ޗެނަލް 13 ގެ ފަރާތުން ކުރިން ގެނެސްދެމުން ދިޔަ "ނާމާން" ޕްރޮގްރާމްގެ ސީޒަން ދޭއް ފަށަން ނިންމައިފިއެވެ.

ރޯދަމަހަށް އަމާޒުކޮށްގެން ފަށާ ސީޒަން ދޭއް ގެ މި ޕްރޮގްރާމް އަމާޒުކުރެވިފައިވަނީ އުމުރުން 18 އަހަރުން މަތީގެ މީހުންނަށެވެ. ކުރިން ވެސް، ބިރުވެރި ހަޤީޤީ ވާހަކަ ތަކެއްގެ މައްޗަށް ގެނެސްދިން މި ޕްރޮގްރާމް ގެ ފުރަތަމަ ސީޒަން މީހާރު ނިމިފައިވާއިރު، އާންމުންގެ ބޮޑު ތަރުހީބެއް ލިބިފައިވާ ކަމަށް ޗެނެލް 13 އިން ބުނެއެވެ. އަދި ސީޒަން ދޭއް ފެށުމަށް ނިންމީވެސް މި ޕްރޮގްރާމަށް އާންމުންގެ ތަރުހީބު ލިބެމުންދާތީ ކަމަށްވެސް ވަނީ ބުނެފައެވެ.

"ސީޒަން އެކެއްގަ އިންނާނީ ކޮންމެ ސީރީޒެއްގަ ވަކި ވާހަކައެއް. އެކަމު މިފަހަރު ސީޒަން ދޭއް އިންނާނީ އެއް ވާހަކައެއްގެ މައްޗަށް ބިނާކޮށް." ޗެނެލް 13 ގެ ފަރާތުން މައުލޫމާތު ދިން އޮފިޝަލަކު ވިދާޅުވިއެވެ.

https://www.facebook.com/Naamaan.series/videos/200692603858957/

 

"ސީޒަން ދޭއް އިންނާނީ ރޯދަމަހަށް. އެކަމަކު ރޯދަފަހުން ވެސް ކޮންޓިނިއު ކުރާނެ." 'ވަގުތަށް' މައުލޫމާތު ދެމުން އޮފިޝަލް ވިދާޅުވިއެވެ.

"އަސްލު ވަރަށް ބޮޑު ތަރުހީބެއް ލިބޭ ޕްރޮގްރާމެއް މީ. ވާގޮތަކީ ޓީވީ ޗެނެލްއަކުން މި ކަހަލަ ބިރުވެރި ހަޤީޤީ ހާދިސާއެއް ވަރަށް ތަފާތުކޮށް ގެނެސްދިން ފުރަތަމަ ޕްރޮގްރާމް ވީމަ އެއީ" އޭނާ އިތުރަށް ބުނެފައިވެއެވެ.

މިއީ ޗެނެލް 13 އިން ގެނެސްދޭ މިފަދަ ތަފާތު ފުރަތަމަ ޕްރޮގްރާމްކަންވެސް ފާހަގަކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު