އިންޑިއާގެ މަދްޔަޕްރަދޭޝްއަށް ނިސްބަތްވާ އުމުރުން 23 އަހަރުގެ އަންހެނަކު ފިރިމީހާ ފެން ނުވަރާތީ، ވަރިވުމަށް އެދި ކޯޓަށް މައްސަލަ ހުށަހަޅައިފިއެވެ.

އެ އަންހެން މީހާ، އެ ފިރިހެން މީހާ ކައިރިން ވަރިވުމަށް ކޯޓަށް މައްސަލަ ހުށަހަޅާފައިވާއިރު، އެ އަންހެން މީހާ ބުނީ، އޭނާގެ ފިރިމީހާ ފެންނުވަރާ ހަފްތާއެއް ވަންދެން އުޅޭ ކަމަށާއި، ތުނބުޅިވެސް ނުބާލާ އެތައް ދުވަސްވަންދެން އުޅޭ ކަމަށެވެ. އަދި އެހެންވެ އެ ފިރިހެން މީހާގެ ގައިން ވަަރަށް ނުބައި ވަސް ދުވާ ކަމަށްވެސް އެ އަންހެން މީހާ ބުންޏެވެ.

ކޯޓުން ވަނީ މި ދެމަފިރިން ކައިރީގައި ދުރުގައި ހަ މަސް ވަންދެން އުޅުމަށް އެދިފައެވެ. އެއިރުން ކޯޓުން އެ މީހުން ވަރިކޮށްދޭނެކަމަށްވެސް ބުނެފައި ވެއެވެ.

މި ދެމީހުން ކައިވެނިކޮށްފައި ވަނީ މިދިޔަ އަހަރު ތެރޭގައި އާއިލާގެ އެދުމުގެ މަތިންނެވެ.

އެ އަންހެން މީހާ ބުނިގޮތުގައި، އޭނާގެ ފިރިމީހާ ކައިރިން ފެންވަރާ ސާފްތާހިރު ވުމަށް އެދުމުން ހަމައެކަނި ގަޔަށް ސެންޓު ޖަހާލަނީއެވެ. މި މައްސަލާގައި އެ އަންހެން މީހާ ވަރިވުމަށް އެދުނުއިރު، އެ ކައިވެނި ދަމަހައްޓަން އައިލާއިން ވަނީ ނަސޭހަތްތެރި ވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ރޭނާ

    ފޭދޫ މިކަހަލައި ކަމައް ހިނގި. ރޭނާ