ސޯޝަލް މީޑިއާއަކީ ތަފާތު މަންޒަރުތައް ދައްކާ އެއްޗެކެވެ. ހާއްސަކޮށް އެކިއެކި ދާއިރާތަކުން މީހުންގެ ސަމާލު ކަމަށް އަންނަ އެތައް ކަމެއް މީސް މީޑިއާގައި އަބަދުވެސް މަޝްހޫރުވެގެން ދެއެވެ. މިއަދުވެސް ފެނުނު އެފަދަ މަންޒަރެކެވެ. ރާއްޖޭގައި އަރަމުން އަންނަ ހުނަރުވެރި ފަންނާނެއް ކަމަށްވާ ރޮބޯމޭންއާއި ކުރީގެ ރައީސް ނަޝީދުގެ "ހިޓް" ވީޑިއޯ ކޮޅެކެވެ.
ރޮބޯމޭންއަކީ ކުޑަކުދިންގެ ތެރޭގައި ހާއްސަ މަގުބޫލުކަމެއް ލިބިފައިވާ ކެރެކްޓާއަކަށްވާ އިރު، ރޮބޮޓެއްގެ ސިފައިގައި ހެދުން އަޅާފައި ހުންނަ ކެރެކްޓާއަށް ކުދިން އެންމެ ޝައުގުވެރިވާ ކަމަކީވެސް، ނެށުންތައް ގެނެސްދޭ ސްޓައިލުންނެވެ. ކުދިންނާއެކުވެ، ވަރަށް ބޮޑަށް ބައިވެރިވުމާވެސް އެކު ރޮބޯމޭންގެ ހުށަހެޅުންތައް ފެނިގެންދާ އިރު، ހިތާނު ކުރުމެގެ ޝޯތަކާއި ކުޑަކުދިންގެ ހަވީރުތަކުން ރޮބޯމޭން އާންމުކޮށް ފެންނާނެއެވެ.
https://www.facebook.com/718162731904372/videos/368068093806193/
މައްޗަންގޮޅި މެދު ދާއިރާއަށް ނަޝީދު އިންތިހާބުވުމާ ގުޅިގެން ކުރިއަށް ގެންދިޔަ އުފާފާޅުކުރުމުގެ ތެރެއިން އާންމުވި ވީޑިއޯގައި ނަޝީދުގެ ނެށުންތަކެއް ފެނިގެންދިޔައެވެ. ނަޝީދު ގާތުން ރޮބޯމޭން ޖައްސާ ސްޓެޕްތައް ޖައްސަން އޭނާ ބުނުމުން، ނަޝީދު ފުރަތަމަ އިންކާރު ކޮށްލައެވެ. އެހެން ނަމަވެސް، ރޮބޯމޭން "ފާޑަކަށް" މަޖުބޫރު ކޮށްލުމާއެކު، ދެ ކަކުލަށް ތިރިވެ، ނަޝީދުވެސް އޭނާގެ ހުރި ހުނަރެއް ދައްކާލައެވެ.
ނަޝީދުގެ ސަޕޯޓަރުންނަށް އެކަންވީ "ވަރަށް ލޯބި" ކަމަށެވެ. ދެން ނޭނގެއެވެ. ފަޑު ކިޔާ މީހުންނަށް އެކަން ވެގެންދިޔައީ ނަޝީދަށް ޖޯކު ޖެހޭނެ އިތުރު ވަސީލަތަކަށެވެ.
ރޮދިކެޑެނީބާ!!!!
ކެނޑެނީކީނޫން. ހަމަ ރަނގަޅަށްވެސް ބޮލުރޮދި ކެނޑިފާ.
އަސްތާ މައިލްޖެކުޝަން އެބުރިއައީ
އެއީ މައިކަލް ޖެކްސަންގެ ސްޓެޕެއްނޫން. އެއީ ފޯރޓްނައިޓް ޑާންސް ސްޓެޕެއް.
