ބަލްގޭރިޔާގައި ފިލްމެއްގެ މަސައްކަތް ކުރަމުން ދަނިކޮށް އާލިޔާ ބަޓް އަށް އަނިޔާވެއްޖެއެވެ. އެކްޝަން މަންޒަރެއް ކުޅެނިކޮށް ވެއްޓި، އޭނާގެ އަތަށާއި ކޮނޑަށްވަނީ ގެއްލުންތަކެއް ވެފައެވެ.

ނޫސްތަކުން ބުނާ ގޮތުގައި އާލިޔާ އަށް ލިބުނު އަނިޔާގެ ސަބަބުން، ޑޮކްޓަރުންވަނީ 15 ދުވަސް ވަންދެން ބެޑް ރެސްޓު ކުރުމަށް އޭނާއަށް އަންގާފައެވެ. އެހެންކަމުން، އޭނާވަނީ ޝޫޓިން މެދުކަނޑާލުމަށްފަހު އެނބުރި އިންޑިޔާއަށް ގޮސްފައެވެ.

އާލިޔާ އަށް ލިބުނު އަނިޔާގެ ސަބަބުން އޭނާގެ އަތުގައި ބެންޑޭޖު އަޅާ، އިތުރަށް ގެއްލުންވިޔަ ނުދިނުމަށްޓަކައި ސްލިންގެއް އަޅާފައިވާ ފޮޓޯތަކެއްވެސް މީސް މީޑިޔާގައިވެސްވަނީ ފެތުރިފައެވެ.

މިކަމުގެ ސަބަބުން މި މަހުގެ ފަހުކޮޅު އެއްކޮށް ނިންމުމަށް ހަމަޖެހިފައިވާ ޝޫޓިންގ ވަނީ ލަސްވެގެން ގޮސްފައެވެ.

އެހެންނަމަވެސް، މިއީ ކޮން ފިލްމެއްގެ ޝޫޓިންއެއްކަމަށް މީޑިޔާތަކުން ހާމަކޮށްފައެއް ނުވެއެވެ.