އަމިއްލަ މަސައްކަތުން އެންމެ ހަގު އުމުރުގައި ބިލިޔަރަނަކަށް ވި މީހާގެ މަގާމު ލިބުނީ ހަގީގަތުގައި އަމިއްލައަށް އެކަނި ކުރި މަސައްކަތުން ނޫން ކަމަށް މަޝްހޫރު ރިއަލިޓީ ޓީވީ ޝޯވ "ކީޕިން އަޕް ވިތު ކާޑޭޝިއަން" ގެ ތަރި ކައިލީ ޖެނާ ބުނެފިއެވެ.

އެންމެ ހަގު އުމުރުގައި ބިލިޔަރަނަކަށް ވި މީހާގެ ލަޤަބު ކައިލީއަށް ލިބިފައި ވަނީ ފޯބްސް އިން ކޮންމެ އަހަރަކު އާއްމު ކުރާ ބިލިޔަނަރުންގެ ލިސްޓުގައެވެ.

ކައިލީ ބުނީ އޭނާ އަށް މި ލަގަބު ލިބުނީ އެކި ޕްލެޓްފޯމްތަކުން ލިބުނު އެހީތެރިކަމާއި އަދި އާއިލާއިން ވެސް ދިން އެއްބާރުލުމުގެ ސަބަބުން ކަމަށެވެ.

ކައިލީ ބުނެފައިވަނީ އޭނާގެ ކުރިއެރުމުގެ އަސްލަކީ އޭނާގެ ފޮލޯވަރުން ކަމަށާއި މީސްމީޑިޔާގެ ޒަރިއްޔާއިން އޭނާ ފޮލޯ ކުރާ ހުރިހާ ފަރާތްތަކަށް ޝުކުުރުއަދާ ކުރަން ބޭނުންވާ ކަމަށެވެ.

ކައިލީގެ މިލްކިއްޔާތުގައި މިހާރު ބިލިޔަނަކަށްވުރެ ގިނަ ޑޮލަރު ހުރިއިރު، ކައިލީގެ އާއްމުދަނީގެ އެންމެ ބޮޑު ހިއްސާއެއް އަދާކުރަނީ ކައިލީގެ ކޮސްމެޓިކްސް ޕްރަޑަކްޓްތަކުންނެވެ.

މީގެ ކުރިން އެންމެ ހަގު ބިލިޔަނަރުގެ މަޤާމް ހޯދީ، ފޭސްބުކް ގެ ބާނީ މާކް ޒަކާބާގްއެވެ. އެއީ މީގެ 11 އަހަރު ކުރިން އޭނާގެ އުމުރުން 23 އަހަރުގައެވެ.

"މިއީ އަހަރެން އުންމީދު ކުރި ކަމެއް ނޫން. އެކަމަކު މިފަދަ ގޮތަކަށް މިކަން ފާހަގަ ކުރާތީ ވަރަށް އުފާވޭ." އެންމެ ހަގު ބިލިޔަނަރުގެ ލަޤަބާ ބެހޭ ގޮތުން ފޯބްސްއަށް ދިން އިންޓަރވިއުއެއްގައި އޭނާ ބުނެފައިވެއެވެ.

ދުނިޔޭގެ އެންމެ މުއްސަދި މީހާގެ މަގާމުގައި އަދިވެސް ހުރީ އެމަޒޮންގެ ވެރިޔާ ޖެފްއެެވެ. އޭނާގެ މިލްކިއްޔާތުގައި 131 ބިލިޔަން ޑޮލަރު އެބަހުއްޓެވެ.