ބައެއް މީހުން ބުނެފާނެއެވެ. އެންމެ ގާތް އެކުވެރިޔާ ދޫކޮށްލަން ޖެހޭ އެއްވެސް ސަބަބެއް ނާންނާނެއެވެ. ހާއްސަކޮށް ލިބޭ ފައިސާއަކަށް ނުވަތަ މާލީ މަންފާއަކަށް އެންމެ ގާތް ރަހުމަތްތެރިޔާ ދުލެއް ނުކުރާނަމެވެ.

ނަމަވެސް ދާދިފަހުން އިނގިރޭސިވިލާތުގެ "ފޮޒީ ބިންގް" އިން ކުރި ދިރާސާ އަކުން ދައްކާ ގޮތުގައި ގިނަ މީހުންނަކީ ފައިސާއަށްޓަކައި އެންމެ ގާތް ރަހުމަތްތެރިޔާ ވެސް ދޫކޮށްލަން ތައްޔާރަށް ތިބި މީހުންނެވެ.

އަންހެނުންނާއި ފިރިހެނުން ވެސް ބައިވެރި ކޮށްގެން ކުރި މިދިރާސާގައި ބައިވެރިވި މީހުންގެ ތެރެއިން 40 އިންސައްތަ މީހުން ބުނީ 131000 ޕައުންޑް (ދިވެހި ރުފިޔާ އިން ބަލާނަމަ 2.6 މިލިއަން ރުފިޔާ) ލިބިއްޖެނަމަ އެމީހުން އެންމެ ގާތް ރަހުމަތްތެރިޔާ ވެސް ދޫކޮށްލާނެ ކަމަށެވެ.

މިދިރާސާގައި ބައިވެރިވި އަންހެނުން އެމީހުންގެ އެންމެ ގާތް ރަހުމަތްތެރިޔާ ދޫކޮށްލާ އަގު އަދި މާދަށެވެ. ގިނަ އަންހެނުން ބުނެފައި ވަނީ އެމީހުން 106000 ޕައުންޑް (ދިވެހި ރުފިޔާ އިން ބަލާނަމަ 2.1 މިލިއަން ރުފިޔާ) އަށް ރަހުމަތްތެރިޔާ ދޫކޮށްލާނެ ކަމަށެވެ.

ބައެއް މީހުން އާއްމުކޮށް ދައްކާ ވާހަކަތައް ހަޤީޤަތާއި ވަރަށް ދުރުކަން މިދިރާސާ އިން ހާމަވެއެވެ. އަދި މިއަދުގެ މުޖުތަމަޢަކީ ފައިސާއަށް ކޮންމެ ކަމެއް ވެސް ކުރަން ތައްޔާރަށް ތިބި ގިނަ ބަޔަކު ދިރިއުޅޭ މުޖުތަމަޢެއް ކަން ވެސް މި ދިރާސާ އިން އެނގެއެވެ.