މިއީ ވަރަށް ހާލުގައި އުޅެމުން އަންނަ މީހެކެވެ. ދަރިންނަށް ކިޔަވާދިނުމުގައި އެތައް މަސައްކަތެއް ކުރަމުން އަންނައިރު، އެ ތަކުލީފުތަކަށް ލުޔެއް ލިބުނީ، އޭނާގެ ތެދުވަރިކަމުގެ ސަބަބުންނެވެ.

އަމިތް ގުޕްތާ ނަމަކަށް ކިޔާ އެ މީހާ ވަނީ އެތައް ފައިސާތަކެއް ހުރި ދަބަހެއް އޭގެ ވެރި ފަރާތައް ރައްދުކޮށްފައެވެ. އޭނާ އެކަން ކޮށްފައި ވަނީ މީގެ ދެ މަހެއްހާ ދުވަސް ކުރިން ނަމަވެސް އޭގެ ބަދަލު އޭނާއަށް ލިބުނީ ދާދި އިހަކަށް ދުވަހުއެވެ.

މީގެ ދެ މަސް ކުރިން ނަމްބޫދިރި ނަމަކަށް ކިޔާ މީހަކު ގުޕްތާގެ އޮޓޯގައި އޭނާގެ ކާރު ޕާކްކޮށްފައި އޮތް ތަނަށް ދިޔައެވެ. ނަމްބޫދިރީއަކީ އަމިއްލަ ސްކޫލެއް ހިންގަމުން އަންނަ މީހެކެވެ. އޭނާ އެ ވަގުތު އޮޓޯއަށް އެެރީ ސްކޫލް ފީގެ ގޮތުގައި، ލިބުނު 80000 ރުޕީސް އާއިއެކުގައެވެ. އޭނާއަށް ހަނދާން ނެތިގެން އެ ދަބަސް އޮޓޯގައި ބާއްވާފައި ދެވުނީއެވެ. އޭނާއަށް އެކަން އެނގުނީ ކާރަށް އެރި ފަހުންނެވެ.

ވަގުތުން އަނބުރާލާފައި ނަމްބޫދިރީ ފިޔައީ ސްކޫލަށެވެ. ސްކޫލްގެ ޕިޔޯން ލައްވާ އެ އޮޓޯ ހޯދުމުގެ މަސައްކަތް ކުރިއެވެ. ވަރަށް މަސައްކަތުން އެހެން އޮޓޯ ޑްރައިވަރެއްގެ އެހީގައި އެ ދަބަސް ނަމްބޫދިރީއަށް ލިބުނެވެ.

ނަމްބޫދިރީ ބުނީ، އޭނާއަށް އެ ފައިސާތައް ނުލިބުނު ނަމަ ވަރަށް ބޮަޑު ކަންތައްގަނޑަކަށް އެކަން ވާނެ ކަމަށެވެ. އަދި ގުޕްތާގެ ތެދުވެރިކަމަށް އޭނާ ބޭނުންވީ ހަދިޔާއެއް ދޭށެވެ.

އެހެންކަމުން އޭނާ އަސްލަށް ގުޕްތާއާ ބައްދަލު ކުރުމަށް މަސައްކަތް ފެށިއެވެ. ދުވަސްތައް ނެގި ނަމަވެސް މިހާރު ގުޕްތާއާ ބައްދަލު ކުރުމުން ނަމްބޫދިރީއަށް އެނގުނު ގޮތުގައި، ގުޕްތާއަކީ ވަރަށް ހާލުގައި އުޅޭ މީހެކެވެ. އެގޮތުން އޭނާގެ ދެ ދަރިންނަށް ކިޔަވާދެނީ ވަރަށް ހާލުގައިކަން އެނގުމުން ގުޕްތާ ވަނީ އެ ދެކުދިންނަށް ހިލޭ ކިޔެވުމުގެ ފުރުސަތާއި، އިތުރަށް 10000 ރުޕީސް ގުޕްތާއަށް ދީފައެވެ.

ކިޔުންތެރިންގެ ހިޔާލު