ސަޔަކީ އެންމެންގެވެސް ފޭވްރިޓްއެވެ. ގެޔަށް މެހެމާނަކުއަޔަސް ނުވަތަ އެކަނިވެރިކަން ފިލުވާލަން ބޭނުންވިޔަސް ސައި ތައްޓަކީ އެންމެ ގާތް އެކުވެރިޔާއެވެ.

އެހެންނަމަވެސް މިފަހަރު މިއޮތީ ސަޅި ހުށަހެޅުމެކެވެ. ސައިބޮއެގެން ލާރި ލިބޭ އޮފާއެކެވެ. މިވަޒީފައިގައި ކުރަން ޖެހޭ ހަމައެކަނި ކަމަކީ ސައި ބޮއެފައި އޭގެ ކުއަލިޓީ ބަޔާން ކުރުމެވެ.

ސައިފަތް އުފައްދާ ކުންފުއްޔެއް "ކަމަށްވާ ޔޯރކްޝަޔަރ ޓީ" އިން ބުނީ މިއީ ކުރަން ފަސޭހަކަމަށް ހީކުރިޔަސް އުނދަގޫ މަސައްކަތެއް ކަމަށާއި މި ވަޒީފާއަށް ހޮވޭ ފަރާތަކަށް ބޮޑު މުސާރައެއް ދޭން ކަޑައަޅާފައިވާ ކަމަށެވެ.

"ސަޔަކީ ވަރަށް ތަފާތު އެއްޗެއް. މީހާގެ ހަށިގަނޑު ފިނި ނަމަ ސައިބުމުން ހަށިގަނޑު ހޫނުކޮށްދޭނެ. އަނެއްކޮޅުން ހޫނު ނަމަ ފިނިވެސްކޮށްދޭނެ، އެކަމަކު މިކަމަށް އެބަ ބޭނުންވޭ ފެންވަރު ރަނގަޅު ސައިފަތެއް. އަހަރެމެންގެ ކުންފުނިން މީހަކު މިހޯދަނީ މިކުންފުނިން އުފައްދާ ސައިފަތް ހުރީ ރަނގަޅު ކޮލެޓީގައިތޯ ޗެކް ކުރުމަށް" ކުންފުނިގެ ސީއީއޯ ޑިކްޝިދް ބުންޔެވެ.

ޑިކްޝިދް އިތުރަށް ބުނީ މިވަޒީފައިގައި ކުރަންޖެހޭ ހަމައެކަނި މަސައްކަތަކީ ސައިބުއިން ކަމަށާއި އަދި ޝަރުތަކީ ސައިގެ ކޮޮލެޓީ ރަނގަޅުތޯ ދަނެގަނެވޭ މީހަކަށް ވުންކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު