ދުނިޔޭގެ އެންމެ މަޝްހޫރު އެއް ކުންފުނި ކަމަށްވާ އެޕަލް ކުންފުނީގެ އިސްތިހާރެއްގައި ރާއްޖޭގެ ކަނޑު އަޑީގެ މަންޒަރުތަކެއް ދައްކާލައިފިއެވެ.

އެޕަލް އިން އިއްޔެ އާއްމު ކުރި ވީޑިއޯ އިސްތިހާރުތަކެއްގައި ހިމަނާފައިވާ އެޕަލް އައިފޯން އެކްސް އެސް އިސްތިހާރުގައި ރާއްޖޭގެ ހިތްގައިމު މަންޒަރުތައް ފެނެއެވެ. މިއިސްތިހާރަކީ އައިފޯން އެކްސް އެސް ބޭނުން ކޮށްގެން ވީޑިއޯ ކުރާނެ ގޮތް ދައްކުވައި ދިނުމަށް ތައްޔާރުކޮށްފައިވާ އިސްތިހާރެކެވެ.

އިސްތިހާރުގައި ރާއްޖޭގައި މިޔަރާއި ކަނޑު އަޑީގެ ދިރާސާތައް ކުރަމުން އަންނަ ދި މޯލްޑިވްސް ވޭލް ޝާކް ރިސާޗް ޕްރޮގްރާމް (އެމްޑަބްލިއުއެސްޕީއާރް) ގެ މައުލޫމާތު ގެނެސްދީފައިވެއެވެ.

އިސްތިހާރުގެ ވީޑިއޯތައް ނަގާފައި ވަނީ އަރިއަތޮޅުގައެވެ.

އިއްޔެ އެޕަލް އިން ޔޫޓިއުބްގައި އާއްމުކޮށްފައިވާ މި އިސްތިހާރު މިހާތަނަށް ބައިލައްކަ އާއި ގާތް ކުރާ އަދަދެއްގެ މީހުން ހަމައެކަނި ޔޫޓިއުބް މެދުވެރިކޮށް ބަލާފައި ވެއެވެ. އަދި ދުނިޔޭގެ ނަން މަޝްހޫރު މީޑިއާތަކުން ވަނީ އެޕަލްގެ އިސްތިހާރެއްގައި ރާއްޖޭގެ މަންޒަރުތައް ހިމަނާފައިވާ ކަން ފާހަގަކޮށްފައެވެ.

އެޕަލް އިން އިއްޔެ ވަނީ އެޕަލް އައިޕެޑްގެ އިސްތިހާރުތަކެއް ވެސް އާއްމުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ފޮނަދޫ ކުއްދާ

    ބަލާ ފޫހި ނުވޭ ވަރަށް ރީތި

    20
    • ?

      އާން ދޮގެއް ވާ ނޫން، ވަރަށް ރީތި

  2. ދިގުރަށު ކުއްޖާ

    ދިގުރަށު ކުއްޖަކަށް ވީތީ ފަހުރުވެރިވަން..
    ޥީޑިއޯގައި ގިނައިން ދައްކަނީ ދިގުރަށް...

    12
    3
  3. ސެމްސަންގް މީހާ

    އެކަމަކުވެސް ރާއްޖޭގެ ނަން ބޭނުންކޮށްގެން އެޕަލް އައިޑީއެއް ނުހެދޭ، ލޮލް

    3
    2
  4. ކުރަފި

    އަލްހަމްދު ލިއްލާހ. މާޝާﷲ

  5. ތުނބުޅި

    އަންހެންކުއްޖާ އެއީ އިޒްރޭލު ކުއްޖެއް. ދެނޯ؟

  6. މާމިގިލި

    މާމިގިލި ކުއްޖެއް. މާމިގިލި ބޭރު ދުނުޔޭގެ މަޝްހޫރު ފެހުރިހި ޕޮއިންޓް