ރިހިރޭތަކުން އާވީ އޭރުގެ ހަނދާންނޭ

އުފަލާއެކީ ލޯބިން އުޅެވުނު ޒަމާނޭ

ރާއްޖޭގެ ގިނަ ބަޔަކު އަދިވެސް ޤަބޫލުކުރާ ގޮތުގައި ދިވެހިރާއްޖެ ދުށް ރަންއަޑުގެ ވެރިއަކީ އަލީ ރަމީޒެވެ. އޭނާގެ އަޑުގެ ޖާދޫގައިޖެހި، އެތައް ބަޔަކު ވަނީ ލަވައިގެ ދުނިޔެއަށް ޣަރަޤުވެފައެވެ. މާޒީގެ އެތަކެއް ހަނދާންތަކެއް އައު ކުރުމާއި، ދިރިއުޅުމުގައި ދިމާވާ އެތައް ކަމަކާއި ގުޅޭ އެތައް ވާހަަކަތަކެއް އެ ޖާދުވީ އަޑުން ވަނީ ކިޔައިދީފައެވެ.

އަލީ ރަމީޒުގެ އަޑުގެ މައްޗަށް ކުރި ހޯދުމަށް ނިކުތް އެއްވެސް މީހަކަށް އެކަން ކާމިޔާބު ވެފައި ނުވާ ކަމީ ފެންނަންއޮތް ހަޤީޤަތެކެވެ. އެތަށް ޒުވާން އަންހެން ކުދިންނެއް ވަނީ އޭނާގެ އަޑުގެ މަސްތުގައި ވަނީ ޖެހިފައެވެ.

އަލީ ރަމީޒު ލަވައިގެ ދުނިޔޭގައި ހޭދަކުރި ރަންޒަމާނުގައި އޭނާގެ ސަޕޯޓަރުންނާއި ފޭނުން ވަރަށް ގިނައެވެ. ބައްދަލުކޮށް ވާހަކަ ދައްކާލަން ބޭނުންނުވާ މީހަކު ނެތެވެ. އެކުގައި ފޮޓޯ އެއް ނަގާލަން ބޭނުންނުވާ މީހަކު ނޫޅެއެވެ. ރާއްޖޭގެ ކޮންމެ ތާކު ޝޯއެއް ބޭއްވިޔަސް އެ ޝޯ ބަލަން ދާ މީހުން އެހާމެ ގިނައެވެ.

އާއްމުންގެ ތެރޭގައި މަޤްބޫލުކަން ހޯދި ފްރީޒް ބޭންޑް ގެ އެއް ހިއްސާދާރަކީވެސް އަލީ ރަމީޒެވެ. މިއުޒިކް އާއިލާއެއް ގޮތުގައި މަޝްހޫރުކަން ހޯދި އެ އާއިލާގައި ހިމެނޭ އިބްރާހިމް ރަމީޒާއި ރާފިޔަތް ރަމީޒާގެ އަޑުގެ ޖާދޫގައި ޖެހުނު މީހުންނެއްވެސް މަދެއް ނޫނެވެ.

ލަވައިގައި ޅެންވެރިޔާ ބުނާ ގޮތުން އެއީ “އޭރުގެ ހަނދާނެވެ”.މިއަދު ޒަމާން ބަދަލުވެއްޖެ އެވެ. އަލީ ރަމީޒަކީ މިއަދު މުޅިން އެހެން ޝަހުޞިއްޔަތެކެވެ.

”އުފަލާއެކީ އުޅެވުނު ޒަމާން“ ބަދަލުވެ، އޭނާގެ ހުރިހާވެސް ވަގުތެއް މިހާރު ހުސްކޮށްފައިވަނީ ދީނީ ކަންކަން ކުރިއެރުވުމަށެވެ. އަލީ ރަމީޒަކީ ސަލަފް ޖަމްޢިއްޔާގެވެސް ވަރަށް އިސް ބޭފުޅެކެވެ. ލަވައިގެ ބަދަލުގައި އިބްރަތްތެރި އެތައް ވާހަކަތަކަކާއި ނަޞޭހަތްތަކެއް ހިމެނޭ އެތައް މަދަހަ ތަކެއް ވަނީ އާއްމުންނާއި ހަމައަށް ގެނެސްދީފައެވެ.

