ބޮލީވުޑާއި ހޮލީވުޑުގައިވެސް ފައިތިލަ ސާބިތުކޮށްފައިވާ ޕްރިޔަންކާ ޗޯޕްރާ، ގިނަ ދުވަސްތަކަކަށް ފަހު ބޮލީވުޑު ފިލްމެއް ކުޅެން ތައްޔާރުވަމުންދާކަމަށް ބޮލީވުޑުގެ ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނެފިއެވެ.

އިންޑިޔާގެ "ޑީއެންއޭ" އިން ބުނެފައިވާ ގޮތުގައި ޕްރިޔަންކާގެ މި ފިލްމުގައި އޭނާ ފެނިގެންދާނީ އެފަދަ ދެވަނައެއް ނެތް ސަލްމާން ޚާނާއެކުގައެވެ.

"ގުންޑޭ" ވެސް ޑައިރެކްޓްކޮށްފައިވާ އަލީ އައްބާސް ޒަފަރު މި ފިލްމު ޑައިރެކްޓްކުރާއިރު، ފިލްމަށް ދީފައިވާ ނަމަކީ "ބާރަތު" އެވެ. އެހެންނަމަވެސް، މިއީ ކޮން ޖޯންރާއެއްގެ ފިލްމެއްކަމެއް ހާމަކޮށްފައެއް ނުވެއެވެ. ނަމަށާއި ކާސްޓަށް ބަލާއިރު މިއީ ޤައުމީވަންތަ އަދި އެކްޝަން ފިލްމަކަށް ވާނެކަމަށް އުންމީދު ކުރެއެވެ.

ޕްރިޔަންކާގެ ފަރާތުން މިކަން ރަސްމީކޮށް ހާމަކޮށްފައި ނުވިޔަސް، ޑައިރެކްޓަރު އަލީއަކީ ޕްރިޔަންކާއާ ވަރަށް ގާތް ގުޅުމެއް އޮންނަ ފަރާތެއްކަމަށް ނޫސްތަކުންވަނީ ބުނެފައެވެ.

ސަލްމާން އާއި ޕްރިޔަންކާ، މަޝްހޫރު ގިނަ ފިލްމުތަކަކުން ފެނިގެން ގޮސްފައިވެއެވެ. އެދެމީހުން އެކުގައި އެންމެ ފަހުން ފެނިފައިވަނީ 2008 ވަނަ އަހަރުއެވެ. މި ދެ ޖޯޑުގެ ފިލްމުތަކަށް ބަލާއިރު "މުޖްސޭ ޝާދީ ކަރޯގީ" ފާހަގަކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ފާތިމާ

    ދެން ފެންނާނީ ޔާމީން އާއެކުގަ...

    • އެކުވެރިޔާ

      ހާދަރުޅިއާދެދޯ ޔާމީނުއެސްބެސްޓު

    • ނުރަބޯ

      ޔާމީނު ކިޔާ ކިތައްމެ ބަޔަކު އުޅޭ....!!!!