ޖޯކަރު
ރޮބޯމޭންއާއެކު ނަޝީދުވެސް ހުނަރު ދައްކާލައިފި ނަމަ އެއީ މަމެން އުފާ ކުރާ ކަމެކޭ އެއީއޭ މާލެ މީހުންނާއި ދަ ރާއްޖެތެރޭ މީހުންނާއި ހުރި ތަފާތަކީ މިކަން ދަސްކުރަން ޖެހޭނެއޭ ދެން ތިބި ސިޔާސީ ލީޑަރުން ވެސް ކެނެރީގެ ނަޝީދު އެ އެންޖޯއިވެ ޑާންސް ސްޓެޕްސް ތައް ޖައްސާލުމުން އެއިން އަންގާދެނީ އެންމެންނަށް ވެސް އެޓޭޗް ކުރެވިފައި ހުންނަ ސިޔާސީ ފިގަރ އެއް ކަން ކެނެރީގެ ނަޝީދު އަކީ އައި އޮންލީ ވޮނާ ޔޫ ޓު ނޯ ދިސް އައި ވޮނާ ޕާރ ޕާރ ޕާރޓީ ރޮކް އައި ގޮޓާ ނޯ ބަޑީ ވިދް މީ ޓު ޑާންސް ސޯ އައި ޑޫ އިޓް އޮން މައި އޯން ޑާންސް ޑާންސް ޑާންސް ޑާންސް އިޓްސް ސޯލޯ އިޓްސް ސޯލޯ އިޓްސް ސޯލޯ އެވްރީ ބޮޑީ ޑާންސް ޑާންސް ޑާންސް...
ނޫސްވެރީންނަށް ފައިސާ ދިނީ މީހުން އިސްތިހާރު ކޮށްދޭ ކަމެއް ނޭނގެއެވެ.
ވަގުތުކުދިން ކިތައްމެ ފާޑެއްކިއަސް ދެން ކެއްކޭނެ ޑޮންޑޮނެއް ނޯންނާނެއެވެ ! އެއޮތީ މަޖިލިސް ދަމައިގަންފައެވެ
މި ކުއްޖަމިހާރުއުޅެނި ޑީޖޭގަ ދޯ
ރޮބޯމޭން އާ ރާބޯމޭން އާ
މިކަލޭގެ މޮޔަވަނީ!
ކާޑުގެ ބާވަތްތައް އަގުހެޔޮވެއްޖެ؟؟؟ ބޯޓުކައިރިޔަށް ދިޔުމުން ހަނޑޫ 245 ރުފިޔާއަށް ބަސްދާއެއް! ފިހާރަތކުން 250 ރުފިޔާއަށް ބަސްދާއެއް! ވަކިން 4.95 ރ އަށް ކިލޯއެއް! ރައްޔިތުން މިތިބީ ކީއްވެފައިބާވައެވެ؟
ރާއްޖޭގެރައީސްކަންކުރެއްވިބޭފުޅަކު ތިހެންއުޅުއްވުމީ ބަލައިގަނެވޭނެކަމެއްބާ މިހެންމިބުނީ ހިނދުކޮޅު އަންނަވަގުތު އަންނާނެކަމަށްދެކެވޭތީ މިއީ އެޒާތުގެވަގުތުކޮޅަކީބާ ކަމެއްގައި ބައިވެރިވެ
ލައްވުންއެއީގޯހެއްނޫން ނަމަވެސް އިސްލާމީގައުމެއްގަ އިސްލާމީކަމެއްގައިބައިވެރިވެލައްވާ އިސްލާމީ
ކަމެއްކުރިއެރުއްވުމަށް އުޅުއްވާތަނެއްނުފެނޭ އިސްލާމްދީން ހުއްދަނުކުރައްވާތަކެތީގެވާހަކައާ ﷲނަހީ
ކުރެއްވިކަންތައްކުރުމަށްހިތްވަރުލިބޭގޮތަށް ވާހަކަދައްކަވާފައިވާކަންއެގޭ މިސާލު ރަލާ،އޫރުމަހުގެވާހަކަ
ޒިނޭކުުރުމަށް ހިތްވަރުލިބޭގޮތަށް ވާހަކަދެއްކެވުން މިއީ އިސްލާމީގައުމެއްގައި ކުރެއްވުން ވަރަށްދެރަކަމެއް
ނަޝީދު އޯ ކޭ ހަމަ .
ކާށި މަޖާ