ދީނީ އެކި އެކި ޕްރޮގްރާމުތައް ހުށަހެޅުމާއި، މުހިއްމު އެތައް މައުލޫމާތުތަކެއް ގެނެސްދިނުމުގައި އެއީ ނަމޫނާއެކެވެ. އަލީ ރަމީޒަކީ އިމާމެއްވެސް މެއެވެ. އެންމެ ގިނަ ބަޔަކު އެންމެ އަޅައިގަތް ބަންގީގެ އަޑުގެ ވެރިއަކީވެސް އެއީއެވެ.

އަލީ ރަމީޒަށް އައި މި ބަދަލާއި އެކު އެތަށް ބަޔަކު ވަނީ އޭނާ އަށް ތައުރީފު ކޮށްފައެވެ. އަދި ރާއްޖޭގައި އުފެދުނު އެތައް ލަވަކިޔުންތެރިންނެއްވެސް ވަނީ އަލީ ރަމީޒާއި އެކު އެ މަގު އިޚްތިޔާރުކުރައްވާފައެވެ.

ކޮންމެއަކަސް ދިވެހިންގެ ތެރޭގައި އަލީ ރަމީޒަށް އޮތް މަޤްބޫލު ކަމަކަށް މާބޮޑު ބަދަލެއް ނާދެއެވެ. އެ އަޑަކަށްވެސް ބަދަލެއް ނާދެއެވެ. ހަމައެކަނި ބަދަލުވީ އެ އަޑުން ގެނެސްދޭ ވާހަކަ ތަކެވެ. ދިރިއުޅުމަށް ކުރާ މަސައްކަތެކެވެ. އަދި ރާއްޖޭގެ އެކި ހިސާބުތަކަށް ކުރި ދަތުރުތަކުގެ މަޤްޞަދެވެ. އޭރު ދިޔައީ މުނިފޫހިފިލުވައިދޭށެވެ. މިއަދު އެ ދަނީ މީހުން ހޭލުންތެރި ކުރާށެވެ. ގެންގުޅުނު ސްޓައިލެވެ. ބަދަލުވީ އެ ވާހަކަތައް ރައްދުވާ އޯޑިއަންސް އެވެ.

ފްރީޒް ބޭންޑުގެ ނަން ބަދަލުވީ ފްރީޒް ބްރޭންޑަށެވެ. ފްރީޒް ބޭންޑެކޭ އެއްގޮތަށް ފްރީޒް ބްރޭންޑްވެސް ވަނީ އާއްމުގެ ބޮޑު މަޤްބޫލުކަމެއް ހޯދާފައެވެ. އެ ބްރޭންޑްގެ މަސްޕެކެޓާއި މަސް މިރުހަކީ ހުރިހާ ގޭގޭގެ ކާގެ މޭޒުމަތިން ޖާގަ ހޯދި ބްރޭންޑް އެކެވެ.

ލަވައިގެ ދުނިޔޭގައި، އިޝްޤާއި ޖަޒުބާތު އެކުލެވޭ އެތައް ލަވަތަކެއް ގެނެސްދިން އަލީ ރަމީޒުގެ އަޑު މިއަދު މި ވަނީ ދީނީ މައުލޫމާތު ފޯރުކޮށްދިނުމާއި، ޤުރުއާން ކިޔެވުމާއި ބަންގީގެ އަޑަށް ބަދަލުވެފައެވެ.

ޒަމާންބަދަލުވެ، އޭރުގެ ހަނދާންތައް މާޒީއާއި އެކުވީއެވެ.

ކިޔުންތެރިންގެ ހިޔާލު

36 ކޮމެންޓް

  1. އަޙްމަދް

    މިކަލޭ ގެ އުޅުން މީހާރު ބަދަލުވެފައި ވަނީ ކުރީގެ އޫޅުމަށް ވެރެ މާ ނުރައްކާ ނުބައިވެގެންވާ އުޅުމަކަށް ށެވެ!
    ސަބަބަކީ ދީނުގެ އިލްމު ލިބިފައިނުވާޙާލު ދައްނަ އަޅުވެރިޔަކު ކަމުގައި ހެދިގެން މީސްތަކުންގެ މަޝްހޫރުކަން ހޯދަން އުޅުމަކީ ކުރީގެ ޙާލަތަށް ވުރެ އަދި މާނުރައްކާ ނުބައިވެގެންވާ ހާލަަތެކެވެ!

