އިސްތަށިގަނޑަކީ ވަރަށް ގިނަ މީހުން ހާއްސަ ސަމާލުކަމެއް ދީގެން ބަލަހައްޓަމުން އަންނަ އެއްޗެކެވެ. އަދި އިސްތަށިގަނޑުގެ ޒީނަތްތެރިކަމަށް ބޮޑެތި ހަރަދުތަށް ކުރާ މީހުންވެސް ދުނިޔޭގައި އެބައުޅެއެވެ. ކޮންމެ މީހަކީވެސް ރީތި އިސްތަށިގަނޑެއް އޮތުމަށް އެދޭނެ މީހެއްކަން ކަށަވަރެވެ. އަދި ބައެއް މީހުންނަކީ އިސްތަށިގަނޑު ދިގުކުރުމަށް ލޯބިކުރާ މީހުންނެވެ.

އިސްތަށިގަނޑު ކޮށުމުން އަވަހަށް ދިގުވާނެ އޭ ބުނާ ވާހަކައަކީ ތުންތުން މަތިން ވަރަށް ގިނައިން އިވޭ ވާހަކައެކެވެ. ނަމަވެސް މިކަމުގެ ހަޤީގަތް ހޯދަން ފީނާލުމުން އެނގި ހާމަވެގެންދަނީ މުޅިން ތަފާތުކަމެކެވެ. އަދި އެއީ އެއްވެސް ހަޤީގަތެއްނެތް ފްލޯކް ވާހަކައެއްކަން އަދުގެ ސައިންސްވެރިންވެސް އިއްތިފާޤުވެއެވެ.

އިސްތަށިގަނޑު ދިގުވަނީ އިސްތަށިގަނޑުގެ ބުނޑުންނެވެ. އިސްތަށިގަނޑުގެ ކޮޅު ކިތަންމެ ވަރަކަށް ކޮށިއަސް އިސްތަށިގަނޑު ދިގުވާ މިންވަރަށްބަދަލެއް ނާންނާނެއެވެ. ނަމަވެސް އިސްތަށިގަނޑުގެ ކޮޅުތައް ކޮށުމަކީ ދިގުވާ އިސްތަށިތައް ބުރިނުވެ ދިގުކަންމަތީ ބަހައްޓަން އެހީވެދޭ ކަމެކެވެ. އެއީ އިސްތަށިގަނޑު ގިނަދުވަސްވުމުން އިސްތަށިތައް ކަފިވެ ފަސޭހައިން ބުރިވާގޮތް ވުމުންނެވެ. ވުމާއި އެކު އެކަމަށް އޮތް ހައްލަކީ އިސްތަށިގަނޑުގެ ކޮޅުތަށް ކޮށުމެވެ.

އިސްތަށިގަނޑު އަވަހަށް ދިގުކުރަން ބޭނުންނަމަ އިސްތަށިގަނޑަށް ފައިދާހުރި ކާނާ ކެއުމަށް އިސްކަން ދިނުން މުހިންމެވެ. އަދި އިސްތަށިގަނޑު މަސާޖުކޮށް އިސްތަށިގަނޑުގެ ބުޑަށް ފަރުވާދިނުމަށް ތަފާތު ފަތްޕިލާވެލިން ތައްޔާރުކޮށްފައި ހުންނަ ތަކެތި ބޭނުން ކުރުމަކީވެސް ކުރެވިދާނެ ކަމެކެވެ. އަދި ނިދާއިރު އިސްތަށިގަނޑު ދޫކޮށް ބޭއްވުމަކީވެސް ކުރެވިދާނެ ކަމެކެވެ.

 

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. މ

    މާޝާﷲ ރަނގަޅު

  2. ރާއްޖެ ކުއްޖާ

    ދެން މާދަމާ ލިޔަން ވާނެ އިސްތަށިގަނޑު ކޮށުމުން އަވަހަށް ދިގުވާނެ އޭ...