ދުނިޔޭގެ އެންމެ މަގުބޫލު އެއް ސީރީސް، ގޭމް އޮފް ތްރޯންސްގެ އަވާގައި ޖެހިފައިވާ އެތައް ބަޔަކު ދުނިޔޭގައި އެބަތިބިއެވެ. ހާއްސަކޮށް ގޭމް އޮފް ތްރޯންސްގެ ފައިނަލް ސީޒަނަށް އިންތިޒާރުކުރާ އެތައް ބަޔަކުވެސް ދުނިޔޭގައި އެބަތިއްބެވެ. ހާއްސަކޮށް، ކޮންމެ ހާލެއްގައިވެސް ފައިނަލް ސީޒަން ބަލަން މަސައްކަތް ކުރާ އެތައް ބަޔަކު އެބައުޅެއެވެ.

ނިއު ޒިލޭންޑާއި އޮސްޓްރޭލިއާގައިވެސް ގޭމް އޮފް ތްރޯންސްގެ ފައިނަލް ސީޒަނަށް ފޯރި ގަދަކޮށްލާފައިވާ އިރު، މިއަދު އެކެއް ޖެހިއިރު ފުރަތަމަ އެޕިސޯޑް ވަނީ ޕްރިމިިއާ ކޮށްފައެވެ. އެކަމުގެ އެންމެ ބޮޑު ގެއްލުމެއްވީ އޮފީސްތަކަށެވެ. މަސައްކަތް ހުއްޓޭވަރަށް، ސަލާމް ބުނެފިއެވެ.

އޮސްޓްރޭލިއާގެ ބައެއް އޮފީސްތަކުން ބުނެފައިވާ ގޮތުގައި މިއަދު އެތައް ބައެއްގެ ސަލާމް ވަނީ ލިބިފައެވެ. އަދި އެކަމާ ހުރެ އެތައް ތަނެއްގެ މަސައްކަތްތައްވެސް ވަނީ ހުއްޓިފައެވެ. ފުރަތަމަ ޕްރިމިއާ ކުރާ އިރުވެސް މަސައްކަތް ކުރާ ފަސް ލައްކައެއްހާ މީހުން ގޭމް އޮފް ތްރޯން ބަލާނެ ކަމަށް ބެލެވޭ އިރު، އޮސްޓްރޭލިއާގައި ގޭމް އޮފް ތްރޯން ވަގު ލިންކްތަކުން ޑައުންލޯޑް ކޮށް ބަލާ މީހުންނަށް ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް އެގައުމުގެ އިދާރާތަކުން ވަނީ ބުނެފައެވެ،