އަޖޭ ދޭވްގަން އާއި ކާޖޮލް އަކީ ބޮލީވުޑްގެ ވަރަށް ގުޅޭ ދެމަފިރިންގެ ގޮތުގައި ފާހަގަކޮށްލެވޭ ދެމީހުންނެވެ. އެ ދެ މީހުންގެ ގުޅުމާއި މެދު ވަރަށް ގިނަ ބަޔަކު ތައުރީފް ވެސް ކުރެއެވެ.

އަޖޭ މި ވަނީ އޭނާގެ ކައިވެނީގެ ހަޔާތާއި އަދި ކާޖޮލް އާއި އޭނާއާ ދިމާވި ގޮތް ހިއްސާކޮށްފައެވެ.

އޭނާ ބުނިގޮތުގައި، އޭނާ އާއި ކާޖޮލް އާއި ދިމާވީ ފިލްމް ސެޓެއްގެ ތެރެއިން ކަމަށެވެ. އެތަނުން ފެނިގެން އަޖޭ ކާޖޮލް އާއި ވާހަކަދައްކަން ފެށި ކަމަށާއި، އެ ރަހުމަތްތެރިކަމުގެ ގުޅުން ވަރަށް ބޮޑަށް ރަނގަޅުވެ، ދެ މީހުން ދެމީހުންނަށް ވަގުތު މާބޮޑަށް ދެވޭހެން ހީވެގެން ދެ މީހުންވެސް ކައިވެނި ކުރަން ނިންމީ ކަމަށް އޭނާ ބުންޏެވެ.

އަޖޭ ބުނިގޮތުގައި، ދެމީހުން ކައިވެނި ކުރީ އެކަމަށް އިންނަން އެހުމަކާއި ވެސް ނުލައެވެ. އެއީ އެކަންތައް ބޮޑު ކަމަކަށް ހަދަން ބޭނުން ނުވާތީ ކަމަށާއި، ދެ މީހުން ކައިވެނިކޮށްފައި ވަނީ އަޖޭގެ ގޭގެ ޓެރަސް މަތީގައިކަމަށް އޭނާ ވަނީ ބުނެފައެވެ.

 

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ނުރަބޯ

    މަރުޙަބާ ތިދެމަފިރިންނަށް.