ތިން ފަޔާއެކު އުފަންވި ޗައިނާގެ ކުއްޖާގެ ކާމިޔާބު އޮޕަރޭޝަނެއްކޮށް އިތުރުވެފައިވާ ފައި ބުރިކޮށްފިއެވެ.

ޑޮކްޓަރުން ބުނިގޮތުގައި، ކުއްޖާގެ ހަށިގަނޑުގައި ކުއްޖާގެ ފައެއް ނޫނެވެ. އެއީ އެ ކުއްޖާގެ ޕާޓިއަލީ ފޯމްގައިވެފައިވާ އެއްމާބަނޑު ދެވަނަ ކުއްޖާގެ ފައެވެ. މިފަދަ ކުދިންނަށް ޑޮކްޓަރީ ބަހުން ކިޔަނީ ޕެރަސިޓިކް ޓުވިންސް އެވެ.

އެ ކުއްޖާގެ އޮަޕަރޭޝަނަަށް 10 ގަޑިއިރު ހޭދަވިއެވެ. އުމުރުން އެންމެ 11 މަހުގެ އެ ކުއްޖާ އޮޕަރޭޝަންކޮށްފައި ވަނީ އިއްޔެގެ ވަގުތެއްގައި ޝަންހާއީގެ ހޮސްޕިޓަލަކުންނެވެ.

ޒިއާއޯ ފެއި ނަމަކަށް ކިޔާ އެ ކުއްޖާގެ މައިންބަފައިންނަށް ލިބެން އުޅެނީ ޕެރަސިޓިކް ޓުވިންސްއެއްކަން ކުރިން ނޭނގެއެވެ. އެއީ މާބަނޑު އިރު ކުއްޖާގެ މަންމަ ގިނަ ފަހަރު ހޮސްޕިޓަލަށް ދައްކާފައި ނުވުމުންކަަމަށް ޑޮކްޓަރުން ވަނީ ބުނެފައެވެ.

މިއީ ވަރަށް އުނދަގޫ އޮޕަރޭޝަނެއްކަމަށް އޮޕަރޭޝަން ކުރި ޑޮކްޓަރުން ވަނީ ބުނެފައެވެ. އެ ކުއްޖާ އޮޕަރޭޝަން ކުރެވޭތޯ ކުރިން ގިނަ ހޮސްޕިޓަލްތަކަށް ވެސް ދެއްކިއެވެ. ޑޮކްޓަރުން ބުނީ، އެ ފައި ބުރި ކުރަން ޖެހެނީ އެ ފަޔަކީ އެއްވެސް ވަރަކަށް ބޭނުން ނުކުރެވިދާނެ ފަޔަކަށް ވާތީއެވެ.

ޑޮކްޓަރުން ވަނީ ފެއިގެ ކަނާއަތު ފައިގާއި ފައިތިލާގެ ބަދަލުގައި ހުރި އަތް ތިލަ ބުރިކޮށް، މެދުގައި ހުރި ފެއިގެ އިތުރުވި ފައިގެ ހުރި ފައިތިލަ ބުރިކޮށް އެ ފައިތިލަ ބޭނުންކުރެވޭނެ ގޮތް ހަދާފައެވެ. ފެއިގެ ފައި ބުރިކޮށްފައި ވަނީ އެގޮތަށް ހެދުމަށް ފަހުއެވެ.

އަދި މީގެ އިތުރުން ފެއިގެ އިތުރު މައްސަލަތަކެއްވެސް ހުއްޓެވެ. އެއީ އޭނާގެ ހިތުގެ މައްސަލަތަކާއި، ހާނިޔާ މައްސަލައެވެ.

ފެއިގެ އާއިލާގެ ހުރިހާ ޝުކުރެއް ޑޮކްޓަރުންގެ ޓީމަށް ވަނީކޮށްފައެވެ.

 

ކިޔުންތެރިންގެ ހިޔާލު