ސާކް ކަލްޗަރަލް ސެންޓަރުން އިންތިޒާމް ކުރައްވައިގެން މިއަހަރު ޖޫންމަހުގެ ފަހުކޮޅު އިންޑިއާގައި ބޭއްވުމަށް ހަމަޖެހިފައިވާ "ސާކް ކަލްޗަރަލް ފެސްޓިވަލް އޮން މިއުޒިކް އެންޑް ޑާންސް 2019" ގައި ރާއްޖެއިން 06 މެމްބަރުންގެ ސަގާފީ މިއުޒިކާއި ނެށުން ހުށަހަޅައިދެވޭނެ ގްރޫޕެއް ބައިވެރިކުރުމުގެ ފުރުޞަތުވަނީ ލިބިފައިވާތީ އެކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
ސެންޓަރ ފޮރ ދި އާޓްސް އިން ކޮންފައިވާ އިއުލާނެއްގައި ވިދާޅުވީ މި ފެސްޓިވަލްގައި ރާއްޖޭގެ ސަގާފީ މިއުޒިކާއި ލަވަކިއުން އަދި ނެށުން ހުށަހަޅާދެވެންވާނެއެވެ.
މިފެސްޓިވަލްގައި ބައިވެރިވާ ބޭފުޅުންނަކީ ލަވަކިޔުމާއި ނެށުމުގެ ދާއިރާ އިން ފުންނާބު އުސް ބޭފުޅުންކަމުގައި ވާންޖެހޭނެކަމަށް ސާކް ސެކްރެޓޭރިއަޓް އިން ވަނީ އަންގަވާފައެވެ. އބައިވެރިވެވަޑައިގަންނަވާ ބޭފުޅުންގެ ކެއުން، އެކޮމަޑޭޝަން އަދި ލޯކަލް ޓްރާސްޕޮޓޭޝަން ހަމަޖައްސަވައިދެއްވާނީ ސާކުންނެވެ. އެހެންނަމަވެސް އިންޓަރނޭޝަނަލް އެއަރފެއަރ ހަމަޖައްސަވަން ޖެހިވަޑައިގަންނަވާނީ ބައިވެރިވާ ފަރާތަކުންނެވެ.
މިފެސްޓިވަލްގައި ބައިވެރިވެލެއްވުމަށް އެދޭ ފަރާތްތަކުން 02 މެއި 2019 ވާ ބުރާސްފަތި ދުވަހުގެ 13:30 ގެ ކުރިން ސެންޓަރ ފޮރ ދި އާޓްސްއަށް އެބޭފުޅެއްގެ މަޢުލޫމާތު ފޮނުވުމަށް އެއިދާރާ އިން އެދެއެވެ.
ފެސްޓިވަލްގެ ކޮންސެޕްޓް ނޯޓް www.nca.gov.mv އަދި ރިސެޕްޝަނުން ލިބިވަޑައިގަންނަވާނެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3344667 ނަންބަރު ފޯނަށެވެ.
ފެސްޓިވަލްގައި ބައިވެރިވުމަށް 6 ފަރާތަށް ވުރެ ގިނަ ފަރާތުން ހުށަހަޅުއްވާފައިވާނަމަ، ފެސްޓިވަލްގައި ބައިވެރިވާ ފަރާތްތައް ހޮވޭނީ އޮޑިޝަނަކަށް ފަހުގައެވެ.
މިނިވަންކަމުގެ ވީ މާނަފުން އޮޅުވާ ސަފުން ލެވިދާނެތޯ
އުނިކަން ނެތަމަ ފިކުރީ ގޮތުން ލަފުޒުން އެމާނަ އޮޅޭނެތޯ
ރަނގަޅާ ނުބައި ވަކިވާވަރަށް ފިކުރާއި ޖިސްމުން ބޮޑުވުމުން
އަގަލާއި ކުލުނާ ޚުލްޤު ފުރިހަމަ ދޫކުރުން ހެޔޮވާނެތޯ
އެނބުރޭ ހަވާނަފުސަށް ތަބާ ވެވިގެން ޙަޔާތް ކުރަމުން ފަނާ
އަބުރާއި ޝަރަފާ ޢިއްޒަތާ ވެއްޔާ މޮޑެން ހެޔޮވާނެތޯ
ޝައިޠާނުނާ އެއްބައިވަމުން ޤާނޫނު ހުރިހާ މުގުރުމުން
ގައިކުލަ ކިތަންމެ ދޮނަސް އެއީ އޮތް ރަނގަޅު ގޮތްކަމުވާނެތޯ