ފަގީރު އާއިލާތަކުގެ ކުދިންނަށްވުރެ، މުއްސަނދި އާއިލާތަކަށް ނިސްބަތްވާ ކުދިން ފަލަކަމަށް ދިރާސާއަކުން ދައްކައިފިއެވެ.

މި ދިރާސާ ކުރެއްވި ފަރާތްތަކުން ވިދާޅުވާ ގޮތުގައި މިހެން ދިމާވާ މައިގަނޑު ސަބަބަކީ، ދެވަނަ ބޮޑު ހަނގުރާމައަށްފަހު ދުނިޔޭގައި 'ޖަންކު ފުޑް' އަގު ހެޔޮވުން ކަމަށެވެ. އަދި މިކަމުގެ ސަބަބުން ދިރިއުޅުމުގެ ވައްޓަފާޅިއަށް އައި ބަދަލުގެ ސަބަބުން ކަމަށެވެ.

އިންގްލޭންޑް، ސްކޮޓްލޭންޑް އަދި ވޭލްސްއަށް ނިސްބަތްވާ 56000 ކުޑަކުދިން ހިމަނައިގެން، ލަންޑަންގެ ޔުނިވާރސިޓީއަކުން ކުރިއަށް ގެންދިޔަ މި ދިރާސާގައި، އެކުދިންގެ އިސްކޮޅާއި ބަރުދަނަށްވެސް ވަނީ ބަލާފައެވެ. އަދި އާމްދަނީ ހޯދުމަށް އެކުދިންގެ ބައްޕަމެން ކޮށް އުޅެނީ ކޮން މަސައްކަތެއްތޯ ވެސް ވަނީ އޮޅުން ފިލުވާފައެވެ.

މި ދިރާސާގެ ނަތީޖާ ދައްކާ ގޮތުން، މުއްސަނދި އާއިލާތަކަށް ނިސްބަތްވާ ކުދިން އިސްކޮޅުން ކުރުވެފައި، ބޮޑީ މާސް އިންޑެކްސް (ބީ.އެމް.އައި) އެ ނޫން ކުދިންނަށްވުރެ ބޮޑެވެ.

"މި ކަމަށް ހައްލެއް ގެނެވޭނީ ކުޑަކުދިން ކައި މި އުޅޭ ލުއި ކާނާ ތަކުގައި ހަކުރުގެ ނިސްބަތް މަދުކޮށް، އެފަދަ ތަކެތި ކެއުމުން މާބަނޑުމީހުން ދުރުކޮށްގެން. މާބަނޑުއިރުވެސް މި ފަދަ ތަކެތި ބޭނުން ކުރެވުމުގެ ސަބަބުން ގިނަ ކުދިން އުފަންވާއިރުވެސް ހުންނަނީ ހުންނަންޖެހޭ ވަރަށް ވުރެ ފަލަކޮށް." މި ދިރާސާ ކުރެއްވި ފަރާތްތެއް ވިދާޅުވިއެވެ.

ޔޫ.ކޭގައި އުމުރުން 11 އަހަރުން ދަށުގެ ކުދިން ތަކުގެ ތެރެއިން، ތިން ބައި ކުޅަ ކުދިންނަކީ އޮބޭސިޓީގެ މައްސަލަ ކުރެމަތިވެފައިވާ ކުދިންކަމަށް ރިޕޯޓްތައް ބުނެއެވެ.