އިންޑިއާގެ މަދްޔަޕްރަދޭޝްއާ ދުރުނޫން ހިސާބެއްގައި އޮންނަ ބޯޕާލް ވިލޭޖެއްގައި ކައިވެނިކޮށްގެން އުޅެމުން އަންނަ އަންހެނަކު އޭނާ ލޯބިވެރިޔާއެކު ފިލައިގެން ދިޔަ މައްސަލަގާއި އެ ވިލޭޖަށް ނިސްބަތްވާ މީހުން އެ އަންހެން މީހާއަސް އަދަބު ދީފިއެވެ.

އިންޑިއާގެ ރިޕޯޓްތައް ބުނާގޮތުގައި، އެ ވިލޭޖް މީހުން އެ އަންހެން މީހާ ދޭތެރޭ މިގޮތަށް ކަންތައްކޮށްފައި ވަނީ އަވަށަށް ހުތުރު ނަން ގެނުވީތީކަމަށް ބުނެއެވެ. އެ އަންހެން މީހާ ލޯބިވެރިޔާއާއެކު ފިލައިގެން ގޮސް ގުޖްރާތުގައި މަޑުކުރީ ލޯބިވެރިޔާ ކައިރީގައެވެ. އަދި އޭނާ އެތަނުގައި އުޅެމުން ދަނިކޮށް ފެނުނީ އޭނާގެ ފިރިމީހާގެ އާއިލާ މީހަކަށެވެ.

އިއްޔެ އެ އަންހެން މީހާ އެނބުރި ވިލޭޖަށް ގެނެސް އަދަބު ދިނުމުގެ ގޮތުން ފިރިމީހާ ކޮނޑަށް ލައިގެން މަގުމަތީގައި ވަނީ ހިނގުވާފައެވެ. އެ މަންޒަަރު ބެލުމަށް އެތައް ބަޔަކު މަގުމައްޗަށް އެއްވި ކަމަށް ރިޕޯޓްތަކުގައި ބުނެފައި ވެއެވެ.

އަދި އެ މަންޒަރު ވީޑިއޯކޮށް އެ ވީޑިއޯ މީސް މީޑިއާގައިވެސް ދައުރުވަމުން އަންނައިރު، އެ ވީޑިއޯއިން ފެންނަނީ ފިރިމީހާ ކޮނޑަށް ލައިގެން އަންހެން މީހާ ހިނގާ މަންޒަރެވެ. އަދިި އެ އަންހެން މީހާ ވަރުބަލި ފިލުވުމަށް މަޑު ކުރާ ކޮންމެ ފަހަރަކު އެ އަންހެން މީހާއާ ދިމާލަށް ހަޅޭލަވާ މަންޒަރުވެސް އެ ވީޑިއޯއިން ފެނެއެވެ.

އެ މައްސަލާގައި ފުލުހުން ވަނީ ދެ މީހަކުވެސް ހައްޔަރުކޮށްފައެވެ. އަދި އެ މައްސަލައާ ގުޅިގެން އެތައް ބަޔަކާއި ދެކޮޅަށް މައްސަލަ ވަނީ ރެޖިސްޓާވެސްކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޢަބުސީ

    ބޯޕާލަކީ މަދްޔަޕްރަދޭޝްގެ ވެރިރަށް އެހެން ކަމުން ލިޔުމުގައިވާ މައުލޫމާތު ސައްހައެއް ނޫން

  2. މޯދީ

    މިމޯދީގެ އުދަގޫ ހުރިހާ ޓީވީ ޗެނެލްތަކުގަވެސް އެވަރުން ނުވެގެން އަދި މި ހިންދީ ބައިގަނޑު ކުރާ ނުބައި ކަންތައް އަހަރެމެންގެ ތެރޭގައި ފަތުރަން ދުވާލަކު ދެފަހަރު އެމީހުންގެ ކޮންމެވެސް ޚަބަރެއް

    5
    1