    24
    468
    • ފަރުހާދު

      ޙަސަދަވެރިވިޔަސް ތީދެން ބޮޑުވަރު.ﷲ ކަލެޔަށް ހިދާޔަތް ދައްކަވާށި

      170
      4
    • ރައްޔިތުމީހާ

      ތިހެން ތިބުނާ މީހަކަށްވުރެ ނުބައި ޖާހިލަކުނުވޭ. ﷲގެ ހިދާޔަތަށްވުރެ މަތިވެރި ހިދާޔަތެއްނުވެ.

      139
      1
    • އައްޔަ

      ދެން ހަޖަމްކޮށްލާ!

      87
      1
    • މނޒ ނައީމު ދަރި

      ދީނުގެ ރަނގަޅު އެއްވެސް މައުލޫމާތެއް ހޯދާނަމޭ ހިތަށްވެސް ނާރާ ކަލޭ ތިއުޅެނީ ހާދަހާވާ ރަނގަޅަކަށޭ ދޯ. މީހަކު އިސްލާމްދީނަށް އުޅެވޭތޯ މަސައްކަތް ކުރާތަން ފެނިއްޖެއްޔާ މިމީހުން ހިތަށް ހާދަ އަސަރެކޭ ކުރަނީ.

      123
      3
    • ޢަލިބެ

      ދީނީ ޢިލްމު ލިބިގެން ތިބިމީހުންނަށް ޢަލީ ރަމީޒު ކޮށްދޭވަރުވެސްނުވޭ. ކަލޭވެސް ތިހިރީ އެހެންނު.

      57
      1
  2. ައާމިނާ

    މިގޮތަށް ހުރިހާ މިއުޒިޝަނުންނަށް ވެސް މާތްﷲ ހެޔޮވިސްނުން މިންވަރު ކުރައްވާށި
    ޚާއްސަކޮށް އެޑިޔުކޭޝަންގެ ވެރިން އަދި ސްކޫލްތަކުގެ އިސްވެރިން

    358
    9
    • ކިނބިދޫ

      މިއުޒިކުން ސަލާމަތްވީމަ ނިމުނީ ދޯ އަދަބުއަޚްލާޤް ކޮންމެ ގޮތަކަށް ހުއްޓަސް. ދިވެހިރާއްޖެ މިއަދުމިދެކެނީ ތާރީޚުގަވެސް އެންމެ އަޚްލާޤް ދަށް ދުވަސްވަރު

      50
      9
  3. އަހްމަދު

    އިންސާނާގެ ހަޔާތުގެ ހުރިހާވެސް ހިންހަމަޖެހުމަކީ ނެތުމުގެ ތެރެއިން އަހަރުމެން އުފެއްދެވި އިލާހަށް އަޅުވެތިކަން އަދާ ކުރުމުން، މީސްތަކުންނާއި އަމުރުވެރީންނާއި އަދި ވެސް އަޅުވެތިވެވޭ ބާޠިލް ފަރާތްތަކުގެ އަޅުވެތިކަމުން ސަލާމަތްވެ މިނިވަންކަން މަތީ ހައްޤު އިލާހަށް ހައްޤު ގޮތުގައި އަޅުކަންކުރުމުން މިއުޒިކާއި،ލަވަޔާއި އަދިވެސް މިފަދަ ޝައިތާނާގެ ކުޅިވަރުތަކުގެ މައްޗަށް ގަދަވެގަނެވޭނެ...

    175
    6
  4. ނާހިދާ

    ޢަލީރަމީޒު އެއީ މި ދިވެހި ބިންމައްޗަށް އައި ނަމޫނާ މީހެއް

    289
    12
  5. އިފާ

    ޢައިލަވް އަލީރަމީޒް ސޯމަޗް. ގްރޭޓް ޕާސަން

    179
    8
  6. ޒުހު

    މާޝާﷲ

    240
    7
  7. 1111

    ”އުފަލާއެކީ އުޅެވުނު ޒަމާން“ ބަދަލުވެ، އޭނާގެ ހުރިހާވެސް ވަގުތެއް މިހާރު ހުސްކޮށްފައިވަނީ ދީނީ ކަންކަން ކުރިއެރުވުމަށެވެ."
    މީގެ މާނައަކީ ކޮބާ؟ މިހަރު އޭނާ އުޅެމުންދަނީ އުފަލުގައެއް ނޫނޭ ތޯ؟
    އެހެންވިއްޔާ ތިމީހުން ތިބުނާ އުފަލަކީ ހަވާނަފްސާއި ޝައިޠާނާގެ މަގު ދޯ! ދުނިޔޭގެ ވަގުތީ އުފާ ދޯ! ދުނިޔެމަތީގައި އޮތް ހަޤީޤީ އުފަލާއި އާޚިރަތުގައި ލިބެންއޮތް ދާއިމީ އުފަލަކީ އޮތް އެއްޗެއްކަން ނޭގުނުތާ!

