އިންޑިއާގެ އަސްކަރިއްޔާއިން އެޤައުމުގެ ކުޅަދާނަކަން ސާބިތުކޮށްދީ މުޅި ދުނިޔެއަށް އެކަން ދެއްކުމަށްޓަކައި ކުރި ކަމެއްގެ ސަބަބުން ނާސާގެ ޖައްވީ އިދާރާ ނުރައްކަލެއް ވެދާނެކަމުގެ ބިރު ބޮޑުވެފައިވާ ކަމަށް އެ އިދާރާއިން ބުނެފިއެވެ.

މިކަން ހާމަކޮށް ނާސާގެ އިސް ތަޖުރިބާރެއް ކަމަށްވާ ޖިމް ބްރައިޑެންސްޓައިން މިދިޔަ ހޯމަ ދުވަހު ބުނެފައިވަނީ، އިންޑިއާގެ އަސްކަރިއްޔާއިން އެޤައުމުގެ އަސްކަރީ ބާރު ދެއްކުމަށްޓަކައި ކުރި މިސައިލް ޓެސްޓެއްގައި، އެޤައުމުން ކުރިން ޖައްވަށް ފޮނުވާލާފައިވާ ސެޓެލައިޓެއް ގޮއްވާލާފައިވާ ކަމަށެވެ. މިކަމުގެ ސަބަބުން ޖައްވުގެ ތެރެއަށް ފެތުރިގެން ގޮސްފައިވާ ކުނި، ނުވަތަ ބުރުޖު ކުނީގެ ސަބަބުން އެސްޓްރޮނޯޓުންނާއި އެކު ނާސާއިން ދައުރުކުރާ ބައިނަލްއަޤުވާމީ ޖައްވީ އިދާރާ ނުރައްކަލެއްގެ ތެރޭގައިވާކަމަށް އޭނާ ވަނީ ބުނެފައެވެ.

އިންޑިއާއިން ޖައްވީ ސެޓެލައިޓެއް މިސައިލެއް މެދުވެރިކޮށް ގޮއްވާލާފައިވަނީ އެޤައުމުގެ އަސްކަރީ ބާރަކީވެސް ދުނިޔޭގެ އެންމެ ބޮޑެތި ބާރުތަކާއި އެއްހަމަ ބާރުތަކެއްކަން ހާމަކޮށްދިނުމަށްޓަކައެވެ. ނަމަވެސް އެ އަމަލުގެ ސަބަބުން ޖައްވުގައި ނުރައްކާތެރި ކުނި ގިނަވެ އެހެން ސެޓެލައިޓުތަކާއި ޖައްވީ އިދާރާއަށް ގެއްލުމެއް ލިބުމަކީ ގާތްކަމެއް ކަމަށް ނާސާގެ ތަޖުރިބާކާރުން ބުނެއެވެ.

އެފަރާތްތަކުން ބުނެފައިވާގޮތުގައި، ސެޓެލައިޓް ގޮއްވާލުމުގެ ސަބަބުން ޖައްވަށް ގިނަ ޢަދަދެއްގެ ކުނި ވަނީ ފެތުރިފައެވެ. އޭގެތެރޭގައި ދިހަ ސެންޓިމީޓަރުގެ ދަގަނޑާއި އެނޫންވެސް ބައެއް ބާވަތްތަކުގެ ބުރުޖުކުނި ހަލުވި ބާރުމިނެއްގައި ދައުރުކުރާއިރު، މިއިން ކުނިކޮޅަކުން ޖައްވީ އިދާރާގައި ޖެހިއްޖެނަމަ އެ އިދާރާއަށް ބޮޑު ގެއްލުމެއް ލިބި އެ އިދާރާގައި ތިބި އެސްޓްރޮނޯޓުންނަށް ނުރައްކާތެރި ހާލަތެއް މެދުވެރިވެދާނެ ކަމަށް ވަނީ ޤަބޫލުކުރެވިފައެވެ.

ޖައްވުގައި ދައުރުވާ ކުނި އެމެރިކާގެ އަސްކަރިއްޔާއިން ހޯދައި ޓްރެކް ކުރަމުންދާއިރު، އެފަރާތުންނ ހޯދި ހޯދުންތަކުން މިހާތަނަށް ވަނީ ދިހަ ސެންޓިމީޓަރަށްވުރެ ބޮޑޔ 24000 ބުރުޖުކުނިކޮޅު ހޯދާފައެވެ. މީގެ ތެރެއިން 3000 ކުނިކޮޅު އުފެދިފައި ވަނީ ޗައިނާއިން 2007 ގައި ކުރި އެންޓި ސެޓެލައިޓް ޓެސްޓެއްގައެވެ.

އިންޑިއާއިން ދާދިފަހުން ކުރި މިސައިލް ޓެސްޓާއި ގުޅިގެން ޖައްވުގައި ނުރައްކާތެރި ބުރުޖުކުނި ވަރަށް ބޮޑަށް ގިނަވެގެން ގޮސްފައިވާއިރު، މިކަމުގެ ސަބަބުން ކޮންމެ ދިހަ ދުވަހަކުން އެއް ދުވަހު ޖައްވީ އިދާރާއަށް ބޮޑު ގެއްލުމެއް ވުމުގެ ފުރުސަތު 44 އިންސައްތައަށް އިތުރުވެގެން ގޮސްފައިވާ ކަމަށް ނާސާއިން ބުނެއެވެ. މިކަމާއި ގުޅިގެން އިންޑިއާ އިން އަދި އެއްޗެއް ބުނެފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޙީންދޫ ބާއީ

    ތިހެން ދަމުން އަދި ރާއްޖެ އަށް ވެސް އެއްޗެއް އަމާޒު ވެދާނެ! ހަމަ މޮޅުކަން ދައްކާލަން ވެގެން!

    15
    3
  2. އިމްރާންޙާން

    ޕާކިސަތާނުން އިންޑިޔާގެރިމޯދީގެ ފެންވަރު މުޅިދުނިޔެއަށް ދައްކާލީމަ ކަޑަވެގެން މާމޮޅުބަޔެއްކަން ދައްކަންއުޅެނިކޮށް އަތަށްގޮވީ ދެއްތޯ؟ ބައްލަވާ މޯދީގެ އެއްލޯލީ ހަރުފައިގެ ބޮލަށް މިސައިލެއް ފޮނުވާލަންވީނޫންތޯ؟؟ އޭރުން ޔަގީނުންވެސް ޗަގައުމުގަ ރޭޕްކުރުންވެސް މަދުވާނެ. އެލް.އޯ.އެލް

    8
    1