މަދިރީގެ ސަބަބުން ޖެހޭ ނުރައްކާތެރި ބަލިތަކުން އެތައް ބަޔަކު ސަލާމަތްކޮށް، އެތައް މިލިއަން ފުރާނައެއް ސަލާމަތްކުރެވިދާނެ ހޯދުމެއް ސައިންސްވެރިން ދެނެގަނެފިއެވެ.

މަދިރީގެ ސަބަބުން ތަފާތު ނުއްކާތެރި ބަލި ޖެހި ދުނިޔެއިން އެތަށް ހާސްބަޔަލު ކޮންމެ ދުވަހަކުވެސް މަރުވާއިރު މަދިރި އިންސާނާއަށް ޝައުގުވެރިވަނީ ގައިން ދުވާ ވަހެއްގެ ސަބަބުންނެވެ.

ފްލޮރިޑާ އިންޓަނޭޝަނަލް ޔުނިވަސިޓީގެ ލެބޯޓަރީ އޮފް ޓްރޮޕިކަލް ޖެނެޓިކްސްގައި ކުރި ދިރާސާ އަކުން ދައްކާފައި ވަނީ މަދިރީގެ އުޅުން އެއްކޮށް ބަދަލުކޮށް، އިންސާނުންގެ ގައިން ޑެންޑީއާއި ޒިކާ ވައިރަސް ފަދަ ނުރައްކާތެރި ބަލިތައް ފަތުރާ އީޑިސް މަދިރިއަށް އެ ވަސް ދެނެގަނެ، ޝައުގުވެރިކުރުވާ ޖީން އެޑިޓްކޮށް ބަދަލުކޮށްލާފައެވެ.

އެއާއެކު މިއީ އެތައް މިލިއަން ފުރާނައެއް ސަލާމަތްކުރެވިދާނެ ހޯދުމެއްގެ ގޮތުގައި ވަނީ ބެލެވިފައެވެ. މަދިރި އިންސާނުންގެ ގައިން ލޭ ބޯން ޝައުގުވެރިވަނީ ގައިން ހިއްލާ ދަލުގައި ހުންނަ ލެކްޓިކް އެސިޑުގެ ވަހަށެވެ.

ސައިންސްވެރިން ބުނީ މަދިރިއަށް އިންސާނުންގެ ގައިން ވަސް ދެނެގަނެވޭ ރިސެޕްޓާސްއަށް ހުރަސް އެޅޭނެ އެހެން ވަހެއް އުފައްދައިގެން މަދިރި ދުރުކުރެވޭނެ ކަމަށެވެ.

ސައިންސްވެރިންގެ ނަޒަރުގައި މަދިރި އިންސާނުންގެ ގައިން ލޭ ބޮނީ މައިގަނޑު ތިން ސަބަބަކާ ހެދިއެވެ. ފުރަތަމަ ސަބަބެއްކަމުގައި ސައިންސްވެރިން ބުނެފައިވަނީ އިންސާނުން ލާ އަންނައުނެވެ. އެގޮތުން ފަސޭހައިން އަޅައިގަންނާނެ އަދި އަލި ކުލަތަށް ހިމެނޭ އަންނައުނު ލުމަކީ މަދިރީގެ ސަމާލުކަން އެ އިންސާނަކަށް ލިބޭ ކަމެއް ކަމަށް ސައިންސްވެރިން ބުނެއެެވެ. އެހެންކަމުން ސައިންސްވެރިން ވަނީ ބޭރަށް ނުކުމެ އުޅޭ އިރު ވީހާވެސް ގަދަ އަދި އަނދިރި ކުލައެއްގެ އަންނައުނު ލައިގެން ނުކުތުމަށް ނަސޭހަތްތެރިވެފައެވެ.

ބައެއް އިންސާނުންގެ ލޭގެ ގްރޫޕަކީ ވެސް މަދިރީގެ ސަމާލުކަން އެއިންސާނަކަށް ލިބޭ ކަމެކެވެ. އެގޮތުން އޯ ޕޮސިޓިވް ނުވަތަ ނެގެޓިވް ލޭ ހުންނަ ފަރާތްތަކަށް މަދިރީގެ ސަމާލުކަން ލިބެއެވެ. އެހެނީ އެ ލޭގެ ގްރޫޕްގެ ސަބަބުން މަދިރިއަށް ޕްެރޮޓީން ލިއްބައިދޭލެއް އިތުރުވުމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. Anonymous

    މިފެންނަނީ ސައިނސްގެ އަލީގައިވެސް އިސްލާމް ދީނުގައި ކުރަން އަންގަވާފައިވާ ކަންކަމަކީ އެކަންކަން ކުރުމުން މީށްތަކުންނައް ފައިދާ ލިބިގެންދާނެ ކަންކަން ކަމުގައި. އިސްލާމްދީނުގައި އަންހެނުންގެ އައުރަ އަދި ލާ ހެދުންވެގެނވާނީ ގަޔައް ދޫކޮއް ހުންނަ އަނދިރި ކުލަ ކަމުގައި އަންގަވާފައިވަނީ. މިހުރިހާ ކަންކަމުންވެސް އެނގެނީ ދީނުގައި އަންގަވާފައިވާ ކަންކަން ކުރުމުން ލިބެނީ ފައިދާކަން

    19
    5
    • މަދިރި

      ދެން ތީގެ މާނައަކީ މަދިރި ލޭބޮނީ ހަމައެކަނި އަންހެން ވެރިން ގައިގައޭތަ؟

      3
      4