ދުނިޔޭގައި މިހާތަނަށް ބިނާ ކުރެވުނު އެންމެ ބޮޑު މަތިންދާ ބޯޓް އުދުއްސާލައިފިއެވެ.

2011 ވަނަ އަހަރު، މައިކްރޯސޮޕްޓްގެ ކޯ ފައުންޑަރ ޕޯލް އެލަން އުފެއްދި މި މަތިންދާ ބޯޓްގެ ފުރަތަމަ އުދުހުން އިއްޔެ އޮތްއިރު، މިއީ އެމެރިކާގެ ހަނަފަސް ސަހަރާއެއްގައި އެތައް އަހަރެއް ވަންދެން ކުރެވުނު މަސައްކަތެއްކަން ފާހަގަކޮށްލެވެއެވެ.

އިއްޔެ މި ފްލައިޓްގެ ޓެސްޓް އުދުއްސުން އުދިއްސާލާފައިވާއިރު، ދެ އިއްޔެގެ ދަތުރުގައި ފްލައިޓްވަނީ ދެ ގަޑިއިރު ދަތުރުކޮށްފައެވެ. މި ފްލައިޓްގެ ޚާއްސަ ކަމަށް ބަލާއިރު، މި ފްލައިޓްގެ ބޮޑުމިން، ފުޓްބޯޅަ ދަނޑަކާ އެއްވަރެއެވެ. އަދި ފްލައިޓްގައި ދެ ކޮކްޕިޓް ހުރެއެވެ. ނަމަވެސް ފްލައިޓް ކޮންޓްރޯލް ކުރާނީ މީގެ ތެރެއިން އެއް ކޮކްޕިޓުންނެވެ.

މި ފްލައިޓް އުފެއްދި ކުންފުނިން ބުނެފައިވަނީ، މިއީ މުސްތަޤްބަލުގައި ޖައްވީ އުދުހުންތަކަށް އިންޤިލާބީ ބަދަލުތަކެއް ގެންނާނެ ފްލައިޓެއް ކަމަށެވެ. މިގޮތުން މި ޕްލައިޓްގެ ބޭނުންކޮށް، ދުނިޔޭގެ ޖައްވީ އިދާރާ ކަމަށްވާ، ނާސާ، ގެ ސެޓެލައިޓްތައް ޖައްވަށް ފޮނުވުމަށް އެހީތެރިވެދޭނެ ކަމަށާއި އަދި ބޮޑެތި މިލިޓަރީ ވެހިކަލްތައް އެއްތަނުން އަނެއްތަނަށް ގެންދިއުމަށް އެހީތެރި ވެދޭނެ ކަމަށްވެސް ބުނެފައިވެއެވެ.

މި ފްލައިޓްގެ ފުރަތަމަ އުދުހުން އިއްޔެ ބާއްވާފައިވީނަމަވެސް ފްލައިޓްގެ ރަސްމީ ދަތުރުތައް ފެށޭނީ ގިނަ ޓެސްޓްތަކެއް ހެދުމަށް ފަހުގައެވެ.

ކިޔުންތެރިންގެ ހިޔާލު