ޕާކިސްތާނުގެ ވަފަޤު އުލް މަދަރިސް އިން މިދިޔަ 30 އަހަރުގެ ތެރޭގައި މިލިއަނަކަށްވުރެ ގިނަ ހާފިޒުން އުފައްދައިފިއެވެ. އެ މަދަރުސާއިން މި އަހަރު މިހާތަނަށް 78000 އަށްވުރެ ގިނަ ކުދިން ވަނ ދަރިވަރުވެީ ގުރުއާން ހިތުދަސްކޮށް ހާފިޒުންނަށް ވެފައެވެ. މިއީ ދުނިޔޭގެ ރެކޯޑެއް ކަމަށް ވަފަޤު އުލް މަދަރިސް ބުނެއެވެ.

އެ މަދަރުސާއިން 1982 ވަނަ އަހަރު އުފެއްދި ހާފިޒުކަމުގެ ޓެސްޓަކާއެކު އެއް މިލިއަން ކުދިން ހާފިޒް ކަމުގެ ސަނަދު ހޯދާފައިވާކަަމަށް، އެ މަދަރުސާގެ ސެކްތެޓަރީ ޖެނެރަލްގެ މަޤާމު އަދާކުރަމުންދާ، ގާރީ ހަފީޒް ބުންޏެވެ.

މި އަހަރު މިހާތަނަށް 78000 އަށްވުރެ ގިނަ ކުދިން ހާފިޒުންނަށްވިއިރު، އޭގެ ތެރެއިން 14000 ކުދިންނަނީ އަންހެން ކުދިން ކަމަށްވެސް އެ މަދަރުސާއިން ބުންޏެވެ.

ހަފީޒް ބުނީ، އުމުރުން ހަތަރު އަހަރާއި ހަތް އަހަރާއި ދެމެދުގެ އުމުރުގެ ކުދިން އެ މަދަރުސާއަށް އައިސް ދެ އަހަރު ތެރޭގައި ގުރުއާން ހިތުދަސް ކުރާ ކަމަށެވެ.

އެ މަދަރުސާއިން އިތުރު މާއްދާތައްވެސް ކިޔަވާ ދެއެވެ. އޭގެ ތެރޭގައި ސައިންސް، ހިސާބ،ު އިނގިރޭސި، އަދި ޕާކިސްތާން ސްޓަޑީސް ހިމެނެއެވެ.

ހަފީޒް އިތުރަށް ބުނީ، ޕާކިސްތާނުގެ ސަރުކާރުންވެސް އެ މަދަރުސާއިން ކުރަމުން އަންނަ މަސައްކަތް ބަލައިގަނެފައިވާކަމަށެވެ.