނާތަހުޒީބު ވިސްނުންތައް ގެންގުޅޭތީ ވަރަށް ހިތާމަކުރަން

    47
    4
  11. ޖޯޓަރޯ ކޫޖޯ

    ޔާރެ ޔާރެ ޑަޒެ