ރޭޕްގެ ކުށް ހައްދުފަހަނައަޅާ ގޮސްފައިވާ އިންޑިއާގެ ޗެންނާއި އަށް ނިސްބަތްވާ އުމުރުން 30 އަހަރުގެ ފިރިހެނަކު، ހަތަރު ކުއްތާ ރޭޕްކުރިކަން ފަޅާއަރައިފިއެވެ. މި މައްސަލައިގައި އޭނާ މިހާރު ހައްޔަރުކޮށްފައިވާއިރު، އޭނާ ރޭޕްކޮށްލީ އަލަށް ވިހައިގެން އުޅުނު ކުޑަ ކުއްތާތަކެއްކަން ވަނީ ހާމަވެފައެވެ. މި ހާދިސާ ފަޅާއަރާފައި ވަނީ އޭނާ އެ އަމަލު ހިންގި މަންޒަރު ފެންނަ ސީސީޓީވީ ފުޓޭޖެއް ލީކުވުމުންނެވެ.

މި މަހުގެ 14 ވަނަ ދުވަހު މި ހާދިސާ ހިނގާފައި ވަނީ މަތުރުގައި ހުންނަ ހުސް ބިމެއްގައެވެ. ބާސްކަރު ނަމަކަށް ކިޔާ އެ ފިރިހެން މީހާއަކީ އަބަދުވެސް ޖަނާވާރުންނާއި ޖިންސީ ގުޅުން ހިންގަމުން އަންނަ މީހެއް ކަމަށް ކުރިން ވެސް އޮތީ އަޑު ފެތުރިފައި ކަމަށް ވެއެވެ. އެގޮތުން މިދިޔަ މަސް ތެރޭގައި މަގެއްގެ މަތީގައިވެސް އެ ފިރިހެން މީހާ ޖަނަވާރަކަށް ޖިންސީ އަނިޔާ ކުރަމުންދިޔަ މަންޒަރު ބަޔަކަށް ފެނިގެން ރިޕޯޓްކޮށްފައި ވެއެވެ.

ފުލުހުން ބުނެފައި ވަނީ، ފުލުހުންނަށް ލިބިފައިވާ ސީސީޓީވީ ފޫޓޭޖް ސާފު ނޫން ކަމަށާއި، އޭގައި އެ މީހާ ކުރަމުން ދަނީ ކޮން ކަމެއް ކަން ސާފު ނުވާ ކަމަށެވެ. އެހެންވެ އެއީ ހެއްކެއް ކަމަށް ނުބެލޭވެނެކަމަށް މި މައްސަލަ ބަލާ ފުލުހުން ވަނީ ބުނެފައެވެ. އެހެން ނަމަވެސް މި މަހުގެ 27 ވަނަ ދުވަހު ބާސްކަރު ވަނީ ހައްޔަރުކޮށްފައެވެ. މި މައްސަލަ ފުލުހުންނަށް ހުށަހަޅާފައި ވަނީ ޖަނަވާރު ހިމާޔަތް ކުރުމުގެ މަސައްކަތް ކުރާ އެކްޓިވިސްޓެކެވެ.

ބަސްކަރު މައްޗަށް އާއްމު ތަނެއްގައި ޖިންސީ ގުޅުން ހިންގި ކަމުގެ ދައުވާ މިހާރު ވަނީ އުފުލާފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ލޮލް

    ދުވަސް ކޮޅަކުން ރޭޕިސްތާނު އިސްފިރޭނު ކޯޓުން ނިންމާނެ ކަންނޭނގެ ޖަނަވާރަކާ އެއްކޮށްވެސް އޭތީގެ ގަބޫލުގަ ކުރުން ހުއްދައޭ..!

    13