މަޝްހޫރު ވިޔަފާރިވެރިޔާ އަބްދުﷲ ޖާބިރު، އޭނާގެ އަނބިކަނބަލުން ކުރީގެ ބަންޑާރަނައިބު ދިޔާނާ ސައީދާއި ބައްދަލުވި ގޮތާއި، އެކަމަނާއި އާއި މެދު ޝައުގުވެރިކަން އުފެދުނު ގޮތް ވިދާޅުވެއްދައިފިއެވެ.

މިއަދު "ރާއްޖެޓީވީ" ގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން ޖާބިރު ވިދާޅުވީ ދިޔާނާ އާއި ފުރަތަމަ ބައްދަލުވީ ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ކަމަށެވެ. ދިޔާނާ ރައްޔިތުންގެ މަޖިލީހުގައި ވަރަށް މޮޅަށް ވާހަކަފުޅު ދައްކަވާތަން ފެނުމުން އެކަމަނާ އާއި ދޭތެެރޭ ޝައުގުވެރިވެ ވަޑައިގެންނެވި ކަމަށާއި ދިޔާނާ މަޖިލީހުގައި ވާހަކަދައްކަވާތަން ފެނިވަޑައިގެންނެވުމުން "މިއީތާއޭ އަޅުގަނޑު ވާހަކަދައްކާލަން ޖެހޭ ބޭފުޅަކީ" ހިތްޕުޅަށް އަރައިވަޑައިގެންނެވި ކަމަށެވެ.

ނަމަވެސް ޖާބިރު ވިދާޅުވީ ދިޔާނާ "އޯޕެންވީ ވަރަށް އުނދަގުލުން" ކަމަށެވެ.

ޖާބިރު ވިދާޅުވީ ދިޔާނާ އަރިހުން ރައްޓެހިވާންށާއި ކައިވެނި ބައްލަވައި ގަންނަވަން އެއްސެވީ ވެސް އޭނާ ކަމަށެވެ. "އެއީއެއްނު ރާއްޖޭގެ ކަލްޗާއަކީ ވެސް. އަޅުގަނޑު އެހީ. އެއީތާ މީގެ ލޯތްބަކީ ވެސް" ޖާބިރު ވިދާޅުވިއެވެ.

ޖާބިރު ވިދާޅުވީ ކައިވެނި ބައްލަވައިގެންނެވުމަށްޓަކައި ދިޔާނާ އަށް ރަނުގެ ގޮތުގައި ދެއްވި އަދަދު ހަނދާނުގައި ނެތް ކަމަށެވެ. "ވަރަށް ކުޑަކުޑަ އެއްޗަކަށް ދިޔާނާ ރަން ވިދާޅުވީ." ޖާބިރު ވިދާޅުވިއެވެ.

ޖާބިރުގެ ޕްރޮޕޯސަލްއަށް ދިޔާނާ އެއްފަހަރު ވެސް ދެކޮޅު ހެއްދެވިތޯ ޕްރެޒެންޓަރު ސުވާލު ކުރުމުން ޖާބިރު ވިދާޅުވީ ޕްރޮޕޯސަލް ދިޔާނާ ރިޖެޓް ނުކުރައްވާ ކަމަށާއި ނަމަވެސް އެހުށަހެޅުމާއި މެދު ދިޔާނާ ވިސްނައިވަޑައިގެންނެވި ކަމަށެވެ.

ޖާބިރާއި ދިޔާނާ ބައްދަލުވީ ޤާނޫނު އަސާސީ ޑްރާފްޓް ކުރަމުން ދިޔަ ދުވަސްވަރު އެވެ. އޭރު ޖާބިރަކީ ރައްޔިތުން މަޖިލީހުގެ ގއ.އަތޮޅު މެންބަރެވެ. އޭރު ދިޔާނާ ރައްޔިތުންގެ މަޖިލީހުގައި އިންނެވީ ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރައްވާ މެންބަރެއްގެ ގޮތުގައެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. އެލް ޕެޑްރީނޯ

    އޯއއވ. ރޮވިއްޖެ ? އަސަރުގަދަ ލޯބީގެ ވާހަކައެއް ❤️

    85
    14
  2. އެމް ޑީޕީ

    އަޅެފަހެ ތު ޖާބިރު ހަމަތަ؟؟؟؟ ހެހެހެހެހެހެހެހެހެ.!!!!!!!!!!!!!!!

    49
    28
  3. ތުރާ

    ކާށިދޫ ގާފަރު ކޭބަލްކާރު ޕިސް ޕިސް ޕިސް.......

    48
    7
  4. މެގީހިލް

    ޖާބެ ސަޅިވާނެ

    36
    5
  5. އަސަރު

    ޖާބިރު ދިޔާނާގެ ލޯބީގެ މައްޗަށް އަހަރެން ފިލްމެއް ހަދަން ބޭނުންވޭ

    70
    4
  6. ބުއްދި

    ދިޔާނާ މީހާ އިންދެގެން ހުއްޓާނޫންތޯ ޖާބިރު އެތަނަށް ވަނީ، އަޅޭ ކީއްވެ މި ސުވާލު ނުކޮށްލީ ހިންގާ މި ސުވާލު ޖާބިރު އާއި ކޮށްލަން،، ޖާބިރު ކަހަލަ މީހަކާ ދިޔާނާ ކަހަލަ ބޭފުޅަކާ ކައިވެނިކޮށްގެން އުޅޭނީ ކިހިނެއް ކަން ވެއްޖެ ބަލާލަން

    75
    10
  7. Anonymous

    އަހަރެން އެންމެ ލޯބިވަނީ ދަރިންދެކެ. ދަރިންނަށް ރަނގަޅުގޮތާއި، ވަޒީފަޔާ ރަނގަޅު ތަޢުލީމު ދިނުމަށް ބުރަމަސައްކަތް ކުރަނީ. މި ބޭފުޅާ މިހާމަޝްހޫރުވެ ފައިސާގިނަވެގެން ކާށިދޫ ދާއިރާގެ މީހުން ކޭބަލްކާރުގައި ދަތުރުކުރުވާއިރު މިބޭފުޅާގެ ދަރިންގެ ޙާލު ހުރީ ކިހިނެއްބާ

    53
    5
  8. Anonymous

    ??????

    22
    4
  9. ޢެދުރުބެ

    ޙިތްހަލާކުވެއްޖެ.

    10