    183
    12
  8. ރީޝާ

    ޢަސްލުވެސް އަލީރަމީޒަކީ ހަމަ ނަމޫނާ ބޭފުޅެއް. ޢަޅުގަނޑަށް އަލީރަމީޒު ލިބުނު ނަމައޭ ހިތަށް އަރާ

    136
    13
    • ޗިކަން

      ކިހިނެއްވީ މިހާރުގެ ހަޒްބަންޑް ގޯހީތަ

      33
      2
      • ރީޝާ

        މިހާރުގެ ހަޒްބޭންޑް އަށް ވުރެ ރަނގަޅު.. މިހާރު ގެ ހަޒްބޭންޑް ވެސް ގޯހެއްނުން... ހަމަ ވަރަށް ރަނގަޅޫ

        17
        1
  9. ކެނެޑީ

    ކުރީގަ ވަރަށް ސަޅި، މިހާރު ވަރަށް ކަޑަ.

    19
    286
    • ފަޒީ

      ކުރިޔަށްވުރެ މިހާރު މާ ސަޅި

      50
      2
  10. ާކސދ

    ޫއަލިިިިިިިިި ރަމިިިިިޒު ވަރައް ?

    115
    8
  11. ޜިފާ

    ޢަދިވެސް އަހަންނައް އަލީރަމީޒު އާއި ބައްދަލެއް ނުވި،އަހަންނަކީ އަލީ ރަމީޒްގެ ސަޕޯޓަރެއް އެއިރުވެސް އަދި މިހާރުވެސް،،،،

    121
    5
  12. ޜާޝިދު

    ޢެމީހެއްގެ ނަމޫނާ ކޮޕީ ކުރުމަށް މިހާރު މި ދިވެހި ވުޖޫދުގައި ހުރި ލާމަސީލު ނަމޫނާއެއް އަލީރަމީޒުއަކީ. ދެގޮތެއްނުވެ ދީންމަތީގައި ގާއިމުވެގެން ހުރި ބޭފުޅެއް. ރުޅި އަންނަބަޔަކު ރުޅި އަންނަންވީ ހަސަދަވެރިވާ ބަޔަކު ހަސަދަވެރިވާންވީ. ކުރާނެކަމެއްނެތް. ވަރަށް އެކުވެރި ބޭފުޅެއް. މިކަން އަޅުގަނޑަށްވެސް އެނގުނީ އޭނައާ ވާހަކަ ދައްކާލި ދުވަހު.

    60
    1
  13. އަޙްމަދް

    ކޮމެންޓް ތަށް ކިޔާލުމުންވެސް އެނގޭ އަލީ ރަމީޒު ބޭނުންވާކަން ތަށް އޭނާ އަށް ޙާސިލުވާކަން
    އެއީ މީސްތަކުންގެ އަގެއް ނެތް މަދަޙަ އާއި ޘަނާގެ ބަސްތަކެވެ!
    ޙަޤީގަތުގައިވެސް ތިމީހާއަކީ މަޝްހޫރުކަން ހޯދަން ދަހިވެތިވފައިވާ މީހެކެވެ
    މި އިންސާނަޢަކީ އުނގަންނާ ދޭން ޖެހިފައިވާ ޖހލ ކެވެ.

    6
    75
  14. ރިހިރޭ ތަކުން

    ތިޔަ މީހުންނަށް ކިޔަނީ މިއުޒިކް ޝޭހުން.

    6
    67
  15. ފސ

    މި އާޓިކަލް ލިޔުނު މީހާގެ ނަޒަރުގައި އުފަލާއެކީ އުޅެވުނު ޒަމާން ކަމަށްވަނީ ހަރާމް ކަމެއްގައި މަސްއޫލްވެ އުޅުނު ޒަމާން. ސުބުޙާނަﷲ .
    އުފާ އޮތީ ޢާހިރަތް ހޯދަނއ މަސައްކަތް ކުރާ އިންސާނަކަަށް!

