ކުރީގެ ނައިބު ރައީސް އަހްމަދު އަދީބުގެ އުފަންދުވަސް ފާހަގަ ކުރުމުގެ ގޮތުން މަޝްހޫރު ލަވަކިޔުންތެރިޔާ އަހްމަދު އިބްރާހިމް (އައްމަޑޭ) މިއަދު ހާއްސަ ލަވައެއް މީސް މީޑިއާގައި އާއްމުކޮށްފިއެވެ.
މޯލްޑިވިއަން އައިޑޮލްގެ ފަނޑިޔާރެއްގެ ގޮތުގައި އާއްމުންގެ ބޮޑު މަގުބޫލް ކަމެއް ހޯދާފައިވާ އައްމަޑޭ އަކީ އަދީބުގެ ސަޕޯޓަރެކެވެ. މީގެ ކުރިން ވެސް އަދީބު މިނިވަން ކުރުމަށް ގޮވާލާ އައްމަޑޭ މީސް މީޑިއާގައި ވާހަކަ ދައްކާފައިވެއެވެ.
މިއަދު ފާހަގަކުރަމުންދާ އަދީބުގެ އުފަންދުވަހާއި ގުޅުވައިގެން އައްމަޑޭ އާއްމު ކުރި ލަވައަށް ފަހު އޭނާ ބުނީ އަދީބު މިނިވަންކުރަން ގޮވާލާ ކަމަށާއި، ބްރޯ މަތިން ހަނދާންވާ ކަމަށެވެ.
https://twitter.com/AmmadeyIdol/status/1116392164848619520
އަދީބު، ކުރީގެ ރައީސް ޔާމީންގެ ކެބިނެޓްގައި ހުންނެވި ދުވަސްވަރު އަދީބުގެ އުފަން ދުވަސް ވަރަށް ކުލަގަދަކޮށް ފާހަގަކޮށްފައިވެއެވެ. އޭރު އަދީބުގެ އުފަން ދުވަސް ފާހަގަ ކުރުމުގައި ޔާމީނާއި ވަޒީރުންނާއި ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރުން ވެސް ބައިވެރިވެފައިވެއެވެ.
މިއަދު އަދީބުގެ އުފަން ދުވަސް ފާހަގަ ކުރަމުން ދާއިރު މިއީ އަދީބު 2015 ވަނަ އަހަރު ހައްޔަރު ކުރި ފަހުން އޭނާގެ އުފަން ދުވަސް ފާހަގަ ކުރާ ހަތަރު ވަނަ ފަހަރެވެ. މީގެ ދެހަފްތާއެއްހާ ދުވަސް ކުރިން ގޭބަންދަށް ބަދަލު ކުރި ގޮތައް އަދީބު ހުންނެވީ މިހާރު ގޭބަންދުގައެވެ.
އަދީބުގެ މައްޗަށް ގިނަ މައްސަލަތަކެއްގައި މިހާރު ވެސް ޙުކުމް ކޮށްފައި ވާއިރު، އޭނާގެ މައްޗަށް ދައުވާ ކުރާ އެތައް މައްސަލައެއް ޝަރީޢަތުގައި ވެސް އެބައޮތެވެ.
އުފަންދުވަސް ފާހަގަކުރުމަކީ މުސްލިމުންގެ ކަމެއްނޫން. މިފެންނަނީ ވަރަށްބޮޑެތި ކަންކަން.
މިނިވަން ކަމޭ ކިޔައިގެން އަނގަ ހުޅުވުމުގެ ކުރިން ކަލޭމެން ހަވާނަފްގެ އަޅުވެތިކަމުން އަމިއްލަ ނަފްސް މިނިވަން ކިރެވޭތޯ ބަލަން ކީއްތަ!
