ޗައިނާއަށް ނިސްބަތްވާ ކުޑަކުޑަ އަންހެން ކުއްޖެއްގެ ބަރުދަން ލުއި ކުރުމަށް ކަންފޫ ސްކޫލަކަށް ފޮނުވިތާ 48 ގަޑިއިރު ނުވަނީސް އޭނާގެ މައިންބަފައިންނަށް ލިބިގެންދިޔަ ހަބަރަކީ ހިތްފަޅައިގެންދާވަރުގެ ހަބަރެވެ. އެމީހުންގެ ކުޑަކުޑަ ދަރިފުޅު މަރުވި ހަބަރެވެ.

އުމުރުން ހަ އަހަރުގެ ޑެން ކީ ސްކޫލަށް ވެއްދުމަށްފަހު އޭނާއަށް ބައްޕަ ކީ އުފާވެރިކަމުގެ ވަކިވުމެކެވެ. އެއީީ ދަރިފުޅުގެ ފުރަތަމަ ސްކޫލަށް ދާ ދުވަސް ކަމުންނެވެ.

އެހެން ނަމަވެސް ސްކޫލަށް ފޮނުވިތާ ދެ ދުވަސްވެސް ނުވަނީސް ޑެންކީގެ ބައްޕައަށް އަންނަނީ ސްކޫލްގެ ފަރާތުން ފޯން ކޯލެކެވެ. އެ ގުޅި މީހާ ބުނީ ޑެންކީ، ހޭނެތިގެން ވެއްޓުނު ފަހުން، ހޭނާރާ އޮވެ މަރުވީ ކަމަށެވެ. އާއިލާއިން ތުހުމަތު ކުރާގޮތުގައި އެ ސްކޫލުން އެ ދަރިފުޅަށް ބުލީ ކުރީއެވެ.

އޭނާގެ ބައްޕަ ބުނިގޮތުގައި، ދަރިފުޅު ސްކޫލަށް ވެއްދިއިރު، ހުރީ ސިއްހީ ގޮތުންވެސް ވަރަށް ރަނގަޅުކޮށް، އުފާވެރިކޮށް ކަމަށެވެ.

"ދެން އަހަރުމެންނަށް ފެނިގެން ދިޔައީ 9 އޭޕްރިލް ވަނަ ދުވަހުގެ 7:00 އާއި 8:00 އާއި ދޭތެރޭގައި ދަރިފުޅު ސަހަރާއިން". ރޮމުން ޑެންކީގެ ބައްޕަ ކިޔާދިނެވެ.

ޑެންކީގެ ބައްޕަ ބުނީ، ދަރިފުޅުގެ ހަށިގަނޑުން ޒަހަމްތްތަކެއް ފެންނަން ހުރި ކަމަށެވެ. އެގޮތުން ބަނޑުގައި މީހަކު ޖަހާފައި ހުރިކަމުގެ ނިޝާންތައް ފެންނަން ހުރި ކަމަށް އޭނާ ބުންޏެވެ.

އެ ހާދިސާ ހިނގާދިޔަ ސްކޫލްގެ ސީސީޓީވީ ފޫޓޭޖުންވެސް ފެންނަ ގޮތުގައި، އެ ސްކޫލްގެ ބޮޑު ގުރޫޕެއް ޑެންކީއާ ވަށާލައިގެން ތިބޭތަން ފެނެއެވެ. އެކަމާއި ޑެންކީ ބައްޕަ ބުނީ، އެ އެންމެން ވެގެން ޑެންކީގެ ގައިގާ ތެޅީ ކަމަށެވެ.

އެ ސްކޫލުން ދަނީ އެ ތުހުމަތުތައް ދޮގު ކުރަމުންނެވެ. އަދި ޑެންކީއަށް ބުލީކޮށްފައިނުވާނެ ކަމަށް އެ މީހުން ދަނީ ބުނަމުންނެވެ.

އެ ކުއްޖާ ސްކޫލަށް ފޮނުވީ ބަރުދަނުގައި 50 ކިލޯ ހުންނަތީ އޭނާއަށް ހިނގަން އުނދަގޫވާ ހިސާބަށް ދިޔަުމުން ބަރުދަން ލުއި ކުރުމަށެވެ.

ކިޔުންތެރިންގެ ހިޔާލު