މެސެންޖަރގެ ކަޅު ވާޝަންއާއެކު ގިނަ ބަޔަކު މިއަދު މިވަނީ އެކަމަށް ހޭނިފައެވެ. މެސެންޖަރ ކަޅު ނުކޮށް ގެންގުޅޭ ފަރާތްތައް މިއަދު ވަރަށް މަދެވެ. ގިނަ ފަހަރަށް މި ފީޗަރ ބޭނުން ކުރަނީ އޭގެ އިންޓަރފޭސް ރީތިކަމުންނެވެ. ނަމަވެސް ކަޅު މެސެންޖަރ ބޭނުން ކުރަންވީ އިތުރު ބައެއް ސަބަބު އެބަހުއްޓެވެ.

ލޮލަށް ފަސޭހަ އަކަށް

ހުދުކުލައިގެ އިންޓަރފޭސް އަކަށް ބަލައިގެން ހުރުމަށްވުރެ، ކަޅު ސްކްރީނަކަށް ބަލައިގެން ހުރުމުން ލޮލަށް ލިބޭ ގެއްލުން ކުޑަވެއެވެ. ގިނަ ފަހަރަށް މިކަންވަނީ މިހެންނެވެ. އަދި ގިނަ އިރު ސްކްރީނަށް ބަލައިގެން ހުރުމުގެ ސަބަބުން ލޮލަށް ތަދުވުން ކަހަލަ ކަންކަން ދިމާވުން ކަހަލަ ކަންކަމުންވެސް، ކަޅު ސްކްރީންއިން ކުޑަ ވަރެއްގެ ހައްލެއް ގެނެސްދެއެވެ.

ފޯން ބެޓެރީ

މެސެންޖަރ ކަޅު ވުމުގެ ސަބަބުން، މެސެޖަރގައި ހޭދަ ކުރާ ވަގުތު ބެޓެރީ ބޭނުން ކުރާލެއް ދަށްވާނެއެވެ. މީގެ މާނައަކީ ކަޅު މެސެންޖަރ ބޭނުން ކުރާނަމަ ފޯންގެ ބެޓެރީ ގިނަ ވަގުތު ދެމެހެއްޓުމަށް ބާރު އަޅައެވެ.

ކަޅު މެސެންޖަރ ބޭނުން ކުރުމުން ގިނަ ފަސޭހަތަކެއް ވެގެންދެއެވެ. ގިނަ އެހެން އެޕްލިކޭޝަންތައްވެސް ކަޅު ފީޗަރ ބޭނުން ކުރަން ފެށުމަކީ މިކަމުގެ ހެއްކެވެ.