ކިހާދެރަކަމެއް ތިއަންމަޑޭ ބަލައިގަންނަ މީހުން ނިސްބަތުން މިގަވްމުގައި ދަނީ މަދުވަމުން..04 އިމާމުން އިގްތިފާގުވޭ މިއުޒިކް އެއީ ކަނޑައެޅިގެން ހަރާމް އެއްޗެއްކަން..ވީއިރު 100 އެއްހާ ޕާޓޭން އަދިބު ދޫކޮއްލަން ގޮވިކަމަކު ނުޖެހޭނެ ދޫކުރާކަށް..އަދީބަކީ ސިޔާސީ ގޮތުން އޮއްޓަރެއް ހުރި މީހެއް ނޫން..އޭނައަކީ ކުއްވެރިއެއް..ބޮޑު ބޮޑު ނުރައްކާތެރި ކުއްވެރިއެއް..ތިފަދަ ޖަރީމާ ހިނގާ މީހުންނަށް މިފަހަރު މަޖިލީހުގައިވެސް ނާކާމިޔާބު. މިސާލަކަށް ޑްރަގް ވިއްކާކަމަށް ތުޙުމަތުކުރެވޭ ފަލާޙް، ނ އަތޮޅުން ޔާމީން..
ލަނޑަޔާ ވާނީ ލަނޑަޔާ..! ދައްޖާލުގެ އުފަންދުވަސް ފާހަގަ ކުރާނީވެސް ދައްޖާލުން..!
އަދީބު އަތުން މިލިއަނުން ދައުލަތުގެ ލާރިގަނޑު ދަވާލައިގެން ތިބި ގޭންގުތައް މީ. މި މީހުން އަބަދު އުޅެނީ އަދީބު މިނިވަންކޮއްފަ ޕާޓީ ނުކުރެވިގެން..
މީ ގޭންގް ސްޓާރުން ދޯ މިމެން ކުރިއަށް ނެރެގެން އުޅެނީ ހޯރަފުށި ޚަލީލް މެންނޭ މީ ދެން ކޯއްޗެއްތޭ މިއުޒިކްގެ ދުނިޔޭގައި މީ ހައްޕުނު ނޫންތޭ ތަމެން ބްރޯ ލައިގެން ހަލާ ބަލަ ދެން އެކޮއި ހަލާ ހަލާ ހަލާ ހަލާ ގެޓް ދަ ޕޮއިންޓް. ގުޑް ގުޑް. ޔޫއާރ އޯލްރެޑީ ޓޯރން...
އައްމަޑޭވެސް މީ އަދީބުގެ ބާރުގައި އައިޑަލްއަށް ލީމީހެކެވެ. މިޤައުމުގައި ވައްކަން ކުރާމީހުންނަށްކަށް ޖާގައެެއްނެތެވެ. ރައްޔިތުންގެ މުދާ ނަހަމަ ގޮތުގައި ބޭނުންކުރި އެއްމެންވެސް ޖެހޭނީ ޖަލުގައި އޮންނާށެވެ.
ތީމިހުން ބަލައި ގަންނަ މީހެއް ނޫން!! ނިކަންބަލާބަލަ މީހާ ހުރި ވައްތަރު، ނަމެއްގަ މުސްލިމެކޭ ބުންޏަސް އަދި ނުފުދޭ ، އަމަލުންވެސް ފުރިހަމަ މުސްލިމެއްކަން ސާބިތު ކޮށްދޭންޖެހޭނެ!! މިމީހުން ހިތުން މަރެއްވެސް ނުވާނެ، އަބަދުގެ އަބަދަށް އުޅެވޭނެ!! މިއުޒިކަކީ ކަނޑައެޅިގެން ޙަރާމް އެއްޗެއް، އެއިން ހޯދާ ފައިސާވެސް ޙަރާމްވާނެ، ޤިޔާމަތް ދުވަހުން ސުވާލުކުރެވޭނެ، ޖަވާބުދާރީ ވާންޖެހޭނެ، އެދުވަހުން ކީކޭބާ ބުނާނީ!!! ﷲ ގެ ޢަޒާބު ނުހަނު ގަދަފަދަވާނެ،
سبحان الله ، الله أكبر ، االله أكبر
މީނަ އިންސާނަކަށްވުރެ ޖނވާރކ މާ ވައްތަރު. މީ ހަގީގަތް. ގަބޫލު ކުރުމާ ނުކުރުން އަދި އެއީ އެހެން ކަމެއް.
އައްމަޑޭއަކީ އެއްމެ ހަޑިކޮށް ލަވަކިޔާމީހާ