ރެސްޓޯރެންޓަކުން ކާން ގެނައި ތަކެއްޗަށް ފާޑުކީ ކަސްޓަމަރެއްގެ މޫނަށް މިރުސް ފެން ޖަހައިފިއެވެ.

މި ހާދިސާ ހިނގާފައި ވަނީ، އިނގިރޭސިވިލާތުގެ ވޭލްސްގައި ހުންނަ އިންޑިއާ ރެސްޓޯރެންޓެއްގައެވެ. ކަސްޓަމަރެއްގެ ޝަކުވާތަކާއި ގުޅިގެން އޭނާގެ މޫނަށް މިރުސް ފެން ޖަހާފައި ވަނީ، އިންޑިއާއަށް ނިސްބަތްވާ އެ ރެސްޓޯރެންޓުގެ ވެރިމީހާއެވެ.

މި ހާދިސާ އާއި ގުޅިގެން ފުލުހުންގެ ތަހުޤީޤަށްފަހު މައްސަލަ ކޯޓަށް ފޮނުވާފައިވާއިރު، ރެސްޓޯރެންޓުގެ ވެރިޔާ، ކަމްރުލް އިސްލާމް ވަނީ އެކަމަށް އިންކާރުކޮށްފައެވެ.

ކަމްރުލް އިސްލާމް

މި ހާދިސާގައި އަނިޔާވި އީވާންސް ނަމަކަށްކިޔާ މީހާ ބުނީ، ކަމްރުލް އިސްލާމް އޭނާގެ މޫނަށް މިރުސް ފެން ޖެހީ ރެސްޓޯރެންޓުން ކާން އޯޑަރުކުރި ކުކުޅު ރަނގަޅަށް ކައްކާފައި ނެތުމާއި އެކު ގިނަ ދުވަސްވެފައިވާ ކަމަށް ބެލެވިގެން އެކަމާއި ޝަކުވާ ކުރުމުން ދެމީހުންގެ ދެމެދުގައި ހިނގި ދެބަސްވުމެއްގެ ތެރެއިން ކަމަށެވެ.

އީވާންސް ވަނީ، ކަމްރުލް އިސްލާމް އެކަމަށް އިންކާރު ކުރުމުން އެ ދުވަހުގެ މަންޒަރު ފެންނަ ވީޑިއޯ ފުޓޭޖެއްވެސް ހޯދައި ޢާންމުކޮށްފައެވެ. އެއާއި އެކު ކަމްރުލް އިސްލާމް ބުނެފައިވަނީ، އެ ހާދިސާ ހިނގީ އީވާންސް އާއި އޭނާގެ އަނބިމީހާ މަސްތުގެ ހާލތުގައި ތިބެގެން އިންޒާރުދީ ރެސްޓޯރެންޓަށް ގެއްލުންދޭން އުޅުމުން އެކަން ހުއްޓުވަން މަސައްކަތްކުރުމުގެ ތެރޭގައި ކަމަށެވެ.

ނަމަވެސް ޢާންމުވި ވީޑިއޯއިން ފެންނަގޮތުގައި، ކަމްރުލް އިސްލާމް އީވާންސްގެ މޫނަށް މިރުސް ފެން ޖެހީ އޭނާ ވާހަކަދައްކަމުން ދަނިކޮށެވެ. އަދި އެ ވަގުތުގައި އީވާންސްގެ މޫނު މަތީގައިވެސް ކަމްރުލް އިސްލާމް ޖަހާ މަންޒަރު ވީޑިއޯއިން ފެނެއެވެ.

މިހާދިސާގެ ތަހުޤީޤު މިހާރު ކުރިއަށްދާއިރު، ލޮލަށް މިރުސް ފެން އެޅުމުގެ ސަބަބުން އަނިޔާވި އީވާންސްއަށް ވަނީ ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހު ދޫކޮށްލާފައެވެ. އަދި އެކަމުގެ ސަބަބުން އޭނާގެ ލޮލަށް ނުރައްކަލެއް ކުރިމަތި ނުވާކަމަށް ހޮސްޕިޓަލުން ވަނީ ބުނެފައެވެ.

އިނގިރޭސިވިލާތުގައި އިންޑިއާއަށް ނިސްބަތްވާ މީހުން މިފަދަ ޢަމަލުތައް ހިންގުން އިތުރުވެފައިވާއިރު، އެކަމާއި ގުޅިގެން އެޤައުމުގެ ގިނަ ބަޔަކު ހިތްހަމަނުޖެހުން ފާޅުކުރަމުންދެއެވެ. އަދި މިފަދަ ކަންކަން ކުރާ މީހުން ވަގުތުން ޑީޕޯޓުކޮށްލުމަށް އެފަރާތްތަކުން ދަނީ ގޮވާލަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ކިޔުންތެރިޔާ

    ހަހަހަހަހާ.. އަދިވެސް ރާޖެއޭ ކިޔާ... ލޮލް

  2. އަޙުމަދު

    އިންޑިއާ. ހެހެހެ

  3. ޖޮއްބެ

    ހަހަހަހަ މިރުސްފެން.....!!!