މިމަހުގެ 9 ވަނަ ދުވަހު ޕްރެމިއާކޮށް ނެރުނު ދިވެހި ފިލްމު "ނަފްރަތުނުމުން" އަށް މެދު ކެނޑުމެއް ނެތި ދަނީ ބޮޑު ތަރުހީބެއް ލިބެމުން އެވެ. ޝައި ޕްރޮޑަސްކޝަން އިން ޕްރިޑިއުސްކޮށް، ޔޫސުފް ޝަފީއު (ޔޫއްޕެ) ޑައިރެކްޓް ކޮށްފައިވާ މި ފިލްމުން ފެނިގެން ދަނީ މައިގަނޑު 4 ތަރިނެވެ. އެއީ ޔޫއްޕެ، އާނަންދު، ދޮން އައްޔްގެ އިތުރުން އައްޒައެވެ. އަދި މި ފިލްމު ފެށޭތަނުން ސައީދުވެސް ފެނިގެން ދެއެވެ.

މި ފިލްމު އަޅުވާފައި ވަނީ ހައުސްފުލް ޝޯތަކަކާ އެކުގައެވެ. ފިލްމުން މި ހަތަރު ތަރިންގެ ތަފާތު މޮޅު އެކްޓިންއެއް ފެނިގެން ގޮސްފައިވެއެވެ.

ގިނަ ބެލުންތެރިންވަނީ މިފިލްމުގެ އެކްޓިންއަށާއި ސޮޓޯރީއަށް ވަރަށް ބޮޑަށް ތައުރީފުކޮށް މިފަދަ ގިނަ ރީތި ފިލްމުތައެއް ފެނިގެން ދާނެކަމަށް އުއްމީދު ކުރާކަމަށް ބުނެފައެވެ. އޭގެ އިތުރުން ޑައިލޮގްތައް އަތުރާފައިވާ ގޮތް ވަރަށް ކަމުދާ ކަމަށް ވެސް ބެލުންތެރިންވަނީ ބުނެފައެވެ.

ލޯބި ހޯދޭނީ ލޯބިންތޯ ނުވަތަ ލޯތްބަކީ ފައިސާ އާއި މުދާވެރިކަމުން ގަނެވޭނެ އެއްޗެއްތޯ ފިލްމުން ރަނގަޅަށް ސާބިތުކޮށްދިނެވެ. މި ފިލްމުގެ ވާހަކަ ބިނާ ކޮށްފައި ވަނީ މިއަދުގެ މުޖުތަމުއުގެ ތެރޭގައި ވަރަށް ބޮޑަށް އާންމު ވެފައިވާ މައްސަލައެއްގެ މައްޗަށެވެ. ފިލްމުގެ ޝޫޓިންތައް ނަގާއިވަނީ ބ. އޭދަފުށީގައެވެ.