އާދަޔާ ޚިލާފަށް ބޮޑު ދޫންޏެއް ދަށުވެ އެމެރިކާގެ ފްލޮރިޑާގެ މީހަކު މަރުވެއްޖެ އެވެ.

ބީބީސީއަށް މަޢުލޫމާތު ދެމުން ފްލޮރިޑާގެ ފުލުހުން ބުނެފައިވަނީ ދޫންޏެއްގެ ހަމަލާދީފައިވާކަން އޭނާގެ ހަށިގަނޑުން އެނގޭ ކަމަށާއި މިމީހާ ހަށިގަނޑުން އެނގޭ ކަމަށެވެ. މިމީހާ މަރުވެފައި އޮއްވާ ފެނިފައިވަނީ އޭނާ ދިރިއުޅެމުން ދިޔަ ގެއިންނެވެ. މަރުވެފައި އޮއްވާ ފެނިފައިވަނީ، މާވިން ނަމަކަށް ކިޔާ މީހެކެވެ.

އެސަރަހައްދުގައި ދިރިއުޅޭ މީހުން ބުނެފައިވަނީ މާވިން އަކީ މީގެ ކުރިންވެސް މިފަދަ ތަކެތި ގެންގުޅެމުން އަންނަކަމުގެ މަޢުލޫމާތު ލިބިފައިވާ ފަރާތެއް ކަމަށާއި ވަރަށް ގިނަ މިފަދަ ދޫނި ގެންގުޅޭ ކަމަށެވެ.

"ވަރަށް ގިނަ މިފަދަ ބޮޑެތި ދޫނި ފަދަ ތަކެތި މިމީހާ ގެންގުޅޭނެ. އެއީ އެމީހާ ކުރަން ބޭނުން ކަމެއް. މިމީހާ އެ މަރުވީ، ކުރަން ބޭނުންވެފައި ހުރި ކަމެއް ކުރަން ހުއްޓާ." މަރުވި މީހާ ދިރިއުޅޭ ގެ ސަރަހައްދުގައި ދިރިއުޅެމުން އަންނަ މީހަކު ބުންޏެވެ.

މިހާރު އެދޫނި ކަމާބެހޭ ފަރާތްތަކުގެ ބެލުމުގެ ދަށަށް ގެނެސްފައިވާއިރު، މިފަދަ ވަލު ދޫންޏަކީ ޚާއްސަ ހުއްދައެއް ނެތި ގެންގުޅުން މަނާ އެއްޗެކެވެ.

 

 

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޝަމް

    ގެންގުޅެން ހެޔޮވާ ވަރުގެ ދޫނި ގެންގުޅޭނަމަ