ޕްރިޔަންކާ ޗޯޕްޅާއާއި ނިކް ޖޯނަސް ވަރިވާން އުޅޭ ކަމަށް ބުނެ ވާހަކަ ފެތުރި މަޖައްލާއާ ދެކޮޅަށް ދައުވާކުރަން އެ ދެމަފިރިން ނިންމައިފި އެވެ.

ޕްރިޔަންކާއާއި ނިކް ކައިވެނިކޮށްފައި ވަނީ މިދިޔަ އަހަރު ޑިސެންބަރު މަސް ތެރޭގައެވެ. މި ދެމީހުން ކައިވެނިކޮށްފައި ވަނީ އެކަކު އަނެކަކަު ދެކެ އިންތިހާއަށް ލޯބިވެގެން ކަމަށް ބުނެއެވެ. އަދި މި ދެ މީހުންގެ އުމުރުގައި 10 އަހަރުގެ ތަފާތެއް ހުރެއެވެ.

ދޮގުހަބަރު ފެތުރި އޯކޭ މަޖައްލާއާ ދެކޮޅަށް ދައުވާކުރަން ނިންމީ ގެއްލުމުގެ ބަދަލަށް ބޮޑު އަދަދެއް ނަގައިދޭން އެދި ކަމަށް މީޑިއާތައް ބުނެއެވެ.

އޯކޭ މަޖައްލާއަށް ދައުވާ ކުރަން ގާނޫނީ ގޮތުން ކުރަން ޖެހޭ މަސައްކަތްތައް މިހާރު ކުރަމުން އަންނަ ކަމަށް ފްރިޔަންކާ އަދި ނިކް ބުނިއިރު ދައުވާއާ ބެހޭ އިތުރު އެއްވެސް ތަފުސީލެއް މީޑިއާތަކުން ހިއްސާކޮށްފައެއް ނުވެއެވެ.

މިދިޔަ މަހުގެ ފަހުކޮޅު އޯކޭ މަޖައްލާ އިން ބުނި ގޮތުގައި މިދިޔަ ޑިސެމްބަރު މަހުގެ ދެ ވަނަ ދުވަހު އިންޑިއާގައި ބޭއްވި ކުލަ ގަދަ ރަސްމިއްޔާތެއްގައި ކައިވެނި ކުރި ޕްރިޔަންކާ އާއި ނިކް ވަރިވާން ނިންމީ 36 އަހަރުގެ ޕްރިޔަންކާ 26 އަހަރުގެ ނިކް "އަނބިދަށުލާން" އުޅޭތީ ކަމަށެވެ.

އޯކޭ" މެގަޒިންގައި ޝާއިރު ކުރި ހަބަރެއްގައި ބުނެފައިވާގޮތުގައި، މި ދެމީހުންވެސް މިހާރު ވިސްނަމުން ދަނީ ވަރިވުމަށެވެ. ސަބަބެއްކަމަށް އެ މެގަޒިންގައި ބުނެފައި ވަނީ، ކޮންމެ ކަމެއްގައިވެސް ދެ މީހުން ޒުވާބު ކުރުމާއި ތަޅާފޮޅުން އޮންނާތީކަމަށެވެ.

"ކޮންމެ ކަމަކަށްވެސް ދެ މީހުން ޒުވާބު ކުރޭ، ތަޅާ ފޮޅާ މަސައްކަތުގެ ކަންކަމުގައި، އާއި އެކުގައި އުޅުމުގައިވެސް". އެ ކަންކަން ދަންނަ މީހަކު އެ މެގަޒިންއަށް ބުނެފައި ވެއެވެ.

އިތުރަށް ބުނެފައިވާގޮތުގައި، މި ދެ މީހުންގެ ވަރިވުން ވެގެންދާނީ ފައިސާ އެކަމަށް ހަރަދުވާނެ ކަމަށެވެ. އަދި ޖޮނަސްގެ އާއިލާއިން މިހާރުވެސް ޕްރިޔަންކާ ކައިރިން އެ ކައިވެނި ރޫޅާލުމަށް އާދޭސް ކުރަމުން އަންނަ ކަމަށް އެ މެގަޒިންގައި ބުނެފައި ވެއެވެ.

އަދި ޕްރިޔަންކާއަކީ ތަސައްރަފު ފުދި، ދަރިން ހޯދަންވެސް ތައްޔާރަށް ހުރި އަންހެނެއް ކަމަށް އާއިލާއިން ހީވި ނަމަވެސް، އޭނާ އުޅެމުން ދަނީ 21 އަހަރުގެ ޒުވާން އަންހެނަކު އުޅޭހެން ކަމަށް ނިކްގެ އާއިލާއިން ބުނާކަމަށް އެ މެގަޒިންގައި ވެއެވެ.

އޭގެ އިތުރަށް ޕްރިޔަންކާއަކީ ރުޅިގަދަ މީހެއް ކަމަށާއި، މިކަންކަން ކުރިން ނިކްއަކަށް ނޭގޭކަމަށްވެސް ބުނެފައި ވެއެވެ.