    51
    2
  16. ހަޤީގަތަކީ

    އަދިވެސް ސިއްރުން މަދު މަދުން އެ ސޮރު އެކަން ކުރާކަށް

    4
    68
  17. ށައީ

    ރީތި އިބުރަތްތެރި ލިޔުމެއް!!

    41
    3
  18. އަހްމަދު

    އަލީ ރަމީޒަށް މާތްﷲ ހެޔޮ ރަހްމަތް ލައްވާށި! އާމީން!

    67
    2
  19. Anonymous

    މީގެ ކޮންމެ މީހަކުވެސް އުޅޭނެ ގޮތަކށް އުޅެފަ ލާރި ގަންޑު ލިބުނީމަ ދެން ހުދު ހެދުން ލައިގެން ކާފޫރު ގަންޑަކަށް ވެގެން އުޅޭނީ. ސަނ ށިޔާމް ސަންލޭންޑް ނަޒީރް ލެމަން ގްރާސް އާތިފް ........

    5
    49
    • Anonymous

      ހެޔޮ ވިސްނުން ލިބުނިމަ ތައުބާ ވީމަ އެނިމުނީ.. ތައުބާ ވުމަށް ފަހު ޕާސް އެއީ ހަމަ ޕާސްޓް..

      26
      1
    • ޝަފާ

      ތިޔަ މިސާލު ޖެހި މީހުންނާ ކޮންގޮތަކުންބާ އަލީ ރަމީޒު އެއްގޮތްވަނީ؟މީހެއްގެ ހަގީގަތް ނޭންގިހުރެ އެހެން މީހުންނާ އެއްވަރުކޮށް ބަދުބަސް ބުނުމަކީ ވަރަށްވެސް ދެރަ ލަދުވެތި ކަމެއް، އަމްދުން ތިމާމީހާގެ ފެންވަރު ނުވިސްނިހުރެ....

      24
      2
  20. ރމ. ރިފޫ

    އަލީ ރަމީޒަށް ހެޔޮ ވިސްނުން ދެއްވި އިލާހުގެ މަތިވެރިކަމާއެވެ. އަލްހަމްދުލިއްލާހް. ޖަޒަކަﷲ އަލީ ރަމީޒް. އިންޝާﷲ ތިގޮތުގައި ދެމި ހުންނަތި.

    32
    2
  21. ރމ. ރިފޫ

    ރިޔާ ކައިރި ބުނެލަން އޮތީ ހަމަ އެންމެ ވާހަކައެއް.. އަލީ ރަމީޒް މިސާލެއްގެ ގޮތުގައި ބަލައިގެން އަލީ ރަމީޒް މިހާރު އެ އުޅުއްވާ ގޮތަށް އުޅުއްވާށޭ.

    26
    1
  22. ޔޫސޭ

    އައްޔައަށް ހެޔޮ ރަޙްމަތް ލައްވާ ސާބިތުކަން ދެއްވާށި.
    "ފަޅުރަށަކަށް ދޭ ހަނދުވަރުގެ ރީތިކަން އެނގޭނީ އެވަގުތު އެތާންގަ ހުންނަމީހަކަށް"
    ހަމަ އެ އުސޫލުން ﷲގެ ދީނުގަ ހުރި ލައްޒަތާ ފޮނިކަން އިޙްސާސް ކުރެވޭނީ އެދީނަށް ފުރިހަމައަށް އުޅެން މަސައްކަތް ކުރާ މީހަކަށް.
    އަލްޙަމްދުﷲ.
    ﷲގެ ދީނުގަ ސާބިތުވުމުގައި ހުރި މޮޅުކަމާއެވެ.

    27
    2
  23. ކައުންސެލަރު

    ރީތި! އަބަދުވެސް ރީތި!

    16
    1
  24. ނަދާ

    އަލީރަމީޒު އަސްލު އެހާ ބޭނުމެއް ނުވާނެ މިފަދައިން އޭނައާށް ހުޝާމަދު ކުރާކަށް. އޭނައެއް ނޫޅޭ ތިޔަ ނޫސްވެރިންގެ ހުޝާމަދު ބޭނުން ވެގެންނެއްވެސް. އޭނައަކީ އެއަށްވުރެ މާ ހިތްތިރި މީހެއް.

    35
    1
  25. މަރީ

    އަދިވެސް ދީނީނަސޭ ހަތްދޭން ރަށްރަށައްޒިޔާރަތްްްްްްްްްްްްް ކޮށްލަބަލަ އޭރުން އަދި ވަރަށް އުފާވާނެ