ޑާކްރެއިން އެންޓަޓެއިންމެންޓްގެ އެންމެ ބޮޑު ޕްރޮޖެކްޓް ކަމަށްވާ، ދިވެހި ފިލްމު "މާމުއި" ގެ ޝޫޓިން އަންނަ ޖޫން މަހު ފަށަން ނިންމައިފިއެވެ.

މި ފިލްމުގެ ޕްރޮޑިއުސަރު މުހައްމަދު އަލީ (މޮގާ) ބުނެފައިވަނީ، މި ފިލްމުގެ ކާސްޓަށް މިހާރު އިތުރު ފަންނާނުންތަކެއް ވެސް އިތުރު ކުރެވިފައިވާނެ ކަމަށެވެ.

ކުރިން މި ފިލްމުގެ ކާސްޓުންގެ ގޮތުގައި ހަރަކާތްތެރިވުމަށް ހަމަޖެހިފައިވާ ފަންނާނުންނަކީ، އަބްދުﷲ ޝާފިއު އިބްރާހިމް (ފުބޫ)، މަރްޔަމް މަޖުދާ (މަޖޫ)، އިސްމާއިލް ޖުމައިހް (ޖުމާ)، މުހައްމަދު ފައިސަލް، އައިމިނަތު ނޫރާ، ނުޒުހަތު ޝުއައިބު (ނުޒޫ)، ހަމްދޫން ފާރުޤް، އަހްމަދު އަމާން، އަހްމަދު ސުނީ އާއި އަހްމަދު ޝާކިރު އަދި އާދަމް ރިޒްވީއެވެ.

މި ކާސްޓުންގެ ތެރެއަށް އަލަށް އިތުރުވެފައިވާ ފަންނާނުންގެ ތެރޭގައި ހިމެނެނީ، މުޅި އަލަށް ފިލްމު އިންޑަސްޓްރީއަށް ތައާރަފުވާ އާއިޝަތު ޔާދާއާއި އެންމެ 'ޑިމާންޑިން' ބަތަލާގެ ޝަރަފު ހޯދާފައިވާ މަރިޔަމް އައްޒައާއި ޝީލާ ނަޖީބާއި އިބްރާހިމް އަމާނާއި މާރިއާ ތްރޭސާ އަދި އަލީ ޝަޒްލީމެވެ.

އަންނަ އަހަރުގެ ކުރީކޮޅު ޕްރިމިއާރ ކުރުމަށް ނިންމައިފައިވާ މި ފިލްމުގެ ޝޫޓިންގެ އެންމެ ފަހުގެ ތައްޔާރީތައް މިހަރު ދަނީ ވަމުންނެވެ. އަދި މި ފިލްމު ޝޫޓް ކުރަން ހަމަޖެހިފައިވަނީ މާލޭގައި ކަންވެސް ފާހަގަކޮށްލެވެއެވެ.

ރޯދައިގެ ކުރިން ޓްރެއިނިންތައް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ މި ބޮޑު ޕްރޮޖެކްޓަށް، ސްކްރީން ޕްލޭ ތައްޔާރުކޮށްދީފައި ވަނީ އަލީ ޝިފާއު އާއި އާއިޝަތު ފުއާދެވެ.

ކިޔުންތެރިންގެ ހިޔާލު