ދުބާއީގައި ހުންނަ ދުނިޔޭގެ އެންމެ އުސް އިމާރާތް ބުރިޖު ހަލީފާއަށް އާދަޔާ ހިލާފަށް ގަދަޔަށް ހޮނުއަޅައިފިއެވެ.

މިދިޔަ ހޮނިހިރު ދުވަހު ޔުނައިޓެޑް އަރަބް އެމެރޭޓްސް އަށް އަައި ބާރުގަދަ ކޮޅިގަނޑެއްގައި ދުބާއިގެ ބުރްޖް ޚަލީފާ އަަށް ހޮނުއަޅަނިކޮށް އެގައުމުގެ އަމީރު ޝައިހު ހަމްދާން ބިން މުހައްމަދު ބިން ރާޝިދު އަލް މަހުތީމީ ވަނީ ވިއްސާރާގައި ބުރްޖް ޚަލީފާ ގެ އެންމެ އުހަށް ހޮނުއަޅާ މަންޒަރު ފެންނަ ވީޑިއޯ އެއް ނަންގަވާފައެވެ.

މި ވީޑިއޯ މިހާރު މީސް މީޑިއާގައި ދައުރުވަމުންދާއިރު ވީޑިއޯ އިން ފެންނަނީ ހުއްޓުމެއް މެތި އެ އިމާރާތުގެ ކޮޅަށް ވަރަށް ގަދަޔަށް ހޮނުއަޅަމުންދާ މަންޒަރެވެ.

ޔޫއޭއީގެ މޫސުމާއި ބެހޭ އިދާރާއިން ބުނެފައިވަނީ ގިނަ ސަރަހައްދުތަކަކަށް މިއަދު ވަރަށް ގަދައަށް ވިއްސާރަކުރާނެ ކަމަށާއި އެންމެ ބޮޑަށް ވިއްސާރަކުރާނީ އަޖްމަން، އުއްމު ޤްވައިން އަދި ފުޖައިރާއަށް ކަމަށެވެ.

ހޮނިހިރު ދުވަހު ކުރަން ފެށި ވިއްސާރައިގައި މަގުތަކާއި އަވަށް ތަކުގައި އާދަޔާ ހިލާފަށް ފެންބޮޑުވެ އެގައުމުގެ ބައެއްް ސްކޫލުތަކުގެ ކިޔެވުން ވަނީ މެދުކަނޑާލާ ބައެއް ސްކޫލުތަށް ބަންދުކޮށްފައެވެ.

އުސްމިނުގައި 2700 ފޫޓް ހުންނަ 2010 ވަނަ އަހަރު ޖެނުއަރީ 4 ވަނަ ދުވަހު ރަސްމީކޮށް ހުޅުވި މިއިމާރާތަކީ، މިހާރު ދުނިޔޭގައި ހުރި އަދި، ދުނިޔޭގެ ތާރީޚްގައިވެސް ބިނާކުރެވުނު އެންމެ އުސް އިމާރާތެވެ. މި އިމާރާތުގައި 164 ފަންގިފިލާ ހުރެ އެވެ.

ބުރުޖު ޚަލީފާ ބިނާކުރުމުގައި ގާތްގަނޑަކަށް 4500 ޓަނުގެ އެސް އެސް އެކަތަ ބޭނުން ކޮށްފައި ވެއެވެ. އަދި އިމާރާތުގެ މެދުގައި އަޅާފައިވާ މައި ތަނބުގެ ބުރަދަނުގައި ގާތްގަނޑަކަށް 350 ޓަނު ހުރެއެވެ. .

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. Anonymous

    މިތަނަށް ދަމާ!

    2
    2